‘އެއްނިބޫވުމަކީ، އެއްމާބަނޑުވުމެވެ. އެއްފަހަރާ ގަރުބަ ގަންނަ ދެކުދީންނަކީ، ނުވަތަ އެއަށްވުރެ ގިނަ ކުދީންނަކީ ނީބޫ ކުދީންނެވެ. މި ފަދަ ކުދީން ބޭރުފުށަށް ފެންނަ ފެނުން ވަރަށް އެއްގޮތެވެ. ސޫރައިގައި މާބޮޑު ތަފާތެއް ނުހުރެއެވެ. އެކަމަކު ވިސްނުމާ ޚިޔާލު އެއްގޮތެއް ނޫނެވެ. މާނަވީ ސިފަތަކުގައި ހުންނަ ފަރަގުތައް ބޮޑެވެ.’ އާދަމް ނަސީރު – ފަންވަތް. އިންފޯ

ނިބޫ ދެބެންނެއްގެ ވީޑިއޯއެއް ފަތުއަޑުކިޔާފައި އިންޓަރނެޓްގަައި ފެތުރެމުން އަންނަތާ ދުވަސްކޮޅެއް މިވަނީ ވެފައެވެ. މި ވީޑިއޯ ފަތުއަޑުކިޔާފައި އެހައި ބާރަށް ދައުރުވަމުން އަންނަނީ ކީއްވެގެންބާއޭ ހިތަށް އަރާފާނެ އެވެ. އަންހެނަކު އަޕްލޯޑް ކުރި މި ވީޑިއޯ އިން ފެންނަނީ އުފަންވިތާ މާާގިނައިރެއް ނުވާ ދެ ފިރިހެން ކުދިންނެވެ. އެއްމާބަނޑު ދެބެއިންނެވެ.

މި ވީޑިއޯ އެހާބޮޑަށް ވައިރަލްވީ ނުވަތަ ފަތުއަޑުކިޔާފައި ދައުރުވަމުންދަނީ ވަރަށް ތަފާތު ސަބަބަކާއި ގުޅިގެންނެވެ. މި ދެބެއިން ތިބެނީ ޤުދުރަތުގެ ފުރިހަމަކަމާމެދު ވިސްނާ މީހަކަށް ޢިބްރަތަކަށް ފުދޭހާވެސް ބޮޑަށް ގުޅި ލާމެހިފައެވެ. ދެކުދިންގެ ހަށިގަނޑު ގުޅި ލާމެހިފައިވަނީކީއެއް ނޫނެވެ. ހިތާއި ހިތުގެ ގުޅުމަކުން ގުޅިފައިވަނީއެވެ. ދެބެއިން ތިބެނީ ފިސާރި ރަނގަޅަށް ބައްދާލައިގެންނެވެ.

ނިބޫ ކުދިންގެ މެދުގައި އުފެދިފައިވާ ގުޅުމަކީ އެހެން ހުރިހަައި ގުޅުންތަކާާއި މުޅިން ތަފާތު ގުޅުމެކެވެ. އެފަދަ ދެވަނައެއް ނުވާ ގުޅުމެކެވެ. މި ވީޑިއޯއިން ވެސް އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެ އެވެ. އަދި މި ވަރުގަދަ ގުޅުން ފެށިގެން އަންނަނީ އުފަންވާ ވަގުތުން ފެށިގެންނެވެ. ނުވަތަ އެއަށްވުރެވެސް ކުރިން، އެފަދަ ކުދިން މައިމީހާގެ ރަހިމުގަައި ގަރުބަކުރައްވާ ހިސާބުން ފެެެށިގެންކަަމަށް ވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ.

ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ މިވީޑިއޯ އިން ފެންނަ ދެބައިން ބައްދާލައިގެން ތިބޭ މަންޒަރު ފެނިފައި އެތަކެއް ހިތްތަކެއް ވަނީ ވިރުވާލާާފަ އެވެ. މި ވީޑިއޯ އަޕްލޯޑް ކުރިތާ 10 ދުވަސް ތެރޭގައި 9 މިލިއަން ހިޓްސް ލިބިފައި ވެއެވެ.

މި ވީޑިއޯ ކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ފޫޅުމައެއް އޭނާގެ ‘ބޭބީ ސްޕާ’ ޕްރޮމޯޓް ކުރުމުގެ ބޭނުމުގައެވެ. ވީޑިއޯން ފެނިގެންދަނީ ނިބޫ ދެބެއިން އެއްމެ ފުރަތަމަ ފަހަރަށް ފެންވަރުވާ މަންޒަރެވެ.

މިހާރު މި ވީޑިއޯ އަށް ވަނީ 47,140,028 ހިޓްސް ލިބިފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.