ކޮވިޑް-19 އަށް އިތުރު 6 މީހަކު ފައްސި ވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން ދާދި ދެންމެއަކު ހާމަކުރައްވާފައިވެއެވެ.

އެއެޗްޕީއޭއިން ކުރި ޓުވިޓެއްގައި ބުނެފައިވަނީ ބަލި ޖެހުނު 6 މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި، 2 ބަގްލަދޭޝް މީހުންނާއި، އިންޑިއާ އަދި ސްރީލަންކާގެ މީހެއްކަމަށެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 96 އަށް މިވަނީ އަރާފައެވެ. މިއާއި އެކު ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު 116 އަށް އެރީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.