[avatar user=”[email protected]” size=”thumbnail” align=”left”]ލިޔުންތެރިކަމާއި، ވީޑިއޯ އަދި އޯޑިއޯ އާއި ގުޅުންހުރި މަސައްކަތްތަކަކީ ކުރާހިތުން ކުރާ މަސައްކަތެކެވެ.[/avatar]04

އުމުރުން ސާޅީސް އަހަރަށް އެޅިފައިވާ ތިން މީހެއްގެ ހަޔާތް ދައްކުވައިދޭ މަޖާ ފިލްމު ‘ނޯޓީ40’ އިން ފެނިގެން ދިޔަ ޓީޗަރު ގެ ކެރެކްޓަރަކީ ކުޑަކުދިންނަށް ވަރަށް ކަމުދާ ކެރެކްޓަރ އަކަށް ވެގެން ގޮސްފައިވާކަމަށް ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނެފި އެވެ. ޢަލީ ޝާހިދު މިހެން ބުނީ ފިލްމު ‘ބޮސް’ ރަށްރަށުގައި ދެއްކުމަށް ކުރަމުންދާ ދަތުރުތަކުގައި ރަށްރަށުގެ ކުޑަކުދިންގެ ފާރާތުން އޭނާއަށް ލިބެމުންދާ ތަރުހީބާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ނެވެ.

ރަށެއްގެ ކުދިންތަކަކާއި އެކު އައްޔަ ސެލްފީ އެއްގައި

ބޮލުގެ މެދު އެއްކޮށް ބާލައި ތަލަކޮށްގެން ނޯޓީ40 ގެ ޓީޗަރުގެ ބައި ކުޅުނު ޢަލީ ޝާހިދު ބުނީ 2017 ގައި ނިކުތް އެންމެ ކާމިޔާބު ފިލްމުގައިި އޭނާ އަދާކޮށްފައިވާ ޓީޗަރުގެ ކެރެކްޓަރ ވީ އޭނާ ހީކުރިވަރަށްވުރެ ގިނަބަޔަކަށް ކަމުދިޔަ ކެރެކްޓަރ އަކަށް ކަމަށެވެ.

“ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދިޔަ. ރަށްރަށަށް ދިޔައިމަ ޓީޗަރަށް ގޮވައިނުލާ ކުޑަކުއްޖެއް ނެތް. ބައެއް ކުދިން ޓީޗަރުގެ ސީން ނުދައްކަންޏާ ނުކާން ބޮޑާ ހާކާ ކަމަށްވެސް ބައެއް ރަށްރަށުން އެބަހުރި ބުނެފަ. ގަބޫލުކުރަން ދަތި އައްޔަ ކުޅުނު ބައި މީހުންނަށް ކަމުދާނެ ކަމަށް. އެކަމާ ވަރަށް ސަޕްރައިޒް ވި.” އަލީ ޝާހިދު ހުރީ ކުޑަކުދިންނަށް މަގުބޫލު ކެރެކްޓަރ އަކަށް އެ ކެރެކްޓަރ ވުމުން އުފަަލުންނެވެ.

ތ. ކިނބިދޫ ކުދިންތަކެއް ޢަލީ ޝާހިދާއި އެކު ފޮޓީޯ އަކަށް ހުއްޓިލައިގެން

ކިތަންމެ މަދު ސީން އެއްގައި އަލީ ޝާހިދު ކުޅެފައިވާ ޓީޗަރު ގެ ކެރެކްޓަރ ހިމެނިފައިވިޔަސް އޭނާ ބުނީ ‘ނޯޓީ40’ ގެ ސީކުއަލް ‘ފޯޓީ ޕްލަސް’ ގައި ޓީޗަރުގެ ބައި ބޮޑަށް ހިމަނާފައި ވާނެކަމަށެވެ.

“ނޯޓީ40 ގަ ޓީޗަރުގެ ބައި މަދުކޮށްފަ ވަނީ ފިލްމު ދިގުކަމުން. އެހެންނަމަވެސް ‘ފޯޓީ ޕްލަސް’ ގަ ބޮޑުވާނެ.” ފިލްމުގައި ޓީޗަރުގެ ބައި މަދުކޮށްފައި ވަނީ ކީއްވެގެން ކަން އައްޔަ އޮޅުންފިލުވައިދިނެވެ.

ޔޫއްޕެ އަދި ސައީދު ގެ ފާރާތުން މި ފިލްމުގައި އައްޔަ އަށް ލިބުނު އެހީތެރިކަމާއިމެދު ހުރީ ނުހަނު ހިތްހަމަޖެހިފަ އެވެ.

“ޔޫއްޕެ އަދި ސައީދު އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަން. މޭކަޕް ކޮށްދިނީ މަނިކް. މަނިކް ގެ މޭކަޕަށް 100% ދެން”

‘ފޯޓީ ޕްލަސް’ ގެ ޝޫޓިން މިމަހު 21 ގައި ތ. ބުރުނީ ގައި ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އަލީ ޝާހިދު ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.