އިތުރު 5 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް އިތުރު 5 މީހުން ފައްސިވެފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހުންނާއި، ސްރީލަންކާގެ މީހެއް ކަމަށެވެ.

މިއާއި އެކު، ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިވަނީ 1083 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 379 މީހުންނާއި، ބަންގްލަދޭޝްގެ 561 މީހުންނާއި، އިންޑިއާގެ 103 މީހުންނާއި، ނޭޕާލްގެ 15 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ސްރީލަންކާގެ 6 މީހުންނާއި، ޕާކިސްތާނުގެ 3 މީހުންނާއި އަދި އެހެން ގައުމުތަކަށް ނިސްބަތްވާ 4 މީހުންްނެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 58 މީހުން ރަނގަޅުވެފައި ވާއިރު، 4 މީހަކު ވަނީ ނިޔާވެފައެވެ. ކަރަންޓީނުގައި 1390 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 971 މީހުން މިވަގުތާ ހަމައަށް އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑުގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.