ތިރީގައި މި ވަނީހަވާދުގެ ބައެއް ބާވަތްތަކަށް ދިވެހިން ކިޔާ ނަންނަމެވެ. މީގެން ގިނަ ނަންތަކަކީ މިއަދު ދިވެހިން ހަނދާންނެތް ނަންތަކެކެވެ. ބަހެއް ނެތި ދަނީ އެ ބަހަކުން ވާހަކަދައްކާ މީހުން އެ ބަހެއް ދޫކޮށްލުމުން ނެވެ. ދަރިވަރުން ވީހާވެސް ފޫހި ވާނޭގޮތަށް ދިވެހި މުޤައްރަރު ހަދާ ދިވެހި ބަހުގެ މަތިން ޒުވާނުން ފޫހިކުރުވާފައިވަނީ ސަރުކާރުތަކުންނެވެ.

1. ހިތި ދަމުއި

ހިތި ދަމުއި(އިނގިރޭސި ބަހުން: Carum copticum)ނުވަތަ (އިނގިރޭސި ބަހުން: Ajwain) އަކީ ދަމުއިގެ ބާވަތެކެވެ. ހިތި ދަމުއި ހުންނާނީ ދިރިއާ ވައްތަރުކޮށް ދިރިފުކެއްގެ ދެބައިކުޅަ އެއްބައިވަރަށެވެ. މިއަށް ހިތިދަމުޔޭކިޔަނީ ހިތި ކައްކާއިރު އެއަށް އަޅަން ބޭނުންކުރާ އެއްޗަކަށްވާތީއެވެ. ހިތި ދަމުއި އަށް ދިވެހިން ބޭސް ދަމުއި މިހެން ވެސް ކިޔައި އުޅެއެވެ.

ހިތި ދަމުއި އަކީ ދިވެހި ބޭސްވެރިކަމުގެ ތަފާތު ގޮތްގޮތަށް ބޭނުންކޮށް އުޅެއެވެ. ކެއުމަށް ބޭނުންކުރާ ތަފާތު ތޮޅިތައް ކެއުމުން ބަނޑުތެރޭގައި އުފެދޭ ވައިގެ މިންވަރު ހިތި ދަމުއި އާއި ތޮޅި އެއްކޮށް ކެއްކުމުން ކުޑަކޮށްދެއެވެ. ކުރީ ޒަމާނުގައި ހޮނޑުލުން މަނާކޮށްދޭ ބޭހެއްގެ ގޮތުގައި ވެސް ހިތި ދަމުއި ބޭނުންކޮށްފައި ވެއެވެ.

  • ނޯޓް: ދިވެހި ބަހުން ދަމުއި ގެ ދެބާވަތް ހުންނަކަމަށް ކިޔައެވެ. އެއީ ފަރިހި ދަމުއި އަދި ހިތި ދަމުއި އެވެ. ނަމަވެސް ޢިލްމީ ނަޒަރަކުން ބަލާއިރު ދަމުއި، ފަރިހި ދަމުއި އަދި ހިތި ދަމުއި މި ތިން ބާވަތަކީ ވެސް މުޅިން ތަފާތު ތިން ބާވަތެވެ.

އިނގިރޭސި ނަން: ajwain seeds, bishop’s weed

hithi dhamui

2. ހުދުރެވި

މިއީ ރެވީގެ ހުދުބާވަތެވެ.

އިނގިރޭސި ނަން: White mustard

OLYMPUS DIGITAL CAMERA

3. ހުނގު

ހުނގަކީ ގަހެއްގެކިރު. މިއީ ބޭހަށް ގެންގުޅޭ އެއްޗެކެވެ. މީގައި ޒަވިވަހެއް ދުވާނެއެވެ.

އިނގިރޭސި ނަން: Asafoetida

fenugreek6

4. ކަށިމާ

އިނގިރޭސި ނަން: Pandanus Flowers, Kewra Flowers

pand_25

5. ކަރަންފޫ

ކަރަންފޫ(ސައިންޓިފިކް ނަން: Syzygium aromaticum)ނުވަތަ (އިނގިރޭސި ބަހުން: Clove)އަކީ މަތިކަރާބޭހުގެ ބާވަތެކެވެ. އަދި މިއީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ވެސް މެއެވެ. މިއީ ދުފާއިރު ބޭނުންކުރާ އެއްޗެކެވެ. މީގެ ކުރީކޮޅުގައި ހަތަރު ތުނޑު ހުންނާނެއެވެ. މިއީ ކުޅި ރަހަލާ، ކަޅުކުލައިގެ އެއްޗެކެވެ. ކަރަންފޫ މައިގަނޑު ގޮތެއްގައި އެންމެ ގިނައިން ހައްދަނީ ޒެންޒިބާރު، އިންޑޮނޭޝިޔާ، އަދި މަޑަގަސްކަރައިގައެވެ. ކަރަންފުލަކީ ކައި ނިމިގެން އަނގައިގެ ތެރޭގައި ހުންނަ ވަސް ކަނޑުވާލުމަށް ވެސް ކައި އުޅޭ އެއްޗެކެވެ.

އިނގިރޭސި ނަން: Cloves

cloves

6. ކައްބާބު

ކައްބާބު (ސައިންޓިފިކް ނަން: Piper cubeba)ނުވަތަ (އިނގިރޭސި ބަހުން: Cubeb)އަކީ މަތިކަރާ ބޭހުގެ ބާވަތެކެވެ. މިއީ ގަހެއްގައި އަޅާ ކަޅުކުލައިގެ އޮށެކެވެ. މިހުންނާނީ އަސޭމިރުހާ ދާދި އެއްބައްޓަމަކަށް އެއަށްވުރެ އޮމާންކޮށެވެ. މީގައި ކުޑަ ތަނޑިއެއް ހުންނާނެއެވެ. މިއީ އަސޭމިރުސް އަދި ވަކިފޫ އާއި އެއްއާއިލާގެ އެއްޗެކެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން ކައްބާބު ހައްދާކަމަށް ފާހަގަ ކުރެވިފައިވަނީ އިންޑޮނޭޝިޔާގެ ސުމަޓްރާ އަދި ޖާވާ ގައެވެ. މިއީ ކައްބާބު އަށާއި އެއިން ހާނާ ތެލުގެ ބޭނުމުގައި ހައްދައި އުޅޭ އެއްޗެކެވެ. ކައްބާބު ރަގަޅަށް ދޮންނުވަނީސް ބިނދެގެން ހިއްކައި ހަދައެވެ. ކައްބާބުގެ ކުލައަކީ އަޅިމުށި ނުވަތަ ކަޅު ކުލައެވެ. ކައްބާބު އަކީ ހަރު އޮށެކެވެ. އަދި އޭގައި ތެޔޮކަމެއް ހުންނާނެއެވެ. ކައްބާބުގައި ހުންނާނީ ފާނޑެއްގެ ޒަވި ހިތި ރަހައެކެވެ. ބައެއް ވައްތަރުގެ އަތަރާއި ސެންޓް އުފެއްދުމަށް ވެސް ކައްބާބު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

އިނގިރޭސި ނަން: Cubeb Pepper

cubeb_pepper

7. ކަޅުރެވި

އިނގިރޭސި ނަން: Brassica Nigra, Black Mustard

Black-Mustard-Powder

8. ކަޅުދިރި

ކަޅުދިރި(ސައިންޓިފިކް ނަން: Nigella sativa)ނުވަތަ (އިނގިރޭސި ބަހުން: Black cumin)އަކީ ދިރިޔާ ދަވިއްގަނދުއަށްވުރެ ކުދި ކަޅުކުލައިގެ ފުއްތަކެކެވެ. މިއީ އާވިޒާތުގެ ރަހައެއްދޭ އެއްޗެކެވެ. މި ބޭހަށްވެސް ބޭނުންކޮށް އުޅެއެވެ. ދިވެހިބޭހުގައި މި ހިމަނައިފައިވަނީ މިނާބޭހުގެ ބާވަތެއްގެ ގޮތުގައެވެ. ކަޅުދިރި ގަސް އަކީ 30-20 ސެންޓިމީޓަރުގެ އުސްމިނަށް ހެދޭ ގަހެކެވެ. މިގަސް އެންމެ ފުރަތަމަ ހައްދާފައިވަނީ ދެކުނު އޭޝިޔާގެ ގައުމު ތަކުގައެވެ. ބައެއް ހިސާބު ތަކުގައި ބޭސްވެރިކަމުގައި ބޭނުންކުރުމުގެ އިތުރުން ހަވާދުގެ ބާވަތެއްގެ ގޮތުގައި ވެސް ކަޅުދިރި ބޭނުންކޮށް އުޅެއެވެ. ކަޅުދިރިއިން ތެޔޮ ހަދައިގެން ވެސް ބޭނުންކުރެއެވެ. ކަޅުދިރީގެ ފައިދާ އާއި އޭގެ ބައިތަކާއި ބެހޭ ދިރާސާތައް ޢިލްމީ ގޮތުން ހަދަމުން މިހާރު ވެސް އެބަގެންދެއެވެ.

އިނގިރޭސި ނަން: Nigella Sativa, Black cumin

images (1)

9. ކަސްކަސާ

ކަސްކަސާ އަކީ އަފިހުންގަހުގެ އޮށް.

އިނގިރޭސި ނަން: Poppy Seeds

poppy-seeds-on-wooden-scoop

10. ކާފޫރު ތޮޅި

ކާފޫރު ތޮޅި(ސައިންޓިފިކް ނަން: Elettaria and Amomum)ނުވަތަ (އިނގިރޭސި ބަހުން: cardamom)އަކީ ކާފޫރުތޮޅި ގަހުގެ ވަކިއެވެ. މިއީ ތިން އަރިޔަށް ފުއްޕުން ހުރެފައި، މަޑު، ބޯތޮށްޓެއްގެތެރޭގައި ތިންބަރިޔަށް، ކުދިކުދި ކަޅުއޮށްތަކެއް ހުންނަ ކުޑަކުޑަ ތޮޅިޔެކެވެ. މިތޮޅިއަކީ ވަހާއި ރަހައިގައި އާވިގޮތް ހުންނަ މީރުއެއްޗެކެވެ. މިއީ، ބޭހަށާއި ކާބާވަތްތަކުގެ ރަހަމީރުކުރަން ބޭނުންކުރާ އެއްޗެކެވެ . ދުފާއިރުގައި ވެސް ކާފޫރު ތޮޅި ބޭނުން ކުރެއެވެ. ފޮނި ތޮށި، ކަރަންފޫ އަދި ކާފޫރު ތޮޅި ހަދައިގެން ތައްޔާރުކޮށްފައި ހުންނަ ހަވާދަށް ދިވެހި ބަހުން ފޮނިތޮށި ހަވާދު މިހެން ކިޔައެވެ.

އިނގިރޭސި ނަން: Cardamom

438646585136edcf339dc

11. ކާސިންޖީ

ކާސިންޖީ(ސައިންޓިފިކް ނަން: Cymbopogon)ނުވަތަ (އިނގިރޭސި ބަހުން: lemon grass) އަކީ ލަންސިމޫ ގަސް ހެން ހެދޭ އެއަށްވުރެ ފަތްތުނި ފަތުގައި މީރުވަސްދުވާ ގަހެކެވެ. ކާސިންޖީ ގަހުގެ ފަތާއި އެގަހުގެ ނިރުގަނޑުގެ މައިގަނޑު ތަފާތު ވައްތަރުގެ ސުރުވާ ތައްޔާރު ކުރުމުގައި ބޭނުން ކުރެއެވެ. ޚާއްޞަކޮށް މެލޭޝިޔާ، އިންޑޮނޭޝިޔާ، އަދި ތައިލޭންޑް ފަދަ ގައުމުތަކުގައި ތައްޔާރުކުރާ ކުޅި ސުރުވާގެ ބާވަތްތަކުގައި ވަރަށް ގިނައިން ކާސިންޖީ ބޭނުންކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ދިވެހި ރާއްޖޭގައި ކާސިންޖީ ހެދެނީ ވަރަށް މަދުންނެވެ. ވަރަށް ގިނަ ގައުމުތަކުގައި ބޭސްވެރިކަމުގެ ތެރޭގައި ބޭނުންކުރެވޭ ފަތްޕިލާވެއްޔެގެ ގޮތުގައި ކާސިންޖީ ބޭނުންކޮށް އުޅެއެވެ. ކާސިންޖީ އާއިލާގެ ވަރަށް ގިނަ ވައްތަރު ހުރެއެވެ.

އިނގިރޭސި ނަން: Lemmon Grass

sereh400pxtgp.jpg28fbf1a8-b0b1-4c4d-8e12-9b41510049d2Large

12. ކުކުން

ކުކުން(އިނގިރޭސި ބަހުން: Saffron)އަކީ ކުޑަވަރެއްގެ ގަހެއްގައި އަޅާ މީރުވަސް ދުވާ މަލެއްގެ ކަރުގަނޑެވެ. އެހެންގޮތަކަށް ބުނާނަމަ މިއީ ކުކުން ގަސް(ސައިންޓިފިކް ނަން: Crocus sativus)ނުވަތަ (އިނގިރޭސި ބަހުން: saffron crocus)ގައި އަޅާ މަލުގެ ކަރުގަނޑުއެވެ. ކުކުން ހިއްކީމާ ހުންނާނީ ރަތް ރީނދޫ ކުލައެއްގައެވެ. މިއީ ކާއެއްޗިއްސަށް ލާށާއި، ބޭހަށް ބޭނުންކުރާ އެއްޗެކެވެ. ފިނިފެން އަދި ކުކުން އަޅައިގެން ފަންޑިތަވެރިން ތަށިލިޔަން ދަވާދު ވެސް ތައްޔާރުކޮށް އުޅެއެވެ. ކުކުންގައި ހުންނަނީ ހިތި ރަހައެކެވެ. އަދި ކުކުންގައި ތަފާތު ކެމިކަލްތައް އެކުލެވިގެން ވެއެވެ. އޭގެތެރޭގައި ޕައިކްރޯކްރޯސިން، ކްރޯސިން، ސަފްރަނަލް، އަދި ކެރޮޓިނައިޑް ފަދަ މާއްދާތައް ހިމެނެއެވެ.

އިނގިރޭސި ނަން: Saffron

images (2)

13. ކުކުޅުފަތްޕިލާ، ގަނދަކޯޅި، ގައިކެހުންބުޅި

ގަނދަކޯޅި(ސައިންޓިފިކް ނަން: Citrus maxima)ނުވަތަ (އިނގިރޭސި ބަހުން: Pomelo) އަކީ ކުޅިތުޅާގަހާ ވައްތަރުގޮތަކަށް ހުންނަ ގަހެކެވެ. މިގަހުގެމާ ހުންނާނީ އެއްތަނޑެއްގައި ކުދިކުދި ފިޔަތަކެއް ފޮޅިފައެވެ. މީގެ ދެވައްތަރެއް ހުރެއެވެ. އެއީރަތް ގަނދަކޯޅިއާއި، ހުވަނދު ގަނދަކޯޅިއެވެ. މިއީ ވަރަށް ގަދަ ޒަވިވަހެއް ހުންނަ އެއްޗެކެވެ. މީގެ ފަތާއި އޮށް ބޭހަށް ބޭނުންކުރެއެވެ. އަދި ބައެއް ފަހަރު މީގެ ފަތް ކެއުމަށް ވެސް ބޭނުން ކުރެއެވެ.

ގަނދަކޯޅި ގަސް އާންމުކޮށް ހެދެނީ 60-30 ސެންޓި މީޓަރާއި ދެމެދުގެ އުސްމިނަށެވެ. ފަތުގެ ދިގުމިނުގައި 5-3 ސެންޓި މީޓަރުގެ ދިގުމިން ހުރެއެވެ. އަދި 3-1 ސެންޓި މީޓަރާއި ދެމެދުގެ ފުޅާމިން ހުރެއެވެ.

އިނގިރޭސި ނަން: Basil

images (3)

14. ކޮތަނބިރި

ކޮތަނބިރި(ސައިންޓިފިކް ނަން: Coriandrum sativum)ނުވަތަ (އިނގިރޭސި ބަހުން: Coriander)އަކީ ހަވާދުގެ ބާވަތެކެވެ. މިއީ އަސޭމިރުސް ފުކެއް ވަރަށް ވަށްކޮށް މަޑު ރީނދޫ ކުލައިގައި ހުންނަ ފުކެކެވެ. ކޮތަނބިރި ގަހުގެ ފަތުގެ ކުލަ ހުންނަނީ މަޑު ފިޔާތޮށި ނުވަތަ ހުދު ކުލައިގައެވެ. މިގަހުގެ މާ ހުންނަނީ ބޮޑިކޮށެވެ. ކޮތަނބިރި އަކީ ހަވާދުގެ ބާވަތެއް ކަމުން އާންމު ގޮތެއްގައި ކޮތަނބިރި ދިވެހި ރާއްޖޭގައި ބޭނުންކޮށް އުޅެނީ ތަފާތު ވައްތަރުގެ ހަވާދު ތައްޔާރު ކުރުމަށެވެ.

ކޮތަނބިރި ހަވާދު ތައްޔާރުކުރުމުގައި ބޭނުންކުރާއިރު ކޮތަނބިރި ފަތަކީ ކެއުމަށާއި، ތަފާތު ވައްތަރުތަކުގެ ސުރުވާ، އަދި ސަޓަނި ފަދަ ތަކެތީގައި ރަހަ ޖެއްސުމަށް ބޭނުންކުރެވޭ އެއްޗެކެވެ.

އިނގިރޭސި ނަން: Coriander, Cilantro

CorianderSeeds

15. ވަކިފޫ

ވަކިފޫ(އިނގިރޭސި ބަހުން: Piper longum)ނުވަތަ (އިނގިރޭސި ބަހުން: Long pepper) އަކީ ޙަކީމީ ބޭހުގެ ވައްތަރެކެވެ. މިއީ އެކަހެރިބޭހެއް ކަމުގައި ބެލެވޭ އެއްޗެކެވެ. ވަކިފޫ ހުންނަނީ ބިލެތުމާ ހުންނަ ގޮތަށެވެ. ދިވެހި ބޭސްވެރިކަމުގެ ތެރޭގައި ވަރަށް ގިނައިން މިބާވަތް ބޭނުންކުރާކަމަށް ވެއެވެ. ވަކިފޫ އާއި އަސޭމިރުސް އާއި ކޮންމެވެސް ވަރަކަށް އެއްގޮތް ކަމެއް ހުންނަކަމަށް ވެއެވެ. ވަކިފޫ އަކީ އަސޭމިރުސް އަށްވުރެ ވެސް ކުޅި ރަހަ ގަދަ އެއްޗެއް ކަމަށް ވެއެވެ.

މިއަދު ވަކިފޫ އަކީ ޔޫރަޕުގެ ގައުމުތަކުގައި ތައްޔާރުކުރާ ކާތަކެތީގައި ވަރަށް މަދުންނޫނީ ބޭނުންކުރާ ބާވަތެއް ނޫނެވެ. އެހެން ނަމަވެސް މިހާރު ވެސް އިންޑިޔާ، އިންޑޮނޭޝިޔާ ފަދަ ގައުމުތަކުގައި ތަފާތު ވައްތަރުގެ އަސާރަ ތައްޔާރުކުރާއިރު ވަކިފޫ ބޭނުންކުރާ ކަމަށް ވެއެވެ.

އިނގިރޭސި ނަން: Longe Pepper

images (4)

16. ވޭމުއި

ވޭމުއި(އިނގިރޭސި ބަހުން: Glycyrrhiza glabra)ނުވަތަ (އިނގިރޭސި ބަހުން: Liquorice) އަކީ ބޭހުގެ ތެރޭގައި ގެންގުޅޭ އެއްޗެކެވެ. މިއީ ގަހެއްގެ މުލެކެވެ. ވޭމުއީގައި ކައްކާ ސަރުބަތެއް ހުރެއެވެ. ވޭމުއި ސަރުބަތަކީ މޭގެ އެކިއެކި ބައްޔަށް ރަގަޅު ބޭހެކެވެ. ވޭމުއި ގަސް ހެދެނީ ގާތްގަނޑަކަށް 1 މީޓަރުގެ އުސްމިނަށެވެ. ވޭމުއި ގަހުގެ ފަތުގެ ބޮޑުމިނުގައި 6-3 އިންޗި ދިގުމިން ހުރެއެވެ. ވޭމުއި ގަހުގެ މަލުގެ ދިގުމިން ބައި އިންޗި ވަރު ހުރެއެވެ. ވޭމުއި ގަހުގެ ކޮންމެ ފަތް ކޯންޏެއްގައި ފަރާތަކު 17-7 އާއި ދެމެދުގެ އަދަދަކަށް ވަކި ފަތް ހުރެއެވެ. ވޭމުއި ގަހުގައި އަޅާ ތޮޅީގެ ދިގުމިނުގައި 1 އިންޗި ވަރުހުރެއެވެ. އެތޮޅީގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. ވޭމުއި އާންމުކޮށޮ ހެދޭ ކަމަށް ފާހަގަ ކުރެވިފައިވަނީ ދެކުނު ޔޫރަޕާއި އޭޝިޔާގެ ގައުމުތަކުގައެވެ.

އިނގިރޭސި ނަން: Liquorice

images (6)

17. މަހުލުނބޯ

މަހުލުނބޯ(ސައިންޓިފިކް ނަން: Prunus mahaleb)ނުވަތަ (އިނގިރޭސި ބަހުން: St Lucie Cherry) އަކީ މޭވާގެ ބާވަތެކެވެ. މިއީ ކުދި ލުނބޯ އާ އެއްސައިޒަށް އިންނަ ކުޑަކުޑަ މޭވާ އެކެވެ. މަހުލުނބޯ އޮށަކީ ހަކީމީ ބޭހުގެ ތެރޭގައި ހިމެނޭ އޮށެކެވެ. އަދި މިއީ ހުވަދު ބޭހުގެ ބާވަތެއް ވެސް މެއެވެ. މަހުލުނބޯ އަކީ ޗެރީ އާއިލާގެ މޭވާ އެކެވެ. މަހު ލުނބޯ އޮށް ހަވާދު ހެދުމަށް ވެސް ބޭނުން ކުރެއެވެ. އަދި ހަމަމިހެން މަހުލުނބޯ އޮށުން ތެޔޮ ވެސް ތައްޔާރުކޮށް އުޅެއެވެ.

މަހުލުނބޯ ގަސް ހެދެނީ އާންމު ގޮތެއްގައި 10-2 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. ގަސްގަނޑުގެ ވަށަމިނުގައި 40 ސެންޓި މީޓަރު ވަރުހުރެއެވެ. މަހުލުނބޯ ގަހުގެ ފަތުގެ ދިގުމިނުގައި 5-1.5 ސެންޓި މީޓަރުގެ ދިގުމިން ހުރެއެވެ. އަދި މިފަތުގެ ފުޅާމިނުގައި 4-1 ސެންޓި މީޓަރު ވަރުހުރެއެވެ.

އިނގިރޭސި ނަން: Mahleb Cherry

800px-Prma_002_shp_(Prunus_mahaleb)

18. ފަރިހި ދަމުއި

ފަރިހި ދަމުއި(އިނގިރޭސި ބަހުން: Carum carvi)ނުވަތަ (އިނގިރޭސި ބަހުން: Caraway) އަކީ ދަމުއީގެ ބާވަތެކެވެ. މިއީ މިނާބޭހުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އަދި މިއީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެވެ. ފަރިހި ދަމުއި އަކީ ހުޅަގު އޭޝިޔާ އަދި ޔޫރަޕުގެ ގައުމުތަކުގައި ހެދޭކަމަށް ފާހަގަ ކުރެވިފައިވާ އެއްޗެކެވެ. ބައެއް ވައްތަރުގެ ޕާން ހެދުމަށް ފަރިހި ދަމުއި ބޭނުންކުރެއެވެ. ފަރިހި ދަމުއި އަޅާ ގަހަކީ ކެރެޓް ގަހާއި ދާދި އެއްސިފަޔަކަށް އިންނަ ގަހެކެވެ. މެދުތެރޭ ޔޫރަޕާއި ސްކެންޑިނޭވިއާގެ ގައުމުތަކުގެ ކެއުން ތަކުގައި ވަރަށް ގިނައިން ފަރިހި ދަމުއި ބޭނުންކޮށް އުޅެއެވެ. އަދި ބައެއް ވައްތަރު ތަކުގެ ޗީޒް އަށް ރަހަ ޖެއްސުމަށް ފަރިހި ދަމުއި އަޅައި އުޅެއެވެ.

  • ނޯޓް: ދިވެހި ބަހުން ދަމުއި ގެ ދެބާވަތް ހުންނަކަމަށް ކިޔައެވެ. އެއީ ފަރިހި ދަމުއި އަދި ހިތި ދަމުއި އެވެ. ނަމަވެސް ޢިލްމީ ނަޒަރަކުން ބަލާއިރު ދަމުއި، ފަރިހި ދަމުއި އަދި ހިތި ދަމުއި މި ތިން ބާވަތަކީ ވެސް މުޅިން ތަފާތު ތިން ބާވަތެވެ.

އިނގިރޭސި ނަން: Caraway seeds, Persian Cumin

images (9)

19. ކުދީނާ ފަތް ނުވަތަ ފެފުރުމެންޓް

ޒަވި ވަހެއްދުވާ އާވި ރަހައެއް ހުންނަ ފެހިކުލަގަދަ ފަތެއް

އިނގިރޭސި ނަން: Peppermint

fresh-mint

20. ފޮނިމާ

އިނގިރޭސި ނަން: Mugwort

mugwort

21. ފޮނިތޮށި

ފޮނި ތޮށި(ސައިންޓިފިކް ނަން: Cinnamomum zeylanicum)ނުވަތަ (އިނގިރޭސި ބަހުން: Cinnamon)އަކީ ގަހެއްގެ ތޮއްޓެކެވެ. މިއީ ބޭހަށާއި، ކާއެއްޗެއްސަށްލާން ބޭނުންކުރާ އެއްޗެކެވެ. މީގައި ކުޅި ފޮނިރަހައެއްދެއެވެ. ފޮނިތޮށި ގަސް ހެދެނީ އާންމު ގޮތެއްގައި 15-10 މީޓަރާއި ދެމެދުގެ އުސްމިނަކަށެވެ. ފޮނި ފުރަތަމަ ހައްދާފައިވަނީ ދެކުނު އިންޑިޔާގެ ހިސާބު ތަކާއި ސްރީލަންކާ ގައެވެ. ފޮނި ތޮށި އަކީ ހަވާދުގެ ބާވަތެއް ކަމުން ހަވާދު ތައްޔާރު ކުރުމުގައި ވަރަށް ގިނައިން ފޮނި ތޮށި ބޭނުންކޮށް އުޅެއެވެ. ފޮނިތޮށި ކާފޫރު ތޮޅި ކަރަންފޫ ތަޅައި ހިމުންކޮށްފައި ހުންނަ ކުނޑި އަށް ދިވެހި ބަހުން ފޮނިތޮށި ހަވާދު މިހެން ކިޔައި އުޅެއެވެ.

ބައެއް ވައްތަރުގެ ސައި ތައްޔާރު ކުރުމަށް ވެސް ފޮނިތޮށި ބޭނުންކުރެއެވެ.

އިނގިރޭސި ނަން: Cinnamon

images (10)

22. ފޮތި ހުވަނދު

އިނގިރޭސި ނަން: Galangale

80b2edbe79302e9cd5eae76800a911b7_fill_100_196_170

23. ދަވިއްގަނދު

ދަވިއްގަނދު(ސައިންޓިފިކް ނަން: Foeniculum vulgare)ނުވަތަ (އިނގިރޭސި ބަހުން: Fennel)އަކީ ހަވާދުގެ ތެރޭގައި ހިމެނޭ ބާވެތެކެވެ. ދަވިއްގަނދު އަކީ ދިރިއަށްވުރެ ފުއްތައް ބޮޑެތި ޒަވިރަހަ ގަދަ އެއްޗެކެވެ. ދަވިއްގަނދު އަކީ ހަވާދުގެ ބާވަތެއް ކަމުން އާންމު ގޮތެއްގައި ދަވިއްގަނދު ދިވެހި ރާއްޖޭގައި ބޭނުންކޮށް އުޅެނީ ތަފާތު ވައްތަރުގެ ހަވާދު ތައްޔާރު ކުރުމަށެވެ.

ދަވިއްގަނދު ގަސް 2.5 މީޓަރުގެ އުސްމިނަށް ވެސް ހެދޭކަމަށް ވެއެވެ. ދަވިއްގަނދު ގަހުގެ މާ ހުންނަނީ ބޮނޑި ބޮނޑި އަށް ނުވަތަ ކޯނި ކޯންޏަށް ވާކަހަލަ ގޮތަކަށެވެ.

އިނގިރޭސި ނަން: Fannel Seeds

fennel-seed-ayurveda

24. ދަމުއި

ދަމުއި(އިނގިރޭސި ބަހުން: Anethum graveolens)ނުވަތަ (އިނގިރޭސި ބަހުން: dill seed) އަކީ ދަމުއި އަކީ ދިވެހިބޭހަށް ބޭނުންކުރާ އެއްޗެކެވެ. ދަމުއިގެ ތަފާތު ދެބާވަތެއް ހުރެއެވެ. އެއީ ހިތި ދަމުއި އާއި އަދި ފަރިހި ދަމުއި އެވެ.

އިނގިރޭސި ނަން: Dill

images (11)

25. ދިރި

ދިރި(ސައިންޓިފިކް ނަން: Cuminum cyminum)ނުވަތަ (އިނގިރޭސި ބަހުން: Cumin)އަކީ ހަވާދުގެ ބާވަތެކެވެ. މިހުންނަނީ ދަވިއްގަނދަށްވުރެ ތަންކޮޅެއް ކުދިކޮށް ހިމަކޮށެވެ.

އިނގިރޭސި ނަން: Cummin Seeds

14980063-pile-of-cumin-seeds-captured-from-above-isolated-on-white

26. ދޯޅަނބު

ދޯޅަނބު އަކީ ގޮމަށިނުވަތަ (އިނގިރޭސި ބަހުން: lemon) އަދި ލުނބޯ ޢާއިލާގެ އެއްޗެކެވެ. ދޯޅަނބު ހުންނާނީ ގޮމަށްޓާ ވައްތަރު ގޮތަކަށެވެ. އަދި ދޯޅަނބު ބޭނުންކުރަނީ ވެސް ގޮމަށި ފަދަ ތަކެތި ބޭނުންކުރާ އުޞޫލުން ތަފާތު ކާތަކެތީގައި ހުތް ރަހަ ޖެއްސުމަށެވެ. މިފަދަ މޭވާ އިން ޖޫސް ތައްޔާރުކޮށްގެން ބޭރު ގައުމުތަކުގެ ބާޒާރުގައި ވިއްކަން ހުރެއެވެ.

އިނގިރޭސި ނަން: Citrus limon

CitrusLimon

27. ތަކޫވައް

ތަކޫވައް(އިނގިރޭސި ބަހުން: Myristica)ނުވަތަ (އިނގިރޭސި ބަހުން: Nutmeg) އަކީ ދިވެހިބޭހަށާއި ބައެއް ކާއެއްޗިއްސަށް ލާން ބޭނުންކުރާ އެއްޗެކެވެ. މިއީ މަތިކަރާބޭހުގެ ބާވަތެކެވެ. ތަކޫވަކުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ތަކޫވައް އިން އުފައްދާ ތެލަކީ ތަފާތު ވައްތަރުތަކުގެ އަތަރާއި ސެންޓް ފަދަ ތަކެތި އުފެއްދުމުގައި ބޭނުން ކުރާ އެއްޗެކެވެ. ތަކޫވަކުން އުފައްދާ ތެޔޮ ހުންނަނީ ސާފު ނުވަތަ މަޑު ރީނދޫ ކުލައެއްގައެވެ. ތަކޫވަކުން ބަޓަރު ވެސް އުފައްދައެވެ. ކެއްސުމަށް ހުންނަ ބައެއް ކަހަލަ ސިރަޕް ތަކާއި، އަދި ދަތްއުގުޅުމަށް ހުންނަ ބައެއް ކަހަލަ ބޭސްތައް އުފެއްދުމުގައި ތަކޫވައް ތެޔޮ ބޭނުންކުރާ ކަމަށް ވެއެވެ. ޙަކީމީ ބޭސްވެރިކަމުގައި ނާރުތަކުގެ ނިޒާމް އަދި ހަޖަމްކުރާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމުގައި ތަކޫވައް އަދި ތަކޫވައް ތެޔޮ ބޭނުންކޮށްފައި ވެއެވެ.

އިނގިރޭސި ނަން: Nutmeg & Mace

images (12)

28. ތިލެޔޮ

ތިލެޔޮ(އިނގިރޭސި ބަހުން: Sesame oil)އަކީ ތިލެޔޮކޯޅި ގެ އޮށް ނުވަތަ ތިލެޔޮ އޮށުން ހާނާ ތެލެކެވެ. މިއީ ކެއުމަށާއި ބޭހަށް ބޭނުންކުރާ އެއްޗެކެވެ. ދެކުނު އޭޝިޔާ އަދި ދެކުނު އިންޑިޔާގެ ހިސާބުތަކުގެ ކެއުމުގައި ތިލެޔޮ ބޭނުންކޮށް އުޅެއެވެ.ތިލެޔޮ ގައި ތަފާތު ވައްތަރުގެ ފެޓީ އެސިޑް ތައް އެކުލެވިގެން ވެއެވެ. އޭގެ ތެރޭގައި އަންނަނިވި ފެޓީ އެސިޑް ތައް ހިމެނެއެވެ.

  • ޕަލްމިޓިކް އެސިޑް
  • ޕަލްމިޓަލިކް އެސިޑް
  • ސްޓިއެރިކް އެސިޑް
  • އޮލިކް އެސިޑް
  • ލިނޯލިކް އެސިޑް
  • ލިނޯލެނިކް އެސިޑް
  • އީކަސިނައިކް އެސިޑް

ތިލެޔޮއިން ކުރާ ބޭނުންތައް

  • ކެއްކުމަށް ތިލެޔޮ ބޭނުން ކޮށް އުޅެއެވެ.
  • ބޮލުގައި ލާ ތެލެއްގެ ގޮތުގައި ތިލެޔޮ ބޭނުން ކުރެއެވެ.
  • ހަށިގަނޑު މަސާޖްކުރުމަށް ވެސް ތިލެޔޮ ބޭނުން ކުރެއެވެ.
  • އަސާރަ ފަދަ ތަކެތި ހެދުމަށް ތިލެޔޮ ބޭނުން ކުރެއެވެ
  • ބައެއް ކަހަލަ ބޭސްތައް ހެދުމަށް ތިލެޔޮ ބޭނުން ކުރެއެވެ.
  • ހަކީމީ ބޭސްވެރިކަމުގައި ބަލިތަކަށް ފަރުވާ ކުރުމަށް ތިލެޔޮ ބޭނުންކުރެއެވެ.

އިނގިރޭސި ނަން: Sesame Seeds

images (13)

29. އަސަޅިޔާ

މިނާބޭހުގެ ބާވަތެއް. މިއީރަތްކުލައެއްގައި ހުންނަ ކުދިއޮށެކެވެ. ފެނަށް އެޅީމާ ކުޑަކޮށް މަސްލާގޮތް ހުންނާނެއެވެ.

އިނގިރޭސި ނަން: Cresses

lepi_05

30. އޯބަތް

އޯބަތް(ސައިންޓިފިކް ނަން: Trigonella foenum-graecum)ނުވަތަ (އިނގިރޭސި ބަހުން: Fenugreek) އަކީ މިނާ ބޭހުގެ ބާވަތެކެވެ. މިއީ ފެނަށްލީމާ މަސްލާ ކުދިއޮށެކެވެ. ބައެއް މީހުން އޯބަތް ރިހަ ކެއްކުމުގެ ތެރޭގައި ރިހައަށް ލައިވެސް އުޅެއެވެ. އެހެން ކަމުން އޯބަތް އަކީ ބޭސް ފަތްޕިލާވެއްޔެއްގެ ގޮތުގައި ވެސް އަދި ހަވާދުގެ ބާވަތެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ އެއްޗެކެވެ.

އޯބަތް އޮށަކީ ހަވާދު ހެދުމަށާއި، އަސާރަ ފަދަ ތަކެތި ހެދުމަށް އަދި ހަވާދު ފުނޑާއިރު އެޅުމަށް ބޭނުންކުރާ އެއްޗެކެވެ. އާންމު ގޮތެއްގައި އޯބަތް ބޭނުންކުރަނީ ދެކުނު އޭޝިޔާގެ ގައުމުގެ ކެއުންތައް ތައްޔާރު ކުރުމަށެވެ. އޯބަތް ގަހުގެ ފަތާއި ތަނޑުގަނޑު ފަދަ ތަކެތި ރޯ ތަރުކާރީގެ ގޮތުގައި ކައިއުޅެއެވެ. ޚާއްޞަކޮށް ތަފާތު ކެއުންތަކުގައި ރަހަ ޖެއްސުމަށް އޯބަތް ފަތް ބޭނުންކޮށް އުޅެއެވެ.

އިނގިރޭސި ނަން: Fenugreek Seeds

fenugreek-seeds

މައުލޫމާތު: ގާރނޮޓް ކަޓްޒަރސް ސްޕައިސް ޕޭޖްސް، ދިވެހ ޑިކްޝަނަރީ

ލިޔުމުގެ އަސްލު މަސްދަރުތައް:

https://lucasjalyl.wordpress.com

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.