އަސަރުގަދަ، ރީތި، ލޯބީގެ ފިލްމުތަކަކީ އަބަދުވެސް ހިތުން ފިލުވާލަން ދަތި ފިލްމު ތަކެކެވެ. ވަކިން ޚާއްޞަކޮށް އެފަދަ ފިލްމު ތަކުގައި ހިމެނޭ އަސަރުން ފުރިފައިވާ ލޯބީގެ ލަވަތަކަކީ އަބަދުވެސް އެ ލަވަތައް ހިތުތެރޭގައި ކުޅެވެމުން އަންނަ ލަވަތަކެކެވެ.

30 އޯގަސްޓް 1991 ގައި ނިކުތް ހިންދީ ފިލްމުތަކުގެ ތެރެއިން ފިލްމް ‘ސާޖަން’ (ލޯބިވެޔާ) އަކީ މިދެންނެވިފަދަ ފިލްމެކެވެ. ސްޕަރހިޓް މި ފިލްމަކީ ސަންޖޭދަތު، ސަލްމާން ޚާން އަދި މާދޫރި ޑިކްސިޓް ހަރަކާތްތެރިވެފައިވާ ހިތްގައިމު ފިލްމެކެވެ.

ފިލްމުގެ ލަވަތަކަށް ބަލާލާއިރު، ހުރިހައި ލަވަތަކަކީވެސް ވަރަށް ރީތި، ހިތްގައިމު ލަވަތަކެކެވެ. އެގޮތުން ‘ ބޮހޮތު ޕިޔާރް ކަރްތޭ ހޭ ތުމްކޯ ސަނަމް’ (ލޯބިވާއެވެ. އަހަރެން ކަލާދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.) މިއީ އެފަދަ އެއް ލަވަ އެވެ. ފިލްމު ސާޖަން އަކީ ސުދާކަރް ބޯސްލޭ ޕްރޮޑިއުސްކޮށް ލޯރެންސް ޑި ސޫޒާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ހިތްގައިމު ލަވައިގެ ޅެން ހަދާފައިވަނީ ލޯބީގެ ޅެންތައް ހެދުމުގައި ދެވަނައެއް ނެތް ސަމީރު އެވެ.

މި ލަވައިގެ އަންހެން ލަވައަކާއި ފިރިހެން ލަވައެއް ހިމެނެއެވެ. ‘ދިމާނަ ޗެނަލް’ ގައި މިފަހަރު މި ހިމަނާލަނީ އަންހެން ލަވައިގެ ދިވެހި ތަރުޖަމާ އެކެވެ.

ލަވައިގެ ދިވެހި ތަރުޖަމާ

ލޯބިވާ އެވެ. އަހަރެން ކަލާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.

ކަލާ އެދެފިނަމަ އަހަރެން ހުވާވެސް ކޮށްފާނަމެވެ.

ކަލާންގެ ގަންދީ ހުވާ ކުރަމެވެ.

ލޯބިވާ އެވެ. އަހަރެން ކަލާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.

ކޮންމެ ވަގުތެއްވެސް ފުރިފައި ވަނީ ކަލާއަށް އެދެވުމުގަ އެވެ.

އެފަދަ ބޭޤަރާރުވުމެއް އޮންނަންވީ ކީއްވެގެންހެއްޔެވެ.

އަހަންނަށް ކަލާ އާއި ބައްދަލުވެވިއްޖެނަމަ،

ކަލާއަށް އޮޅުންފިލުވައިދޭނަމަވެ.

ލޯބިވާ އެވެ. އަހަރެން ކަލާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.

އަހަރެންގެ ޅެމުގެ ތަޞައްވުރަކީ ކަލާ އެވެ.

ކަލާޔާއި ނުލައި މިހާރު އަހަރެން ދިރިހުންނާކަށްވެސް ނޭދެމެވެ.

މިގޮތަށް އަބަދުވެސް އަހަރެން ކަލާދެކެ ލޯބިވާނަމެވެ.

ހަށީގައި ނޭވާ ހުރިހައި ހިނދަކުގަ އެވެ.

ލޯބިވާ އެވެ. އަހަރެން ކަލާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.

މޫދުގައި (ގޮނޑުދޮށުގައި) ރާޅުތައް ވާ މިންވަރަށް

އަހަރެން ކަލާދެކެ ލޯބިވަމެވެ.

އެހެންކަމުން މި ބޭޤަރާރުވުން،

އެއްމެ ތަންފުކެއްވެސް ކުޑައެއް ނުވާނެ އެވެ.

ލޯބިވާ އެވެ. އަހަރެން ކަލާ ދެކެ ވަރަށް ބޮޑަށް ލޯބިވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.