އެސްޓީއޯގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ފައްސިވުމުން މެދުކަނޑާލި “އީ-ސްޓޯރ” ގެ ޚިދުމަތް އާންމުންނަށް ހުޅުވާލައިފިއެވެ.

“އީ-ސްޓޯރ.އެމްވީ” މެދުވެރިކޮށް އެސްޓީއޯގެ ސުޕަރމާޓުން ވިޔަފާރިކުރުމުގެ ފުރުޞަތު އާއްމުންނަށް މިފަހަރު ހުޅުވާލާފައި ވަނީ ފަސޭހަ ބަދަލުތަކަކާ އެކުގައެވެ. އެގޮތުން، ކެޓެގަރީތައް ވަކިވަކިން ބަލާލެވެން ހުރިއިރު، ގަނެލަން ބޭނުންވާ އައިޓަމްގެ ތަފާތު ބުރޭންޑުތަކުގެ އަގުތައް އަޅާކިޔާލެވޭނެ ގޮތް ހަދާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި، އެސްޓީއޯ ސުޕަރމާޓުން ލިބެން ހުރި 213 އައިޓަމެއް “އީ-ސްޓޯރ” ގައި ވަނީ ހިމަނާފައިވާއިރު، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުރި ތަކެތި ވެސް ހިމަނާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެސްޓީއޯ އިން ގޭގެއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތް މެދުކަނޑާލި ނަމަވެސް، އެކުންފުނިން ގެންދިޔައީ ކަންމަތީ ފިހާރަތަކާއި، އެހެން ފިހާރަތަކަށް “އީ-ސްޓޯރ” މެދުވެރިކޮށް ހޯލްސޭލް ޚިދުމަތް ދެމުންނެވެ.

އެސްޓީއޯގެ އިން “އީ-ސްޓޯރު” ގެ ޚިދުމަތް ފެށި ދުވަސްކޮޅު ކުއްލިއަކަށް ގިނަ އޯޑަރުތަކެއް ލިބުމުގެ ސަބަބުން ޑެލިވަރީ މައްސަލަތައް ދިމާވި ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ފަހުން ވަނީ އެކަން ހައްލުކޮށްފައެވެ. އީ-ސްޓޯރަށް ގާތްގަނޑަކަށް 5000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.