1441 ވަނަ އަހަރު މުނިއަވަސް އިން ބޭއްވި ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ ފަޚުރުވެރި އެއްވަނަ، ޢަބްދުﷲ ޝާހިދު (ތާދި) ހޯދައިފިއެވެ. އެއްވަނަ އަށް ގޮސްފައިވަނީ ތާދި ލިޔެފައިވާ ވާހަކަ “އައިލައިނަރ” އެވެ.

މި ވާހަކަ އަކީ އަނިޔާވެރި ފިރިއެއްގެ ވަކި ތަކުން އަންހެނަކު ސަލާމަތްވާ ގޮތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ. ވާހަކައިގައި ތާދި ސިފަ ކޮށްފައިވާ ގޮތުން ނަމަ “ލައްޒަތުގެ އިފުރީތެއް” ގެ ފަރާތުން އަންހެނަކަށް ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވާ ގޮތެވެ.

މުބާރާތުގައި ވަނަ ހޮވުމުގައި މާރކްސް ދީފައިވަނީ މުނިއަވަސްގެ ފޭސްބުކް ޕޭޖްގައި ޕަބްލިޝްކުރާ އެބޭފުޅެއްގެ ވާހަކައަށް ލިބޭ ޝެއަރ އިން 50 އިންސައްތަ އަދި މުނިއަވަސްގެ ތަޖުރިބާކާރު ވާހަކަލިޔުންތެރިންދޭ 50 އިންސައްތަ މާކްސް ހިމަނައިގެންނެވެ.

ޒުވާން ލިޔުންތެރިން އުފެއްދުމުގެ މަގުސަދުގައި މުނިއަވަސް އިން ބޭއްވި މި މުބާރާތުގެ އެއްވަނަ އަށް ފައިސާގެ އިނާމުގެ އިތުރަށް ”މުނިއަވަސް“ ގެ ޓީމާ ގުޅުމުގެ ފުރުސަތު މުނިއަވަސް އިން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ލިޔުންތެރިކަން ކުރިއެރުވުމާއި ފެންވަރު ރަނގަޅު ލިޔުންތެރިން އުފެއްދުމާއި މުނިފޫހިފިލުވުމަށް ފުރުޞަތުތަކެއް ފަހިކޮށްދިނުންކަމަށް މުނިއަވަސްގެ އެޑިޓޯރިއަލް އިން ބުނެއެވެ.

މުނިއަވަސްގެ ލިޔުންތެރިންނާއި ކިޔުންތެރިންގެ ފަރާތުން ތާދިއަށް ވަރަށް ހޫނު މަރުޙަބާއެއް މި ފުރުޞަތުގައި ދަންނަވަަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.