ޖޭޑަން ސަންޗޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެނަމަ، އޭނާ އަށް ބެލޮންޑިއޯ ލިބޭނެކަމަށް ކުރިން އެޓީމަށް ކުޅެފައިވާ އޮވެން ހާގްރީވްސް ބުނެފިއެވެ.
މިއަހަރުގެ ޖޫންމަހުގައި އޮންނަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ އެއް ކުޅުންތެރިޔަކީ ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި މިޑްފިލްޑަރު ޖޭޑަން ސަންޗޯ އެވެ. މެންޗެސްޓަރ ޔުނައިޓެޑުގެ އިތުރުން ލިވަޕޫލް އާއި، ޗެލްސީ އަދި ރެއާލް މެޑްރިޑުން ވެސް އޭނާ ހޯދުމަށް ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހާގްރީވްސް ބުނެފައިވާ ގޮތުގައި އުމުރުން 20 އަހަރުގެ ސަންޗޯ އަކީ މެންޗެސްޓަރ ޔުނައިޓެޑަށް އެންމެ އެކަށޭނަ ކުޅުންތެރިއެއް ކަމަށާއި، މެސީ އާއި ރޮނާލްޑޯ އަށް ފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސަންޗޯ ވާނެ ކަމަށް ބެލެވޭއިރު، ކިތަންމެ ބޮޑު އަގެއް ދީފައި ނަމަވެސް ޔުނައިޓެޑުން އޭނާ ހޯދަން ޖެހެއެވެ.
“އަހަރެންނަށް އެނގޭ ސަންޗޯ ގެނައުމަށް ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭނެކަން. އެކަމަކު ކުރިއަށް އޮތް ދިހަ އަހަރަށް ވިސްނާ ނަމަ، ސަންޗޯ ފަދަ “ޕޮޓެންޝަލް” ހުރި ކުޅުންތެރިޔަކު ހުރުމަކީ ތަފާތު ކަމަކަށް ވެގެންދާނެ. އޭނާ އަށް ބެލޮންޑިއޯ ލިބިދާނެތަ؟ އާނ. “ޕޮޓެންޝަލް” އަށް ބަލާއިިރު، އޭނާ އުޅެނީ އެހެން ކުޅުންތެރިންނަށް ވުރެން މަތީގައި. އޭނާގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ތަފާތު މޮޅު ކުޅުމެއް.”
އޮވެން ހާގްރީވްސް ބުނެފައިވެއެވެ.
ބަޔާން މިއުނިކާއި އެކު، ބުންޑަސްލީގާ އާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ފަހު، 2007 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ އެޓީމާއި އެކު ވެސް، އިނގެރޭސި ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހާގްރީވްސް އަކީ މިހާރު ބީޓީ ސްޕޯޓްސް ގައި ބުންޑަސްލީގާގެ ފުޓްބޯޅަ މެޗުތައް ހުށަހަޅައި ދެމުން އަންނަ ފުޓްބޯޅަ ތަޖުރިބާކާރެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި