ކޮވިޑް-19 އަށް އިތުރު ދެ މީހަކު ފައްސިވެއްޖެ ކަމަށް އެޗްޕީއޭ އިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ފެނިގެން ފުލޫ ކްލިނަކަށް ދިޔަ 2 ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރިއިރު، އެ ދެ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށާއި، އަދި އެ ދެ މީހުން އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. .

މިހާތަނަށް މާލެއިން މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 66 އަށް އަރާފައިވާއިރު، ރާއްޖެއިން މި ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 86 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ދިވެހީންގެ 41 މީހުންނާއި، ބިދޭސީންގެ 45 މީހުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.