އާސަންދަ ކުންފުނިން އިސްނަގައިގެން ހުޅުމާލެ ހޮސްޕިޓަލާއި، އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ގުޅިގެން ޓެލެ ކޮންސަލްޓޭޝަން ނުވަތަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އާސަންދައިން ހާމަކޮށްފައިވާ ގޮތުގައި، އެ ޚިދުމަތް ފެށުމުގެ ބޭނުމަކީ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުން ކޮވިޑް-19 ގެ ސަބަބުން ބޭރަށް ފޮނުވޭނެ އިންތިޒާމް ހަމަނުޖެހޭތީ، ހާލަތު ބަދަލުވަންދެން އެފަދަ ފަރާތްތަކަށް ބައްޔާއި ގުޅުންހުރި ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހޯދައިދިނުމެވެ.
މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ހުޅުމާލޭ ހޮސްޕިޓަލަށް ދުރުވެ، އެ ހޮސްޕިޓަލްގައި އެކަމަށް ޚާއްޞަކޮށްގެން ގާއިމުކުރެވިފައިވާ ނިޒާމް މެދުވެރިކޮށް އެ ފަރާތްތަކުގެ ބައްޔާއި ގުޅުންހުރި ބޭރުގެ ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދުތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހޯދައި، އެ ލަފަޔާއި، އިރުޝާދުތަކާ އެއްގޮތަށް ފަރުވާ ކުރިއަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
މި ޚިދުމަތް ހަފްތާ އަކު ފަސް ދުވަހު ހުޅުމާލޭ ހޮސްޕިޓަލުން ލިބޭއިރު، މިކަމުގެ ހުރިހާ ޚަރަދަކަށް ޒިންމާވާނީ އާސަންދަ ކުންފުނިންނެވެ. ފަރުވާ ހޯދޭ ބަލިތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދައިން ހުއްދަ ދީފައިވާ، ކުޑަކުދިންގެ ޚާއްޞަ ބަލިތަކާއި، ހިތުގެ ބަލިތަކާއި، ޓިއުމަރާއި، ބޮލާއި ކަރުގެ ސާޖަރީ އަދި ކުޑަކަމުދާ ނިޒާމުގެ ބަލިތައް ހިމެނެއެވެ.
އަދި، މުސްތަގުބަލުގައި މި ޚިދުމަތް ފުޅާކޮށް އާސަންދަ އާއި އެކު އެއްބަސްވުން ހަދާފައިވާ ބޭރުގެ އެހެން ހޮސްޕިޓަލްތަކާއި ގުޅިގެން މި ޚިދުމަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ދޭ މަރުކަޒުތަކުގައި ވެސް މި ޚިދުމަތް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާސަންދައިން ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި