މާލެއިން 3 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ، ބުދަ ދުވަހު މާލެއިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާ އާއި ސީދާގޮތުން ބައްދަލުވި ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބުނުއިރު، އޭނާ ވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމީހާ މިހާރު ހުރީ އެކަހެރިކޮށްފައެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މާލެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 3 އަށް އަރާފައިވާއިރު، މި ބަލި ޖެހުނު ދިވެހިންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި އިތުރު ޓްވީޓެއްގައި ބުނެފައިވާގޮތުގައި، މާލެއިން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާ އާއި ބައްދަލުވި 14 މީހަކު، ކޮވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރެގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.