ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއިއެކު، އެ ކުންފުނީގެ ވިޔަފާރިތައް ވަގުތީގޮތުން މެދުކަނޑާލަން އެ ކުންފުނިން ނިންމައިފިައެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި މުދާ އެތެރެކޮށް ވިއްކަމުން އަންނަ ބީއެޗްއެމް ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުމާއި އެކު، އެ ވަގުތުން ފެށިގެން ކުންފުނީގެ ހުރިހާ ޚިދުމަތެއް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި، އެއްތާވި މީހުން (ކޮޓްރޭސިން ޓްރޭސިންގ) ހޯދުމުގައި އެޗްޕީއޭއަށް ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން ހުރިހާ މުވައްޒަފުން ގޭގައި މަޑުކޮށްގެން ތިބި ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ ފިހާރަތައް ބަންދު ކުރުމުން ކަސްޓަމަރުނަންނަށް ލިބިދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށާއި، ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބުނުހާ އަވަހަކަށް ކުންފުނީގެ ޚިދުމަތްތައް އަކުން ފެށިގެން ދާނެ ކަމަށެވެ.

ބީއެޗްއެމް ޓްރޭޑާސްގެ އިތުރުން މާލޭގެ އިހުސާން ފިހާރައިގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.