މެންޗެސްޓަރ ޔުނައިޓެޑު ގައި ހޭދަކުރި ދިގު ކެރިއަރުގައި، އެކުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިން ހިމަނައިގެން ރޯއީ ކީން ޓީމެއް އެކުލަވާލިއިރު، ޕޯލް ސްކޯލްސް އާއި، ރިއޯ ފާޑިނަންޑާއި، ވޭން ރޫނީ އާއި، ރަޔާން ގިގްސް އަދި ގެރީ ނެވިލް ފަދަ ކުޅުންތެރިންނަށް ޖާގައެއް ނުލިބުނެވެ.
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ދުވަސްވަރުގައި އެކުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ޓީމެއް އެކުލަވާލުމަށް ބުނުމުން މެންޗަސްޓަރ ޔުނައިޓެޑް ޓީވީ އަށް ދިން އިންޓަވިއުގައި އެޓީމުގެ ލެޖެންޑް ކީން އެކުލަވާލި ޓީމުން މަޝްހޫރު “ކްލާސް އޮފް 92” ގެ ކުޅުންތެރިންގެ ތެރެއިން ހަމައެކަނި ޖާގަ ލިބިފައިވަނީ ޑޭވިޑް ބެކަމް އަށެވެ. މެންޗެސްޓަރ ޔުނައިޓެޑް ގެ ލެޖެންޑް ރަޔާން ގިގްސް ގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ދެމުން ކީން ބުނެފައި ވަނީ ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ހޭދަކޮށްފައި ވުމަކުން ތިމާ އަކީ އަދި މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ނުވާނެއެވެ. ނަމަވެސް، މީގެ ކުރިން ސްކައި ސްޕޯޓްސް ގައި ވާހަކަ ދައްކަމުން އޭނާ އާއި އެކުގައި ކުޅުނު އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ސްކޯލްސް، ކެންޓޯނާ، ހިއުސް، އިރުވިން އަދި ގިގްސް ކަމުގައި 48 އަހަރުގެ ކީން ބުނެފައިވެއެވެ.
1993 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓުން 8.5 މިލިއަން ޔޫރޯ އަށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ކީން އެޓީމުގައި 12 އަހަރު ހޭދަކޮށްފައިވެއެވެ. މި މުއްދަތު ތެރޭގައި ޔުނައިޓެޑާ އެކު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، އިނގެރޭސި ޕްރިމިއަރ ލީގު ހަތް ފަހަރު، އަދި، އެފްއޭ ކަޕް ހަތަރު ފަހަރު ކީން ހޯދާފައިވެއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު 486 މެޗުން އޭނާ ވަނީ 56 ގޯލު ޖަހައި، 28 އެސިސްޓް ހަދާފައެވެ. ކާމިޔާބު ފުޓްބޯޅަ ކެރިއަރަކަށް ފަހު ކޯޗިންގ ދާއިރާ އަށް ނިކުތް ނަމަވެސް، ކީން އަށް އެދެވޭ ކާމިޔާބެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި