ކޮވިޑް-19 އާއި ގުޅިގެން ތައިލެންޑުގެ އެކި ސަރަޙައްދުތަކުގައި ރާއްޖެ ނާދެވިގެން ތާށިވެފައިތިބި ދިވެހިން މިރޭ މާލެ ގެންނާނެ ކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ތައިލެންޑްގައި ތާށިވެފައި ތިބި 26 ދިވެހިން މިރޭ މާލެ ގެނައި ނަމަވެސް، ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ހުރިހާ އެންމެން ވެސް، 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެއެވެ.

ބޭރުގެ އެކި ގައުމުތަކުގައި ރާއްޖެ ނާދެވިފައި ތިބި، ދިވެހިން ރާއްޖެ ގެންނަމުން ދާއިރު، ނޭޕާލް، އިންޑިއާ، މެލޭޝިއާ އަދި ބަންގްލަދޭޝް އިންވެސް ދިވެހިން ގެނެސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.