[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]

ދިވެހި ފިލްމު ބޮސް ގެ ޑައިލޮގު ތަކުން ފޭސްބްކް ގެ އަދާހަމަތައް ނުވަތަ ސްޓޭޓަސް ތައް އުތުރިއަރަމުންދާއިރު އެއްމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ފަންނާނަކަށް ސްޓެޕް އައްޔަ ވާނެ އެވެ. އައްޔަ މިހާވަރަށް ބޮސް ގެ ވާހަކަތައް ދައްކަމުންދަނީ ފިލްމު ލައްކަގިނަ ފަހަރަށް ބެލިފައިވުމުން ކަމަށްވެސް ވެދާނެއެވެ.

ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުން އެތައް ފަހަރެއްމަތިން ފިލްމު ބަލާނެ އެވެ. މިއީ ފިލްމު ރިލީޒް ކުރުމުގެ ކުރިން މިސްޓޭކްތައް ފާހަގަކޮށް ޓެކްނިކަލް ގޮތުން ރަނގަޅު ކުރަން ޖެހޭ ތަންކޮޅެއް އޮތްތޯވެސް ބަލާނެ އެވެ. އެހެންކަމުން ފިލްމުގައި ހަރަކާތްތެރި ނުވާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ މިންވަރަކަށް ބޮސް ބަލާފައިވާ މީހަކަށް ސްޓެޕް އައްޔަ ވާނެކަމަށް ބެލެވެ އެވެ. 

“މިއަދާއި ހަމައަށް ފިލްމު އެއްކޮށް ބެލިއްޖެ 18 ފަހަރު.” މިވަގުތު ބޮސް ސިނަމާކުރުމުގައި ކޮޅުމަޑު ރަށްތަކުގައި ހަރަކާތްތެރިވަމުންދާ އައްޔަ ބުންޏެވެ.

 

ބޮސް ގެ ޑައިލޮގު ތަކުން ފޭސްބްކް ފްލަޑް ކުރަމުން ރަށްރަށުގައި ފިލްމު ދެއްކުމަށް ހަރަކާތެރިވަމުންދާ އައްޔަ ސަމާސާ ގޮތަކަށް ބުނީ “ޔަގީނުންވެސް ބޮސް ފިލްމާ ދުރު މީހަކަށް ބަލާފަ ބޮސް ދޭހާ ކައިރީގަ މިހާރު އައްޔައަށް މި ހުރެވެނީ… ފިލްމު ގަ ބޮސް ދެމުން މި ނިދެނީވެސް.” 

ފިލްމު ބޮސް އެއްމެ ގިނަފަހަރަށް ބެލީ ކަނޑައެޅިގެން ކާކުކަން ނޭނގުނަސް އައްޔަ މިއޮތީ ރިކޯޑް އަދަދަކަށް ފިލްމު ބަލާފަ އެވެ. 

ފިލްމުގެ ޑައިރެކްޓަރ ރިޝްމީ ބުނީ ދޮން އައްޔަ އާއި ސޭންޑީ އަށް މާގިނަފަހަރަށް ފިލްމު ބެލިދާނެ ކަމަށެވެ. ނަމަވެސް ނަހުލާ ބުނީ “މަަށަށް ވެސް ތިވަރަށް ބޮސް ނުބެލޭ!” ކަމަށެވެ.

ފިލްމާއި މެދު އައްޔަ ތަކުރާރުކޮށް ބުނަމުންދަނީ މިއީ ވަރަށް މޮޅު، އިބްރަތްތެރި ރީތި ފިލްމެއް ކަމަށެވެ. އަދި ފިލްމުގެ ޑައިލޮގުގައި ހަޑިހުތުރު ވާހަކަތަކެއް ނެތްކަމަށާއި ފިލްމުގައި ހަޑިހުތުރު މަންޒަރުތަކެއްވެސް ނެތްކަމަށެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.