އަށްވަނަ ފިލްމު އެވޯޑަށް ނޮމިނޭޓް ވެފައިވާ މަޤާމުތައް އިޢުލާނުކުރުމާއި އެކު ދިވެހި ފިލްމު އިންޑަސްޓްރީ ގެ ފަންނާނުންނާއި ފިލްމު ބެލުންތެރިންނަށް މިވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. ފިލްމު އެވޯޑް ނޮމިނޭޝަން ތައް ހާމަކުރުމާއި އެކު މިވަނީ ނޮމިނޭޝަންތަކަށް މީހުންގެ ޖޯކުޖެހުން ތައް އާއްމުވެފަ އެވެ. ކުރުކޮށް ބުނާނަމަ މިކަން މިވަނީ ބޮޑު ޖޯކަކަށް ވެފައެވެ.
އެއްމެ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ފާތިމަތު ނަހުލާގެ 4426 އަށް ޖަޖުންގެ ލޮލުގައި ހަމަ އެއްމެ ރަނގަޅު ތަންކޮޅެއްވެސް އަޅައިނުގަތުުމެވެ. ޚާއްޞަކޮށް އެންމެ މޮޅު ބަޠަލާގެ މަޤާމަށް އެ ފިލްމުގެ ލީޑް އެކްޓްރެސް މަރިޔަމް އައްޒަ ނޮމިނޭޓް ވެފައި ނުވުން ވަނީ ގަރުނުގެ ބޮޑު ޖޯކެއް ކަމަށް ފިލްމު އިންޑަސްޓްރީީގެ ގިނަ ބަޔަކު ފާހަގަކޮށްފަ އެވެ.
4426 ބެެލި އެންމެންވެސް އިއްތިފާޤްވާ އެއްކަމަކީ އެ ފިލްމުގައި ޢައްޒަ ދައްކާފައި މޮޅު އެކްޓިންގ އެވެ. އެ ފިލްމުގައި ޢައްޒަ ދެއްކި މޮޅު އެކްޓިންގ އަށް އެވޯޑެއް ނުލިބުނަސް އެއްމެ ކުޑަމިނުން ނޮމިނޭޓްވެފައި ނުވުމަކީ ހައިރާންކަން ލިބިގެން ދިޔަ ކަމެކެވެ.
މިކަމާމެދު 4426 ގެ ޕްރޮޑިއުސަރ ފާތުމަތު ނަހުލާ ވަނީ އޭނާގެ ފޭސްބްކް ގައި އައްޒަ އަށް ނިސްބަތްކޮށް މިއަދު ބޮޑު ބަޔާނެއް ނެރެފައެވެ.
“ވޭތިވެ ދިޔަ ތަނުގައި ގިނަ އެކްޓިންގ އެވޯޑްތަކެއް ލިބިފައިވާ ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން އަހަރެން ޤަބޫލުކުރަނީ (އައްޒަ އަށް) މި އަހަރުގެ ބެސްޓް އެކްޓްރެސްގެ މަޤާމު ހައްޤުވާ ކަމަށް. އަދި މަށަށް އެންމެ ބޮޑު ޝޮކެއް ލިބުނީ އެއްމެ ކުޑަމިނުން އައްޒަ ނޮމިނޭޓްވެސް ވެފައި ނުވުމުން، މިއީ 2017 ވަނަ އަހަރުގެ އެއްމެ ބޮޑު ޖޯކް.”
ނަހުލާގެ ދިގު ބަޔާނެއްފަދަ ޕޯސްޓަށް އައްޒަވަނީ ޖަވާބު ދީފައެވެ. މީސްމީޑިޔާގައި ބައެއް މީހުން ބުނެފައިވަނީ އައްޒައަށް އެ އެވޯޑް ނުލިބުނަސް އައްޒަ އެންމެ މޮޅު ބަތަލާއަށް ނޮމިނޭޓްވާން ޖެހެއެވެ. އެހާވަރަށް އައްޒަގެ މަސައްކަތް އެ ފިލްމުން ފެނިގެން ދިޔަކަމަށެވެ. ފަނޑިޔާރުންގެ ޕެނަލް އަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
4426 ގައި ބެލުންތެރިން ސިއްސައިގެންދާފަދަ ކުޅަދާނަ އެކްޓިންއެއް ދައްކާލި ބަޠަލާ މަރިޔަމް އައްޒަ ނުހިމެނުމުން މުޅި ސޯޝަލް މީޑިއާގައި ފިލްމު އެވޯޑަށް ބޮޑެތި ފާޑުކިޔުންތަކެއް މިހާރު ވަނީ އަމާޒުވެފަ އެވެ.
12 ފިލްމެއް މި އަހަރުގެ ފިލްމު އެވޯޑަށް ވާދަކުރާއިރު އޭގެ ތެރެއިން ފަނޑިޔާރުންނަށް އެންމެ މޮޅުކަމަށް ފާހަގަކުރެވި އެންމެ މޮޅު ބަޠަލާގެ ނޮމިނޭޝަންގައި ހިމަނާފައިވަނީ “އެންމެ ފަހު ވިންދާ ޖެހެންދެން”، “ހުޅުދާން” އަދި “ވާށޭ މަށާ އެކީއިން” މަރިޔަމް މަޖުދާ، “އާދޭސް” އިން ނިއުމާ މުހައްމަދު އަދި “މިކޮއެ ބައްޕަ ބައޭ ބައޭ” އިން އައިޝަތު ރިޝްމީ އެވެ.
ފިލްމު 4426 އިން އައްޒަ ނިމިނޭޓް ނުވުމުގެ އިތުރުންވެސް ވަނީ ފާހަގަކޮށްލެވޭފަދަ އެތައްކަމެއް ފެންމަތިވެފަ އެވެ. އެގޮތުން ‘ވާށޭ މަށާ އެކީ’ އާއި ‘މިކޮއެ ބައްޕަ ބައޭ ބައޭ’ އަކީ މަހްދީ އަޙްމަދު ގެ އޮރިޖިނަލް ސްކްރީންޕްލޭ އެއްކަމަށް ބުނެ ނޮމިނޭޝަންގައި ހިމެނިފައިވުން ވެސް ހިމެނެއެވެ. ‘ވާށޭ މަށާ އެކީ’ އަކީ އިނގިރޭސި ފިލްމު ނައިން މަންތުސް ގެ ކޮޕީ އެކެވެ. އަދި ގިނަ ބަޔަކަށް އެނގިފައި ނުވިޔަސް ‘މިކޮއެ ބައްޕަ ބައޭ ބައޭ’ އަކީ ވެސް އެހެން މީހަކު ލިޔެފައިވާ ފިލްމު ސްކްރިޕްޓެއް މަހުދީ ގަނެގެން އެއަށް ތައްޔާރުކޮށްފައިވާ ސްކްރީންޕްލޭ އެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
އައްޒަގެ އެކްޓިންގ އަށްވުރެ އެހެން ފިލްމުތަކުގެ ތަރިންގެ އެކްޓިންގ މޮޅު ވީމަ އައްޒަ ފަސް ވަނައިގެ ތެރޭގައި ހިމެނިފައި ނެތީ. ބަލަންޖެހޭ މިންގަނޑުތަކަށް ބެލުމަށްފަހު އެގޮތަށް ޖަޖުންވެސް ނިންމާނީ. މިއީ ވަކި މީހަކަށް ލިބެން މަޖުބޫރު އެއްޗެއް ގޮތަށް ސިފަކުރީމަ މާޖޯކު.
Azza 4426 ga dhakkaafa in acting ahvure Majoo Enme fahu vindhaa jehendhen ga dhakkaafa in acting dhah.. Mee hageegathaky
އައްޒަ އެކްޓިންނާ ގާތްކުރާ ވްރުގެ މީހސކުވެސް ތިތާ ނެތް