ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެއްޖެ ކަމަށް އެޗްޕީއޭ އިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ކުރި ޓްވީޓެއްގައި ބުނެފައިވަ ކޮވިޑް-19 އަށް އިތުރު ދިވެއްސެއް ފައްސިވެފައިވާކަމަށާއި، މި މީހާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މިހާ އަކީ 52 ވަނަ ކޭހާއި ސީދާގޮތުން ބައްދަލުވި މީހެއް ކަމަށާއި، އެެމީހާ އާއި އެއްތާވި މީހުން (ކޮންޓްރެކްޓް ޓްރޭސިންގ) ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

މިހާތަނަށް މާލެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 64 އަށް އަރާފައިވާއިރު، ރާއްޖެއިން ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 84 އަށް އަރާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.