ރެކޯޑު އަގެއްގައި ލިވަޕޫލް އިން ބާސެލޯނާ އަށް ބަދަލުވި ބުރެޒިލްގެ މިޑްފިލްޑަރު ފިލިޕޭ ކޫޓީނިއޯ ގެންދިއުމަށް ޓޮޓެންހަމް ހޮޓްސްޕަރ އިން ބާސެލޯނާ އާ އެކު މަޝްވަރާތައް ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
2018 ވަނަ އަހަރުގެ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި 145 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާ އަށް ބަދަލުވި ފަހުން، ލިވަޕޫލް ގައި ދެއްކި ކުޅުމާއި ގާތަކަށް ވެސް ކޫޓީނިއޯ އަށް ކުޅެވިފައި ނުވެއެވެ. ލިވަޕޫލް އަށް ކުޅުނު 201 މެޗުން ކޫޓީނިއޯ 54 ގޯލު ޖަހައި، 45 އެސިސްޓް ހަދާފައިވާއިރު، ބާސެލޯނާ އަށް ކުޅުނު 76 މެޗުން އޭނާ ވަނީ 21 ގޯލު ޖަހައި، 11 އެސިސްޓް ހަދާފައެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ޖަރުމަނުގެ ބަޔާން މިއުނިކަށް މިހާރު ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ކޫޓީނިއޯ އަށް އެ ޓީމުގައި ވެސް ފާހަގަކޮށްލެވޭ ވަރުގެ ކުޅުމެއް މިހާތަނަށް ދެއްކިފައި ނުވެއެވެ. ބަޔާން މިއުނިކް ގައި މިހާތަނަށް ކުޅުނު 22 މެޗުން އޭނާ ވަނީ 9 ގޯލު ޖަހައި 8 އެސިސްޓް ހަދާފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކޫޓީނިއޯ ގެ ފަރާތުން އުންމީދުކުރި ވަރުގެ ކުޅުމެއް ނުފެނުމުން އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބަޔާން މިއުނިކުގެ ރައީސް ކާލް ހެއިންޒް ރޫމެނިއޭޖް ބޭނުން ނުވެއެވެ. އޭނާ މިހާރު ހުރީ އަނިޔާގައި ކަމަށް ވުމުން މި ސީޒަނުގައި ދެން އިތުރު މެޗެއް އޭނާ އަށް ކުޅެވޭނެކަމަށް ނުބެލެވެއެވެ.
އަނެއްކޮޅުން ބާސެލޯނާ ގެ ކޯޗު ކީކޭ ސެޓިއެން ކޫޓީނިއޯ އަށް ދެވަނަ ފުރުސަތެއް ދޭން ބޭނުންވި ނަމަވެސް، އެޓީމުގެ ބޯޑުން ބޭނުންވަނީ ކޫޓީނިއޯ ވިއްކާލާށެވެ. ނަމަވެސް، މިހާރުގެ ޙާލަތަށް ބަލާއިރު، ދާއިމީކޮށް ކޫޓީނިއޯ ގެންދިއުމަށް އެއްވެސް ކުލަބަކުން ބޭނުން ނުވާކަމަށާއި، ކުލަބުތަކުން ބޭނުންވަނީ ލޯނު އުސޫލުން އޭނާ ގެންދިއުމަށް ކަމަށް ޚަބަރުތައް ބުނެއެެވެ.
ޓޮޓެންހަމް ގެ އިތުރުން އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބުތައް ކަމަށްވާ އާސެނަލް، ޗެލްސީ އަދި އެވަޓަން އިން ވެސް ކޫޓީނިއޯ އަށް ޝައުގުވެރިވާ ކަމަށް ޚަބަރުތައް ބުނެއެެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި