[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

ޒާނާ ބޭނުންވަނީ އެއްމެ ލަފުޒަކަށްވުރެން ގިނަ ލަފުޒުން ކިޔުންތެރިންގެ ހިތްތަކާއި ކުޅެލާށެވެ. އެއްމެ ވާހަކަ އަކަށްވުރެން ގިނަ ވާހަކައިން ކިޔުންތެރިންގެ ލޯބި ހޯދާށެވެ. ‘މާފުކުރާށޭ ކަލާ’ އަށް ފަހުން ޒާނާ ބުނީ ‘ލޯބިވެވިއްޖެ އެވެ.’ މިހެންނެވެ. މިފަހަރު ޒާނާ ބުނަން ބޭނުންވަނީ ‘ލަފުޒަކުން…’ ނެވެ. ކިތައް ލަފުޒުކަމެއް، ކިތައް އެޕިސޯޑް ކަމެއް މުނިއަވަސް އެޑްމިން އަށް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ޒާނާ އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ވާހަކައިގެ ވަރަށް ކުރުކުރު ޚުލާޞާ އެއް ވަނީ ހިއްސާކޮށްފަ އެވެ.

‘ލަފުޒަކުން…’ މިއީ ވެސް ތިނެސްކަން ލޯބީގެ ވާހަކަ އެކެވެ. ދިވެހި މުޖުތަމަޢު އާއި ގުޅުން ހުރި ވާހަކަ އެކެވެ. ޚާއްޞަކޮށް ޒުވާނުން ނަށް ކަމުދާ ސްޓައިލްގައި ގެނެސްދޭ ވާހަކަ އެކެވެ. 

ހިތެއްގެ ދެމެދުގައި ހިއްސާކޮށްލެވޭ ވާހަކަ އަކީ ހަމަ އެއްމެ ލަފުޒެއްގެ ދިގުމިން ހުންނަ ވާހަކައަކަށް ވެސް ވެދާނެ އެވެ. ނަމަވެސް ޒާނާ ގެނެސްދޭން މި އުޅޭ ‘ލަފުޒަކުން…’ އާއި ގުޅޭގޮތުން އަޅުގަނޑަށް އެއްޗެއް ބުނަން ދައްޗެވެ. އެހެން ކަމުން ޒާނާ ހިއްސާކޮށްފައިވާ މި ވާހަކައިގެ ކުރު ޚުލާޞާ އަށް ޖެހިލާނަމެވެ.

“ލަފްޒުތަކެކެވެ. ހަމައެކަނި ލަފްޒުތަކެކެވެ. އެއްވެސް ކުލައެއް ނެތް ހުވަފެންތަކެކެވެ. ދަތުރުކުރަމުން ދިޔައީ އެއްވެސް މިސްރާބެއް ނެތްކަން އެނގޭ އިރުއެވެ. މަންޒިލެއް ނެތްކަން އެނގިހުރެ އެވެ. ހުރިހައި ވެސް އެއްޗަކީ ހިތެވެ. ހިތަށް ލިބެމުންދާ ހިތްހަމަޖެހުމެވެ. ވަނީ އަބަދުވެސް ގާތުގައެވެ. ނަމަވެސް ހުންނަން ޖެހެނީ އެންމެ ދުރުގައެވެ. ބޭނުންވަނީ އަބަދު އެކުގައިވުމަށެވެ. ގާތުގައި ހުންނާށެވެ. ނަމަވެސް ތަޤްދީރުގެ ނިންމުމެވެ. ޖެހޭނީ ޤަބޫލުކުރާށެވެ. ސިކުނޑިއާއި ހިތް ހަނގުރާމަ ކުރަމުން ދަނީއެވެ. ލޯބި ހެއްޔެވެ؟ ހިތްހަމަޖެހުން ހެއްޔެވެ؟ ހަޤީޤަތް ހެއްޔެވެ؟ އަވާމެންދުރެއް ހެއްޔެވެ؟”

މަތީގައި އެވަނީ ޒާނާ ހިއްސާކޮށްފައިވާ ލިޔުންކޮޅެވެ. ވަރަށް އަސަރާއި ފުން މާނަ އެކުލެވޭ އިބާރާތްތަކެއްކަން ކިޔައިލުމުން އެނގެއެވެ. އިތުރަށް އެއްޗެއް ހިތަށް ގެންނަން އެނގޭނީ ނުވަތަ ބުނަން އެނގޭނީވެސް ޒާނާ ގެ މި ވާހަކައިގެ އެޕިސޯޑްތައް ކިޔަން ފެށުމުންނެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.