ނޯޓީ40 ގެ ސީކުއަލް “40+” އަށް ކާސްޓުން ހޯދުމަށް އިއުލާނު ކުރުމުން 100 އަށްވުރެން ގިނަ ކުދިން ކުރިމަތިލާފައި ވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނެފިއެވެ.
ޝަފީގު ބުނީ ކާސްޓުން ހޯދަން އިއުލާނު ކުރި އިރު ހީ ކުރީ 20 ނޫނީ 25، 30 ކުދިން ކުރިމަތި ލާނެ ކަމަށާއި، ނަމަވެސް 100 އަށް ވުރެ ގިނަ ކުދިން މެސެޖް ކޮށްފައިވާ ކަމަށް ބުންޏެވެ.
މިމަހު 21 ވަނަ ދުވަހު ޝޫޓިން އަށް ފުރަން އޮތް އިރު އެހާ ގިނަކުދިންތަކެއް އެކޮމަޑޭޓް ކުރަން ދަތިވެފައިވާކަމަށާއި އޭގެ ކުރިން ކުދިން ނަގަން މަސައްކަތް ކުރަމުންދާކަމަށް ޝަފީގު ބުންޏެވެ.
ފޯޓީ ޕްލަސް ގައި ސަޕޯޓިންް ކާސްޓުންގެ ގޮތުގައި ހަތަރު ތަރިން ނަގާނެ ކަމަށާއި އެއީ އަންހެން ދެ ތަރިންނާ ފިރިހެން ދެ ތަރިން ކަމަށް ޝަފީޤް ބުންޏެވެ. އޭނާ ބުނީ މި ރޯލުތަކަށް ނަގާނީ ޒުވާން ކުދިން ކަމަށެވެ.
ފިލްމުގެ ޝޫޓިން މި މަހުގެ 21ގައި ފަށާއިރު ޝޫޓިން ކުރިއަށް ގެންދާނީ ތ. ބުރުނީގައެވެ. ލޮކޭޝަންގެ ކަންތައްވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ޝަފީގު ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ސެޕްޓެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!