ކާމިޔާބު ފިލްމުތަކެއް އުފައްދަމުން އަންނަ ޑައިރެކްޓަރ ކަރަން ޖޯހަރުގެ ފިލްމު “ތަޚުތު” ގެ ރޯލަކަށް ޖާވިދު ޖެފްރީ ސޮއިކޮށްފި އެވެ.
ފިލްމު “ތަޚުތު” އަކީ ތާރީޚީ ހާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ. މިއީ ކަރަން ޖޯހަރް ޑައިރެކްޓްކުރާ މިފަދަ ފުރަތަމަ ފިލްމެވެ. މި ފިލްމުން ފެނިގެންދާނީ މޮގަލް އެމްޕެރާ އައުރެންޒެބް އާއި އޭނާގެ ބޭބެ ދާރާ ޝިކޮހްގެ ދިރިއުޅުމެވެ.
މި ފިލްމުގައި ޖާވިދް ކުޅޭނީ މޮގަލް އެމްޕެރާގެ ޝާހް ޖަހާންގެ ކޯޓުގެ އިސް ގާޒީގެ ރޯލެވެ.
“އަހަރެން ކުޅެނީ ޝާހް ޖަހާންގެ ކޯޓުގެ އިސް ގާޒީގެ ރޯލު. އަހަންނަކީ ދީނީ ހުރިހައި ކަންކަމެއްގެ އިސްވެރިއަކަށް ހުންނަ ގާޒީ. އެއީ ވަރަށް ވަރުގަދަ ރޯލެއް.” އުމުރުން 56 އަހަރުގެ އެކްޓަރ ޖާވިދް، އޭނާގެ ރޯލާމެދު ބުންޏެވެ.
ފިލްމު “ތަޚްތު” އަކީ ހައި ޕްރޮފައިލް އެކްޓަރުންތަކެއް ފެނިގެންދާނެ ވަރުގަދަ ފިލްމެކެވެ. އެގޮތުން މި ފިލްމުގައި ރަންވީރު ސިންހް، އާލިޔާ ބަޓް، ވިކީ ކޯޝަލް، ކަރީނާ ކަޕޫރް ޚާން، އަނިލް ކަޕޫރު ހިމެނެއެވެ. މީގެ އިތުރުން މި ފިލްމުގައި ޖާންވީ ކަޕޫރް، ބޫމީ ޕެޑްނޭކަރް ވެސް ހަރަކާތްތެރިވެއެވެ.
މި ފިލްމުގެ ޝޫޓިން ކޮރޯނާ ވައިރަސްއާ ގުޅިގެން މެދުކަނޑާލާފައިވާއިރު، ފިލްމުގެ ލޯންޗިންގައި އިޢުލާނުކުރި ގޮތުން ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު 2021ގައެވެ.
އަކްޝޭ ކުމާރް އާއެކު ފިލްމު “ސޫރްޔާވަންޝީ” އިން އަދި ވަރުން ދަވަން އާއެކު ފިލްމު “ކޫލީ ނަންބަރު1” އިންވެސް ވަރަށް އަވަހަށް ޖާވިދް ފެނިގެންދާނެއެވެ. އެންމެ ފަހުން ޖާވިދް ފެނިފައިވަނީ ނެޓްފްލިކްސްގެ ފިލްމު “މަސްކާ” އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!