ތ. މަޑިފުށްޓަށް އުފަން މަލްދާ މުޙައްމަދު ނުވަތަ އާންމު ނަމުންނަމަ މަލް އަކީ ކުރެހުމުގެ ހުނަރުތަކުން ޖަރީވެފައިވާ ޒުވާނެކެވެ. ކުރެހުން ވެފައި ވަނީ މަލްގެ ހަޔާތުގެ ވަރަށް މުހިންމު ބާބަކަށެވެ. ކުރެހުމަކީ އެއާއި ނުލައި އޭނާގެ ދުވަސް ފުރިހަމަ ނުވާނެ ކަމެކެވެ.

މަލް އުޅެ ބޮޑުވީ ފަންނީ ދުނިޔެއެއްގައެވެ. ތަފާތު ހުނަރުތަކުން ފުރިފައިވާ މެންބަރުންތަކެއް ތިބި އާއިލާއެއްގެ ތެރޭގައެވެ. މަލް ގެ ބޭބެ މެންނަކީ ވެސް މޮޅަށް ކުރަހާ ބައެކެވެ. މަލް ގެ މަންމަ އަކީ އަމިއްލަ އެކި ފަރުމާތަކަށް ހެދުން ފަހާ ފެހުންތެރިއެކެވެ. އަދި، ބައްޕަ އަކީ ލެޓަރިންގެ މަސައްކަތަށް ވަރަށް މޮޅު މީހެކެވެ. ކުރެހުމުގެ ތެރެއަށް މަލް އަށް ވަދެވުނީ މިކަހަލަ މާހައުލެއްގައި އުޅެ ބޮޑުވެފައި ވުމުންނާއި، އާއިލީ ހުނަރު ވެސް ލިބިފައިވާތީ ކަމަށް މަލް ގަބޫލުކުރެއެވެ.

މަލްގެ އަމިއްލަ ފޮޓޯއެއް ކުރަހާފައި

މަލްގެ ކުރެހުމުގެ ހުނަރުތައް ދައްކާލުމަށް އިންސްޓަގްރާމް ގައި ޕޭޖެއް ހަދައި، އޭނާގެ ރީތި ކުރެހުންތައް އަންނަނީ އެ ޕޭޖުގައި ހިއްސާކުރަމުންނެވެ.

“ކުރިން އަބަދުވެސް ކުރަހަން. ޕެއިންޓް ކުރަން ޑިޖިޓަލް އާރޓްސް ވެސް. ސްޓޯރީއަށް އާންމުކޮށް ލަނީ ކުރަހާ އެއްޗެހި. ބައެއްފަހަރު އޭރު ހިތަށް އަރާ ޕޯސްޓް ކޮށްލާނީ އޭ. އެކަމު އޭރު އެހާ ކޮންފިޑެންސް ނުލިބުނީމަ ނުހުޅުވީ. ފްރެންޑްސް ވެސް، ކަޒިންސް ވެސް، ސަޖެސްޓް ކުރޭ ޕޭޖް ހުޅުވަން. ފަހުން އެ ހިތްވަރު ލިބުނީމަ mll.arts ހުޅުވީ.”

މަލްގެ އިންސްޓަގްރާމް ޕޭޖު (mll.arts) އުފެދިގެން އައި ގޮތް މުނިއަވަސް އާ ހިއްސާކުރަމުން މަލް ބުންޏެވެ.

އާންމުކޮށް ކުރެހުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުންނަކީ އެކަމާ ގުޅޭ ކޯހެއް ހަދައިގެން ކުރިއަށް ދާ ފަންނާނުންނެވެ. ނަމަވެސް، މަލް އަކީ އެފަދަ ކޯހެއް ހަދާފައިނުވާ، އަމިއްލައަށް ޔޫޓިއުބު ބަލައިގެން ދަަސްކުރި ކުޅަދާނަ ކުރެހުންތެރިއެކެވެ. އެހެނެއްކަަމަކު، މަލްގެ ކުރެހުންތައް ބަލާލާފައި އެއްވެސް މީހަކަށް އެހެން ހީވެސް ނުވާނެ އެވެ. އެހާވެސް މަލް ގެ ކުރެހުންތައް ރީތިވެފައި ފުރިހަމައެވެ.

މަލްގެ ކުރެހުމެއް

މަލްގެ މަސައްކަތާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް މުނިއަވަސްގެ ފަރާތުން އިންޓަވިއު ކޮށްލީމެވެ.

އެންމެ ފުރަތަމަ ވެެެސް އަަހާާލަަން ބޭޭނުުމީ މަލްގެ ހާލު ކިހިނެއްތޯ؟

ٱلْحَمْدُ لِلَّٰهِ‎ ވަރަށް ރަނގަޅު.

ފުރަބަންދުގައި އާންމުކޮށް ކުރަނީ ކޮންކަމެއް؟

ގޭތެރޭ ބައެއް ކަންތަކުގަ އުޅެފަ ކުރެހުން.

މަލް އަށް އާރޓް ގެ ތެރެއަށް ވަދެވި، އެކަމަށް އިންޓްރެސްޓް އުފެދުނީ ކިހިނެއް؟

މަލް ކުޑައިރުން ފެށިގެން ވެސް ބޭބެމެން ކުރަހާ އެއްޗެހި ފެނޭ އެގޮތުން އިންޓްރެސްޓް އުފެދުނީ. ފެމިލީ އެންމެންނަކީ ވެސް ކްރިއޭޓިވް ކަންތަކުގަ އުޅޭ ބައެއް. ބައްޕަ މޮޅުވާނެ ލެޓަރިންއަށް. މަންމަ އެއީ ފަހާ މީހެއްް އަމިއްލަ އެކި ޑިޒައިންތަކަށް. އެއީ ކަންނޭނގެ އެންމެ ބޮޑު ރީޒަން އަކީ އާރޓަށް ވަދެވުނު. ދެން ފެމިލީ ގެ ހުނަރު މަލް އަށް ވެސް ލިބުނީ.

ފުރަބަންދުގަ އާރޓްގެ މަސައްކަތްތައް ކުރިއަށް ދަނީ ކިހިނެއް؟

ފުރަބަންދުގަ ގިނަ ވަގުތުތައް ހަމަ ހޭދަ ކުރަނީ ކުރެހުމުގަ. މިހާރު ކިޔެވުންވެސް މެދުކެނޑިފަ އޮތީމަ ވަރަށް ވަގުތު ލިބޭ އެކަމަށް.

ކޮންމެ އާރޓިސްޓެއް ވެސް ބޭނުންވާނެ އެމީހެއްގެ މަަސަަަައްކަތްތައްް ފުޅާކޮޮޮށް ކުރި އަރުވަން. އެގޮތުން މަަަލް އާރޓްސް އާ މެދު ދެކޭ ހުވަފެންތައް ކުރު ގޮތަކަށް ކިޔުންތެރިންނަށް ކިޔާލަދެެވިިިިިި ދާާނެެެތަަަަ؟

ދިވެހިރާއްޖޭގެ އެންމެ މޮޅެތި ކުރެހުންތެރިންނާ އެކީ ވާރކް ކުރަން ފުރުސަތު ލިބޭ ފެންވަރަށް މަލް އާރޓްސް ކުރި އަރައިގެން ދިއުން. .އެއީ ހަމަ އެކަނި ޑިޖިޓަލް އާރޓެއް ނޫން، ޕެއިންޓިން ވެސް.

މަލް އެންމެ ވާރކް ކުރަން ބޭނުން ވަަނީ ކޮން ކުރެހުންތެރިއަކާާ އެކީ؟

ބައިވަރު ކުރެހުންތެރިން އުޅޭ. އޭގެތެރެއިން ފާހަގަ ކޮއްލާނަން އަހުމަދު ޝައްފާން (shafoceans).

މިހާތަނަށް މަލް އަށް ނިންމާލެވުނު އެންމެ ހިތްހަމަޖެހޭ އާރޓް ވާރކް އަކީ ކޮބާ؟

އެއީ ޑިޖިޓަލް އާރޓް ވާރކެއް. މި އާރޓް އެންމެ ކަމުދަނީ އޭގެ ޑީޓެއިލްސްތައް ގެނެވިފަ ހުރި ގޮތުން. ހެޓް ގެ ޑީޓެއިލްސް އާ، ޑްރެސް ގެ ހުރި ޑީޓެއިލްސްތައް.

މިހާތަނަށް މަލް އަށް ނިންމާލެވުނު އެންމެ ހިތްހަމަޖެހޭ އާރޓް މަސައްކަތް

މަލް ކުރިންވެސް ބުނެފި ކިޔެވުން މެދު ކެނޑިފައިވާ ވާހަކަ. މިވަގުތު ތައުލީމު ހާސިލް ކުރަމުން ތި ގެންދަނީ ކޮން ދާއިރާއަކުން؟

އާރކިޓެކްޗަރަލް ޑިޒައިން.

ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ކޮބާ؟

ކެރިއަރާ އެއްގޮތަަށް އަރކިޓެކްޗަރ ޗޫސް ކުރެވިފަ އިިނީީީމަަ އެއީ އެންމެ ބޮޑު ހިތްވަރު.

ކޮންމެ ދާއިރާއެއްގަ އުޅުނަސް ފާޑުކިޔުންތައް އަމާޒުވާނެ. އެގޮތުން މަލް އަށް އެފަދަ ކަމަކާ ކުރިމަތިލާން ޖެހުނުތަ؟

ދިމައެއް ނުވޭ. އެންމެންގެ ފަރާތުން ވެސް ވަރަށް ސަޕޯޓް ލިބޭ.

ކިޔުންތެރިންނަށް މަލް ގެ ފަރާތުން ދޭން ބޭނުުންވާ މެސެޖަކީ ކޮބާ؟

ކޮންމެ މީހެއްވެސް ކުރަން ބޭނުންވާ ކަމެއް ކުރާ ހިތުން ޓްރައި ކޮށްފިއްޔާ އެކަމެއް އިރާދަކުރެއްވިއްޔާ ކުރެވޭނެ. ފަށައިގަތުމުގަ ފެއިލް ވެސް ވެދާނެ. އެއީ އަދި ނިމުމެއް ނޫން. ނާކާމިޔާބީ އަކީ ކާމިޔާބީގެ ފެށުން.

މުނިއަވަސް އާ ދޭތެރޭ ދެކެނީ ކިހިނެއް؟

އަސްލު ކުރިއަކުން ނޭނގޭ މުނިއަވަސް އެއް. ވަރަށް ފަހުން އެނގުނީ. ވަރަށް ކަމުދާ ތަފާތު ލިޔުންތައް ހުރޭ މުނިއަވަސްް ގަ. ވަރަށް ބޮޑަށް ޝުކުރިއްޔާ މަލް އަށް މި ފުރުސަތު ދިިިނީީީީީީމަ.

މުނިއަވަސް ގެ ފަރާތުން މަލް އަށް ފާގަތި މުސްތަގުބަލަކާއި، އުޖާލާ ކުރިމަގަކަށް އެދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.