ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން މި ބަލިން ރަނގަޅުވާ ރޭޓު ހީކުރި ވަރަށް ވުރެން ލަސް ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެންއީއޯސީގެ ފަރާތުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ޖުމުލަކޮށް ބަލާއިރު ރާއްޖޭގައި މި ބަލިން މީހުން ރަނގަޅުވަމުން އަންނަ ރޭޓް ދަށް ކަމަށެވެ. ނަމަވެސް، މިކަމާ ގުޅުން ހުރި އިތުރު ތަފުސީލުތައް ހާމަކުރެވޭނީ ރަނގަޅަށް ދިރާސާތައް ބެލުމަށް ފަހުގައި ކަމަށް އެބޭފުޅާ ވިދާޅުވިއެެވެ.
“އެކަމަކު މިހާރު ފެންނަގޮތުން، އަޅުގަނޑުމެންގެ ރިކަވަރީ ރޭޓްގައި އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށް ވަނީ ރިކަވާ ވާން. ޑެފިނިޓިވް ޖަވާބެއް ދެވޭނީ އެސެސްމަންޓަކަށް ފަހު.”
ޑރ. އަފްޒަލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ޖަމާޢަތީ ފެތުރުމެއް (ކޮމިއުނިޓީ ސްޕްރެޑް) ފެނިފައި ވަނީ އޭޕްރީލް 15 ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ކޮވިޑް-19 އަށް 897 މީހުން ފައްސިވެފައިވާއިރު، މި ބަލިން ފަސޭހަވީ މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. އެހެންކަމުން ބަލީގެ ރިކަވަރީ ރޭޓަކީ 3.5 ޕަސެންޓެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.