އަޅުގަނޑުމެންގެ ކޮންޕިއުޓަރުގައި ހުންނަ ފޮންޓްތަކުގެ ތެރެއިން ޑިފޯލްޓް ފޮންޓެއް ކަމަށްވާ ‘އެމްވީ ބޮލި’ ފޮންޓްގެ ސަބަބުން އުނދަގުލެއް ވޭހެއްޔެވެ. އެ ފޮންޓްގެ ސަބަބުން މައިކްރޯސޮފްޓް ވޯރޑްގައި ތާނަ ފޮންޓެއް ސެލެކްޓް ނުކޮށް ލިޔަންފެށުމުން އެއްކަލަ ބޮލަށް އުނދަގޫވާ ބޮލި ފޮންޓްގެ އުނދަގުލާއި ކުރިމަތިލާންޖެހުމީ ހަމަ ގައިމުވެސް ބޮލަށް އުނދަގޫވަނެ ކަމެކެވެ.
ކޮންޕިއުޓަރު ބޭނުންކޮށްގެން ދިވެހި ލިޔާއިރު ޑީފޯލްޓް ފޮންޓަކަށް ކޮންމެ ސިސްޓަމެއްގައިވެސް މިއިންނަނީ އެމްވީ ބޮލި ފޮންޓެވެ. އެހެންނަމަވެސް މިއީ އެކަކަށްވެސް އެހާ މަޤްބޫލު ފޮންޓަކަށް ނުވެއެވެ.
ބަލައިލަން ފަސޭހަ ރީތި ފޮންޓް ތަކުގެ ތެރޭގައި ޢާއްމުކޮށް ގިނަމީހުން ބޭނުން ކޮށްމިއުޅެނީ ފަރުމާ ފޮންޓާއި، ވަހީދު ފޮންޓާއި، މިފަދަ ފޮންޓްތަކެވެ. އެހެންވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ ސިސްޓަމްގެ ޑީފޯލްޓް ފޮންޓެއްގެ ގޮތުގައި ގިނަޒަމާންތަކަކަށް ދެމިގެންދިޔަ ބޮލި ފޮންޓްގެ މަތިން ހަނދާން ނައްތާލުމަށްފަހު އޭގެ ބަދަލުގައި ރީތި އެހެން ފޮންޓެއް ޚިޔާރު ކުރައްވަންވީ ނޫންތޯއެވެ. އެއީ މިހާރު ވަރަށް ފަސޭހަކަމެކެވެ.
ޓެކްނޮލޮޖީގެ އައު ވިސްނުންތަކަށް އަބަދުވެސް ހިތްކިޔާ އެފަދަ ދިރާސާތައް ކުރަމުންދާ ކުދިންކޮޅެއް މިއަދުމިވަނީ އަޅުގަނޑުމެންނަށް މިފަސޭހަގޮތް ހޯދައިދީފައެވެ. އެކުދިންގެ އުފެއްދުން ތިބާގެ ކޮންޕިއުޓަރަށް އިންސްޓޯލް ކޮށްލާށެވެ. އޭރުން:
1- އެމް އެސް ވޯޑް ޑޮކިޔުމެންޓްގައި ލިޔާއިރު ކޮންމެހެން ފޮންޓްބަދަލުކުރާށް ނުޖެހޭނެއެވެ.
2- ފޭސްބުކު ފަދަ ސޯސިއަލް މީޑިއާގައި ހުންނަ ދިވެހި ލިޔުންތައްވެސް ތިބާއަށް ރީތިކޮށް ފަރުމާ ފޮންޓުން ނުވަތަ ވަހީދު ފޮންޓުން ފެންނާނެއެވެ.
3- ޑީފޯލްޓް ފޮންޓެއްގެ ގޮތުގައި ތިބާގެ ސިސްޓަމްގައި އަބަދުވެސް ފަރުމާ ނުވަތަ ވަހީދު އިންނާނެވެ
ފޮންޓް ޑައުންލޯޑް ކުރުމަށް ތިރީގައިވާ ލިންކް ޚިޔާރުކުރާށެވެ. ތިބާ އިޚްތިޔާރުކުރާ ފޮންޓް ޑައުންލޯޑްކޮށް އިންސްޓޮލް ކޮށްލާށެވެ. އޭރުން ‘ބޮލި ފޮންޓް’ ރިޕްލޭސްކޮށް ‘ފަރުމާ ފޮންޓް’ ނުވަތަ ‘ވަހީދު ފޮންޓް’ ތިބާގެ ސިސްޓަމަށް އިންސްޓޯލްވާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ