އާސަންދަ ސްކީމްގެ ދަށުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭ ހޮސްޕިޓަލުތަކާއި، ކުލިނިކުތަކާއި އަދި ބޭސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދޭ ބޭސްފިހާރަތަކުގެ ނަންތައް އާއްމުކޮށްފިއެވެ.

އާސަންދަ އިން މިއަދު އާއްމުކޮށްފައިވާ އިޢުލާނެއްގައި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް ދޭ 31 މަރުކަޒެއް ގެ ނަން އާންމުކޮށްފައި ވާއިރު، ބޭސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދޭ 19 ބޭޭޭސްފިހާރައެއްގެ ނަަަން ވެެެސްް ވަނީ އާާާާންމުކޮޮޮށްްފައިވެެެއެެެވެވެ.

އާސަންދައިގެ ދަށުން އޮންލައިންކޮށް ޚިދުމަތް ދޭ ހޮސްޕިޓަލްތަކަާއި، ކުލިނިކުތައް

މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުން ގޭގައި ތިބެން ސިއްޙީ މާހިރުންގެ ލަފާ ހޯދޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީ، ބޭސްފިހާރަތަކުން ބޭސް ޑެލިވަރީކޮށް ދިނުމުގެ އިންތިޒާމް ވެސް ވަނީ ހަމަ ޖައްސާފައެވެ.

އާސަންދައިގެ ދަށުން ބޭސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ދޭ ބޭސްފިހާރަތައް

މި ދަނޑިވަޅުގައި ބަލިވުމުން ސިއްޙީ މަރުކަޒުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް ޚިދުމަތް ހޯދުމަށާއި ރޯގާގެ އަލާމާތެއް ހުރި ނަމަ، ހޮސްޕިޓަލްތަކަށް ދިޔުމުގެ ކުރިން ކޮވިޑް-19 ހޮޓްލައިން 1676 އަށް ގުޅައި ރިޕޯޓުކުރުމަށް ރަށްރަށުން ނަމަ އެރަށަކުން ކަނޑައަޅާފައި ވާ ފަރާތަކަށް ރިޕޯޓުކުރުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.