ބިދޭސީ މީހާ ނިޔާވީ ސީދާ ކޮވިޑް-19 ޖެހުމުގެ ސަބަބުން ކަމަށް ނުބެލެވޭ ކަމަށް އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.
މި ކަމާއި ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ 33 އަހަރުގެ ބަންގްލަދޭޝް މީހާ ނިޔާވަން މެދުވެރިވި ސަބަބެއް ކަމަށް ބެލެވެނީ ސިކުނޑިއަށް ލޭ އެޅިގެންކަމަށެެވެ.
“މަރުވި ސަބަބަކީ ސިކުނޑިއަށް ލޭ އެރުން. އެހެން ނަމަވެސް އެކަން ދިމާވީ ކޮވިޑްގެ ސަބަބުން ކަމަކަށް ނުބެލެވޭ. ސިކުނޑިއަށް ލޭ އެރީ މި ބެލެވެނީ ކުރިން ހުރި ކަމެއްގެ ސަބަބުންނޭ. ބޮޑަށް ލަފާކުރެވެނީ އޭނާގެ ކުރިން ހުރި ބައްޔެއްގެ ސަބަބުންނޭ އެގޮތަށް ސިކުނޑިއަށް ގެއްލުމެއް ލިބިގެން ހަލާކުވެގެން ލޭ އެރީ” ޑރ. ފައިޝަން ވިދާޅުވި އެވެ.
އަދި މިފަދަ ކޭސްތައް ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ސިފަކުރަނީ ކޮވިޑް-19 އާއި ގުޅުހުންހުރި މަރެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި ދެވަނަ މީހާއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ މޫސަ ވިދާޅުވީ ބިދޭސީ މީހާގެ ފުރާނަ ސަލާމާތް ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ވެސް ކޮށްފައި ވާނެ ކަމަށެވެ. އަދި ބިދޭސީ މީހާ ދެ ފަހަރަށް ފިޓު ޖެހިފައިވާއިރު، އޭނާ ވެންޓިލޭޓަރަށް ލައިގެން ފަރުވާދީފައިވާކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. އަދި މި ކަމުގައި މާ ގިނަ ވަގުތު ލިބިފައި ނުވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މި ބިދޭސީ މީހާ ފިޓް ޖެހިގެން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ސެނެހިޔާއަށެވެ. އަދި އެއަށްފަހު އިތުރު ފަަރުވާ ދިނުމަށް ބަދަލުކުުުރީީ އައިޖީއެމްއެޗަށެވެ. އައިޖީއެޗްއެމްގެ ޕްރޮޓޮކޯލްގައިވާ ގޮތުން އެޑްމިޓް ކުރެވޭ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރާއިރު، މި މީހާ ވަނީ އެ ބައްޔަށް ފައްސިވެެެފަައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.