އެކި ގައުމުތަކުން 103 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިނގެރޭސިވިލާތާއި، ބެލަރޫސް އަދި ލަންކާ ގައި ތިބި ދިވެހިން ރާއްޖެ ގެނެސްފައިވަނީ ސްރީލަންކަން އެއަރލައިންސްގެ މަތިންދާ ބޯޓެއްގައެވެ. ބެލަރޫސްއިން 48 ދިވެހިންނާއި، އިނގެރޭސިވިލާތުން 23 ދިވެހިން އަދި ލަންކާއިން 32 ދިވެހިން މިި ބޯޓުގައި މިއަދު ރާއްޖެ ގެެެނެސްފައިވެއެވެ.

މިއަދު ރާއްޖެ ގެނެސްފައިވަނީ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި ފަރާތްތަކާއި، އަމިއްލަ އަށް އެދިގެން ރާއްޖެ އަންނަން ބޭނުންވި ފަރާތްތައް ކަމަށް ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް މި ހުރިހާ އެންމެން ވެސް، ވަނީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.