ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައި އޮތްއޮތުމަށް ނިމުމެއް ގެނެސް “ނިއުނޯމަލްގައި” ޖުލައި އެއްވަނަ ދުވަހު ސްކޫލުތައް ހުޅުވުމަށްޓަކައި، ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ސްކޫލުތަކަށް ބޭނުންވާ ޑިޖިޓަލް އައިއާރު ތާމޯމީޓަރ ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކޮށްފައިވާ އިޢުލާނު ( IUL)22-PU/22/2020/52) ބާތިލުކޮށްފިއެވެ.
އެ އިޢުލާން ބާތިލުކޮށް މިއަދު އެ މިނިސްޓްރީން ނެރެފައިވާ އިޢުލާނުގައިވަނީ، ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ތާމޯމީޓަރުތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާތީ، ހުށަހަޅާފައިވާ ބީލަންތަކުގައި ތަކެތި ސަޕްލައިކުރުމަށް ބީލަންވެރިން ހުށަހަޅާފައިވާ މުއްދަތުގައި އެ ތަކެތި ހޯދުމަށްފަހު އަތޮޅުތެރޭގެ ސްކޫލްތަކަށް 2020 ޖުލައި 1 ގެ ކުރިން ފޮނުވޭނެކަމަށް ނުފެންނަކަމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތާމޯމީޓަރު ހޯދުމަށް އިޢުލާންކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. މިވަގުތަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކުރެވިފައިވާ ވަގުތަކަށްވެފައި މިފަދަ ތަކެތި ބޭރު ޤައުމުތަކުން ގެނައުމުގައި ބީލަންވެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޖެނުއަރީ 2024ރިޕޯޓްބަރުދަން އިތުރުވާން ހާސްދުވަސް، ލުއިކުރަން އެއްދުވަސް!
- 28 ޖޫން 2020ޚަބަރުކާނިވާ ސަރަޙައްދުގައި ޕާރކިންގ ޒޯނެއް ހެދުމަށް އެތަން ހުސްކުރުމަށް އަންގައިފި
- 27 ޖޫން 2020ޚަބަރުމާލޭ މަސް މާރުކޭޓު އަލުން ހުޅުވަނީ
- 27 ޖޫން 2020ޚަބަރުމުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ޚިދުމަތް ފޯރުކޮށްދެވޭ މުއްދަތު އިތުރުކޮށްފި