އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯއިން ރިލީޒްކުރަން ނިންމާފައިވާ “ގުލާބޯ ސިތާބޯ” ގެ ޓްރެއިލަރ ނެރެފިއެވެ.

މިއަދު ނެރުނު މި ފިލްމުގެ ޓްރެއިލަރ އިން ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދެއެވެ. އަމީތާބް ބައްޗަން އަދި އަޔޫޝްމާން ކުރާނާ މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޝޫޖިތު ސިރްކާރއެވެ. ސްކްރީންޕްލޭ ލިޔުނީ “ވިކީ ޑޯނަރ” އަދި “ޕީކޫ” ލިޔުނު ޖޫހީ ޗަތުރްވެޑީއެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކުރުމާއެކު ރިލީޒްނުކުރެވި ތާށިވެފައިވާ ފިލްމުތަކުގެ ތެރެއިން އޮންލައިން ޕްލެޓްފޯމެއްގައި ރިލީޒްކުރަން ނިންމިކަން އިޢުލާންކުރި ފުރަތަމަ ފިލްމެވެ. ފިލްމު ރިލީޒްކުރާނީ ޖުލައި 12 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.