ކޮވިޑް-19 ޖެހިގެން ރާއްޖެއިން 10 ވަނަ މީހަކު ނިޔާވެއްޖެއެވެ.

މިކަން ހާމަކުރަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 92 އަހަރގެ ދިވެހި ފިރިހެނެއް މިރޭ 11:54 ގައި ނިޔާވެފައިވާ ކަމަށެވެ.

https://twitter.com/HPA_MV/status/1278414790105239555?s=19

މިއާއިއެކު، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 10 އަކަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 2382 މީހުން ފައްސިވެފައިވާއިރު، 1954 މީހުންނަށް ވަނީ ޝިފާ ލިބިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.