އިތުރު 4 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަމަށް ހެލްތު ޕޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިންޑިއާގެ 2 މީހަކާއި، ސްރީލަންކާގެ މީހަކާއި އަދި ދިވެއްސެއް ފައްސިވެފައިވާކަމަށެވެ. ނަމަވެސް މި މީހުން ފައްސިވެފައިވަނީ ކޮންތަނަކުން ކަމެއް އެ ޓްވީޓުގައި ހާމަކޮށްފައިނުވެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 141 މީހުން ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 69 ދިވެހިންނާއި، 72 ބިދޭސީންނެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 16 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1342 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 153 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތު ދީފައިވެއެވެ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.