ރާއްޖެއިން އިތުރު 29 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 29 މީހުން ފައްސިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަނގުލަދޭޝްގެ 15 މީހުންނާއި ނޭޕާލް 9 މީހުންނާއި އިންޑިޔާ 2 މީހުންނާއި ފިލިޕީންސް މީހަކާއި އެހެން ޤައުމެއްގެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިވަނީ 2094 އަށް އަރާފައެވެ. އޭގެ ތެރޭގައި ބަނގުލަދޭޝްގެ 1102 މީހުންނާއި، 727 ދިވެހީންނާއި، އިންޑިޔާގެ 194 މީހުންނާއި، ނޭޕާލްގެ 38 މީހުންނާއި، ސްރީލަންކާގެ 11 މީހުންނާއި، އިޓަލީގެ 11 މީހުންނާއި، ޕާކިސްތާނުގެ 3 މީހުން އަދި އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ 8 މީހުން ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 1670 މީހުން ރަނގަޅުވެފައިވާއިރު، 8 މީހަކު ވަނީ ނިޔާވެފައެވެ. އަދި ކަރަންޓީނުގައި 331 މީހުން ތިބިއިރު، 347 މީހަކު އައިސޮލޭޝަންގައި އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑޭޝްބޯޑްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.