އުމުރުން 80 އަހަރުގެ މީހަކަ ކޮރޯނާ ވައިރަހަށް ފައްސި ވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ވަނީ ހާމަކުރައްވާފައެވެ. އަދި މި މީހާއަކީ އުމުރުން ދުވަސްވީ މީހެއްކަމުގައި ވާތީ މި މީހާއަށް އިތުރު ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ވަނީ ބަދަލުކުރެވިފައެވެ.

އެޗްޕީއޭއިން އިތުރަށް ހާމަކުރައްވާފައިވަނީ ބަގްލަދޭޝް ގެ ރައްޔިތަކު ވެސް ކޮވިޑް 19 އަށް ފައްސި ވެފައިވާކަމަށާއި މި މީހާ އެކަހެރި ކުރެވުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

މިއާއެކު ރާއްޖެ އިން މިއަދު މި ރޯގާއަށް ފައްސި ވީ މީހުންގެ އަދަދު 15 އެރީއެވެ. އެއީ 6 ބިދޭސީންނާއި 9 ދިވެހިންނެވެ. ވުމާއި އެކު ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު 84އަށް  އަރާފައިވާ އިރު މާލެއިން ވަނީ 64 މީހަކު ބައަޔަށް ފައްސިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.