އިތުރު 86 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 86 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 14 މީހުންނާއި، ބަންގްލަދޭޝްގެ 67 މީހުންނާއި, އިންޑިއާގެ 2 މީހުނާއި، ނޭޕާލްގެ މީހަކާއި، ސްރީލަންކާގެ މީހެއްކަމަށެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 734 އަށް އަރާފައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 20 މީހަކު ރަނގަޅުވެފައި ވާއިރު، 3 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1774 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 533 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.