ފުރަބަންދު ޤަވާއިދާއި ޚިލާފަށް ބޭރުގައި އުޅުނު  104 މީހަކު ޖޫރިމަނާ ކުރުމާއިއެކު، 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ބުދަ ދުވަހުގެ ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައު ވާހަކަ ދައްކަވަމުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިއަދު އެކަނި ވެސް 104 މީހަކު ޖޫރިމަނާ ކުރެވިފައިވާ ކަމަށާއި، ޤަވާއިދާއި ޚިލާފަށް ބޭރުގައި އުޅުނު  ނުވަ މީހަކު ފުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މުޅި މާލެ ސަރަހައްދު ފުރަބަންދު ކުރުމާއިއެކު، ވަކި ހާއްސަ ހުއްދައެއްނެތި ބޭރުގައި އުޅޭ ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ފުރަބަންދުގެ ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދާންޖެހިއްޖެނަމަ، ވަކި ހާއްސަ ހުއްދައެއްގެ ދަށުން ފުލުހުން ދަނީ އެ އިންތިޒާމުތައް ހަމަޖައްސައިދެމުންނެވެ. އެގޮތުން ކޮންމެ 3 ދުވަހަކުން 1 ދުވަހު ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެކަމުގައި ފުލުހުން ވަނީ ބުނެފައެވެ. އަދި ބޭރަށް ނުކުންނަ ވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މެނުވީ ނުނިކުތުމަށް ފުލުހުން އިރުޝާދު ދީފައިވެއެވެ.

ކުރިއަށް އޮތް 14 ދުވަހަކީ ޕީކަކަށް ހިނގައިދާނެ ދުވަސް ތަކެއް ކަމަށް ކަމާއިބެހޭ ފަރާތްތަކުން  ލަފާކުރައްވާތީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އިތުރު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.