[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

އަންނަ ޑިސެމްބަރު މަހު ބާއްވާ 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ފިލްމްތައް ބައިވެރި ކުރަން ހުޅުވާލި މުއްދަތު ހަމަވި އިރު، 17 ފީޗާ ފިލްމާއި ހަތް ކުރު ފިލްމް ހުށަހަޅައިފި އެވެ.

އެވޯޑަށް މި ފަހަރު ވާދަ ކުރާ ފީޗާ ފިލްމްތަކަކީ 2014-2016 އަށް ރިލީޒް ކުރި ފިލްމްތަކެވެ. ކުރު ފިލްމް ކެޓަގަރީ އަށް ވާދަ ކުރަނީ 2011-2013 އަށް ރިލީޒް ކުރި ފިލްމްތަކެވެ.

ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ބާއްވާ އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް އަށް ވާދަ ކުރާ ފީޗާ ފިލްމްތަކަކީ:

2016 ގައި ރިލީޒް ކުރި ފިލްމްތައް:

1. އެ ރެއަށް ފަހު، 2. ނޭނގި ޔާރު ވަކިވީ، 3، ވާށޭ މަށާއެކީ، 4. ވަފާތެރި ކެހިވެރިޔާ، 5. ހާދަރު، 6. 4426، 7. ވީ ބޭވަފާ، 8. ބައިވެރިޔާ

2015 ގައި ރިލީޒްވި ފިލްމްތައް:

1. ރަންދަރި، 2. މިކޮއެ ބައްޕަ ބައޭބައޭ، 3. އެންމެ ފަހު ވިންދާ ޖެހެންދެން، 4. އަހްޝަމް

2014 ގައި ރިލީޒް ކުރި ފިލްމްތައް:

1. ހުޅުދާން، 2. 24 ގަޑި އިރު، 3. އާދޭސް، 4. އިންސާނާ، 5. އަނިޔާ 6. ރާނީ

އަށް ވަނަ ދިވެހި ފިލްމް އެވޯޑްސް އަށް ވާދަކުރާ ކުރު ފިލްމްތަކަކީ ވޫޑޫ، ކަޝްފް، ފަރިހިބެ 3، ފަރިހިބެ 4، ސިޔާސީ ކޯޅުން، ސިޔާސީ ވެކްސިން، 13 އަށް ވިސްނާ 2000 އެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ގެ މީޑިއާ ހެޑް އިބްރާހީމް ސައީދު (އިއްބެ) މިއަދު ވިދާޅުވީ އެވޯޑަށް ހުށަހެޅިާާާ ފިލްމްތައް ޖަޖް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ނޮމިނޭޝަންތައް ވެސް މާ ލަސްތަކެއް ނުވެ އިއުލާން ކުރާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.