މިހާރު “އޭ.އެމް.ސީ” އިން ދައްކަމުން އަންނަ ކާމިޔާބު ސީރީޒް، “ދަ ވޯކިންގ ޑެޑް”ގެ ދިހަވަނަ ސީޒަންގެ ފިނާލޭ އެޕިސޯޑް ރިލީޒްކުރުން ފަސްކޮށްފިއެވެ. ފިނާލޭ ލަސްކުރެވުނު ނަމަވެސް މި ސީޒަންގެ ފިނާލޭ އެޕިސޯޑްގެ ކުރު ޓްރެއިލާރ އެއްވަނީ ރިލީޒްކޮށްފައެވެ.
ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފިލްމީ ގިނަ މަސައްކަތްތަކެއް ވަނީ ވަގުތީ ގޮތުން މަޑުޖެހިފައެވެ. އެގޮތުން މި ސީރީޒްގެ 16ވަނަ އެޕިސޯޑްގެ މަސައްކަތްތައް ނިންމަން ބުރޫއަރައި، މުޅި އެޕިސޯޑްގެ ޕްރީ ޕޮރޮޑަކްޝަނަށް އައި ޑިލޭއަކާއި ގުޅިގެން ފިނާލޭ ލަސްކުރީއެވެ.
މި ޝޯވ ހިންގުމާ ހަވަލުލުވެ ހުރި އެންޖެލީނާ ކެންގ “އެންޓަރޓެއިންމެންޓް ވީކްލީ” އަށް ދީފައިވާ އިންޓަވިއުއެއްގައި އޭނާގެ ކަންބޮޑުވުން ހިއްސާކޮށްފައިވެއެވެ. ނަމަވެސް 15 ވަނަ އެޕިސޯޑް ނިންމާލެވިފައިވާ ގޮތުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ފިނާލޭ ލަސްކުރެވުނަސް ކުރިއަށް އޮތް އެޕިސޯޑުން ބެލުތެރިން މާޔޫސްނުވާނެ ކަމުގެ ޔަގީންކަން އެންޖެލީނާގެ އެބައޮތެވެ.
ޓްރެއިލާއިން ފެންނަގޮތުން ކުރިއަށް އޮތް އެޕިސޯޑުން މުޅިން އާ ކެރެކްޓާރއެއް ތަޢާރަފުވެގެންދާނެއެވެ. “ޕްރިންސެސް”ގެ ގޮތުގައި ކޮމިކް ބުކްގައި ފާހަޖަކޮށްފައިވާ މި ކެރެކްޓާރ ތަޢާރަފް ކުރެވުނަސް ކެރެކްޓާއާއި ބެހޭ މާބޮޑު ތަފްސީލެއް ކުރިއަށް އޮތް އެޕިސޯޑްގައި ފެނިގެންދާނެހެނެއް ހިއެއްނުވެއެވެ. މި ޝޯގެ ކުރީގެ ލީޑް ގިނަ ތަރިންތަކެއް ވަނީ މި ޝޯއާއި ވަކިވެފައެވެ. އެ ގޮތުން ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކެރެކްޓާރ “މިޝޯން”ވެސް ވަނީ ދާދި ފަހުން ޝޯ އާއި ޢަލްވަދާއުކިޔާފައެވެ.
ލޮކްޑައުންތައް އުވާލައި އާންމު ދިރިއުޅުމަށް ރުޖޫޢަވެވެންދެން ޝޯގެ ކުރިއަށް ހުރި މަސައްކަތްތަށް މަޑުޖައްސާލާފައި ވާއިރު، މި ޝޯގެ ޓީމުން ލަފާކުރާ ގޮތުގައި ފިނާލޭ އެޕިސޯޑް ބެލުންތެރިންނާ ހަމަޔަށް ދެން ގެނެސް ދެވޭނީ މި އަހަރު ފަހުކޮޅުގައެވެ. އެ އެޕިސޯޑް ޚާއްސަވާނެ ކަމަށް ވެސް ޓީމުން ބުނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.