ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލި 2022 ވަނަ އަހަރުގެ ފީފާ ވަރލްޑް ކަޕާއި، 2023 އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން ނިންމާފައިވާއިރު، ފަރިތަކުރުންތައް ފެށުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު އެކުލަވާލައި ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
ހަސަން ނާއިޒް (ދާދު) އާއި، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި އިޝާން އިބްރާހިމް (ސައްޓު) ފަދަ ކުޅުންތެރިންނަށް ފުރުސަތު ލިބިފައިނުވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމުން، އެކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، އެ ކުޅުންތެރިން ވެސް ހިމަނައިގެން 32 ކުޅުންތެރިންގެ ގައުމީ ސްކޮޑެއް އެފްއޭއެމް އިން އިޢުލާނުކުރީ، އޮންލައިންކޮށް މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒު ވިދާާޅުުުުވީ، ކުރިއަށް އޮތް ތަނުގައި ވެސް، ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑު އިޢުލާނުކުރަމުން ދާނީ މިފަދަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކޮލިފައިންގައި ދެން ބައްދަލުކުރަން ޖެހޭ މެޗު އޮންނާނީ އޮކްޓޫބަރު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށެވެ. މި މެޗު ކުޅެން ކުރިން ތާވަލުކޮށްފައި އޮތީ މާރިޗު 26 ވަނަ ދުވަހުގައެވެ.
ގައުމީ ޓީމަށް ނެގި 32 ކުޅުންތެރިންގެ ސްކޮޑު:
މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ނާއިޒު ހަސަން (ދާދު)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މުޖުތާޒް މުހައްމަދު (މުޖޭ)
ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިޝާން އިބްރާހިމް (ސައްޓު)
އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު)، ރިހާމް އަބްދުލް ގަނީ (ބޮބީ)
ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސާއިފް
ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، އަހުނަފު ރަޝީދު
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި