ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ދިވެހި ފަތުރުވެރިކަން އަލުން ނަގައި ކޮޅަށްޖެހުމަށް ފަށާފައިވާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު، ވީޑިއޯ އިޝްތިހާރެއް ކުޅުއްވައި ދުނިޔޭގެ ފަތުރުވެރިން ރާއްޖެ އައުމަށް ދަޢުވަތު ދެއްވައިފިއެވެ.
ރާއްޖޭގެ ހުއްޓިފައި އޮތް ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން މިމަހުގެ 08 ވަނަ ދުވަހުގެ ރޭ ފޭސްބުކް މެދުވެރިކޮށް ބޭއްވި އިވެންޓުގައި، ވަޒީރު އަލީ ވަހީދު ކުޅުއްވައި އަދި ރާއްޖޭގެ ޓޫރިޒަމްގެ ހާލަތާ ގުޅޭގޮތުން އޭނާ އަޑުއަޅުއްވާފައިވާ މިނިޓެއްހާ ދިގުމިނުގެ އިޝްތިހާރެއް ވަނީ އާއްމުކޮށްފައެވެ.
މި ވީޑިއޯއިން ފެނިގެންދަނީ ވެހެމުންދިޔަ ބޯ ވިއްސާރައިގައި ލޯންޗެއްގައި ވަޒީރު ދަތުރުކުރައްވާފައި ގޮސް، ރަށެއްގެ އަތިރިމަތީގެ ރީތި ފަސްގަނޑުމަތީގައި އިންނަވައިގެން ލެޕްޓޮޕުން އެއްޗެއް ލިޔުއްވާ މަންޒަރެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފަތުރުވެރިން ރާއްޖެ އައުމަށް ދަޢުވަތުދެއްވާ މަންޒަރެވެ.
ވަޒީރު ޢަލީ ވަހީދުގެ ވީޑިއޯ އާއްމުކޮށްފައިވާއިރު، އެ ވީޑިއޯ ހެދުމަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް ބުނެ ގިނަބަޔަކު ފާޑުކިޔާފައިވަނިކޮށް ވަަޒީރު ވަނީ އެކަމަށް ޖަވާބުދެއްވާފައެވެ.
އިޝްތިހާރު އުފެއްދުމަށް ބޮޑު ޚަރަދެއް ދާނެ ކަމަށް ލަފާކޮށް، އޭގެ ތަފްސީލު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަށް ރާއްޖޭގެ އޮންލައިން މީޑިއާއަކުން ހުށަހެޅި ފޯމަކަށް ރައްދު ދެއްވައި އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޝްތިހާރުގައި އަގު ދައްކަން ޖެހުނީ ހަމައެކަނި އެއަށް މިއުޒިކް ހަދައިދިން ފަރާތަށް އެކަނި ކަމަށެވެ.
“ވީޑިއޯގައި ކޮށްފައިވާ ސްލީކް ކެމެރާ މަސައްކަތާއި ހައި ޕްރޮޑަކްޝަން ވެލިއު އަކީ އަޅުގަނޑުމެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޓީމުގެ ބުރަ މަސައްކަތް. އެގޮތުން ސައްޔާހް، ޙަސަން، ހިމޫ އަދި ޝަރޫ ފާހަގަކޮށްލެވޭ.” ވަޒީރުގެ ޓްވީޓްގައި ހާމަކުރައްވާފައިވެއެވެ.
“އެހެންކަމުން އިޝްތިހާރަށް އެއްކޮށް ހޭދަވީ 3000 ރުފިޔާ ނުވަތަ 194 އެމެރިކާ ޑޮލަރު.” ވަޒީރުގެ ޓްވީޓްގައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!