އައްޑޫގައި ކޮވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކޮވިޑްގެ ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރް ޓެސްޓު އެހޮސްޕިޓަލުގައި ހެދޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާކަަމަށާއި މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށެވެ.

އައްޑޫގައި ކޮވިޑަށް ޓެސްޓުކުރެވޭނެ އިންތިޒާމު މިއަދު ހަމަޖައްސާފައިވާއިރު އައްޑޫއިން މިދިޔަ ހުކުރު ދުވަހުވަނީ ފުރަތަމަ ފަހަރަށް ކޮވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. އައްޑޫއިން ޕޮޒިޓިވްވެފައި ވަނީ އައްޑޫ އީކުއޭޓަރ ވިލެޖުގައި ކަރަންޓީނުކޮށްފައި ހުރި މީހެކެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

އައްޑޫއަކީ މާލެ ފިޔަވާ ރާއްޖޭގެ އެހެން ސަރަޙައްދަކުން ކޯވިޑަށް ޓެސްޓުކުރަން ފެށި ފުރަތަމަ ސިޓީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.