މާލެ ފިޔަވައި ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ފައްސިވެ، ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތް ށ. ނަރުދޫ އަށް ބޭނުންވާ މާސްކާއި، އަންގި އާއި އަދި އެހެނިހެން ތަކެތި ހަދިޔާކުރުމަށް ވެލާ ޕްރައިވެޓް އައިލެންޑު ރިސޯޓުން ނިންމައިފި އެވެ.

ވެލާ ރިސޯޓްގެ ޙިއްސާދާރުން

މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވެލާ ރިސޯޓުން ނަރުދޫ ކައުންސިލަށް ގުޅާ މިތަކެތި ހަދިޔާކޮށްދޭނެ ވާހަކަ މިހާރު ވަނީ ޙިއްސާކޮށްފަވެއެވެ. ނަމަވެސް، އެއީ ކިހާ އަދަދެއް ކަމާއި، އެކަމުގެ ތަފްސީލް ހާމަކޮށްފައިނުވެއެވެ.

ރާއްޖޭގައި އެންމެ ބޮޑު ސާވިސްޗާޖަކާއި، މުސާރަ އެއް ދެމުން އަންނަ ވެލާ ރިސޯޓުގެ ވެރިން ވަނީ ރާއްޖެއަށް ފަސް ވެންޓިލޭޓަރު، 10،000 ޓެސްޓު ކިޓާއި، 100،000 ފޭސް މާސްކާއި، 200 ރެސްޕިރޭޓަރާއި، 500 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ކިޓް ހަދިޔާ ކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.