ލޯބިވާ ވާހަކަ ތަކުރާރުކޮށް ބުނާ އަޑު އިވުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ފަޅު ރަށެއްގައި ހުރެގެން އަމީޝާ ޕަޓޭލް ރިތިކް ރޯޝަން ކައިރީގައި ބުނަމުންދަނީ ތިމަންނަގެ ހިތް ތަކުރާރުކޮށް އެދެމުންދަނީ ލޯބިވެޔޭ ބުނާ އަޑު އެހުމަށް ކަމަށެވެ. ރިތިކް އޭނާގެ ލޯބީގެ އިޒުހާރު ކުރަނީ އާނއެކޭ ލޯބިވަމޭ ބުނަމުންނެވެ.
2000 ވަނަ އަހަރު ރިލީޒް ވި އެއްމެ ރީތި އެއް ފިލްމު ކަމަށްވާ ‘ކަހޯނާ ޕިޔާރް ހޭ’ އަކީ ރާކޭޝް ރޯޝަން، އޭނާގެ ދަރިފުޅު ރިތިކް ރޯޝަން ފިލްމީ ދާއިރާއަށް ނެރެދިނުމަށް އުފެއްދި ތަފާތު މޮޅު ފިލްމެކެވެ. މިއީ ރިތިކް އާއި އަމީޝާ ގެ ފުރަތަމަ ފިލްމެވެ. 1980 ގެ އަހަރުތަކުގެ ފިލްމެއްގައި ތުއްތު ކުއްޖެއްގެ ރޯލުން ރިތިކް ފެނިފައިވިޔަސް ރަސްމީ ގޮތެއްގައި ސްކްރީނަށް ރިތިކް ނިކުތް ފިލްމަކީ މިއެވެ.
މި ފިލްމުން ރިތިކް އަށް އެ އަހަރުގެ ފިލްމު ފެއަރ އެވޯޑުން އެއްމެ މޮޅު އެކްޓަރުގެ މަޤާމު ހޯދި އެވެ.
ފިލްމުގެ ހުރިހައި ލަވަތަކަކީވެސް ވަރަށް ރީތި ލަވަތަކެކެވެ. އެގޮތުން ފިލްމުގެ ޓައިޓްލް ލަވަ ފާހަގަކޮށްލެވެ އެވެ. މިފަހަރު ‘ދިމާނަ ޔޫޓިބް ޗެނަލް’ ގައި މި ހިމަނާލަނީ އެ ލަވައިގެ ދިވެހި މާނަ ސަބްޓައިޓްލް ކޮށްފަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!