އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ކަން ލިވަޕޫލް އިން ކަށަވަރުކޮށްފައި ވާއިރު، ބުރާސްފަތި ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗުގައި ލިވަޕޫލަށް “ގާޑް އޮފް އޮނަރ” އެއް ދިނުމަށް އެ ޓީމުން ވަނީ ނިންމާފައެވެ.
ޗެމްޕިއަން ކަން ހޯދާ ޓީމަށް “ގާޑް އޮފް އޮނަރ” ދިނުމަކީ ޕްރިމިއަރ ލީގުގެ ސަގާފަތެއް ނަމަވެސް، އެކަން އޮންނަނީ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދޫކޮށްލާފައެވެ. އެ ސަގާފަތަށް އިޙްތިރާމްކޮށް “ގާޑް އޮފް އޮނަރ” ދިނުމަށް ސިޓީން ނިންމާފައި ވާއިރު، ލިވަޕޫލްގެ ސަޕޯޓަރުން ތިބީ މި މަންޒަރު ބަލަން ކެތްމަދުވެފައެވެ. ޚާއްޞަކޮށް އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ރަހީމް ސްޓާލިން ގެ ފަރާތުން އެކަން ފެނުމަކީ އެ ޓީމުގެ ސަޕޯޓަރުންނަށް ލިބޭނެ އިތުރު ހިތްހަމަޖެހުމެކެވެ.
ޕްރިމިއަރ ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން މި ސީޒަނުގެ ޗެމްޕިއަން ލިވަޕޫލަށް “ގާޑް އޮފް އޮނަރ” އެއް ދިނުމަށް ނިންމުމުން ލިވަޕޫލް އަށް ކުޅެފައިވާ ޑެނީ މާފީ ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
“ކެވިން ޑި ބްރޭނާ އަކީ އެންމެ މޮޅު މިޑްފިލްޑަރު. ފަހަރުގައި އޭނާ އަކީ ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު މިޑްފިލްޑަރު. އޭނާ އަތްޖަހާފައި “ގާޑް އޮފް އޮނަރ” ދޭން ހުންނާނީ އޭނާގެ ބޫޓުގެ ނާޑުވާ އައްސާލުމުގެ ފެންވަރު ވެސް ނެތް ކުޅުންތެރިންނަށް.”
“ޓޯކް ސްޕޯޓް” އާ ވާހަކަދައްކަމުން މާފީ ބުންޏެވެ.
“ޓޯކް ސްޕޯޓް” އާ ވާހަކަދައްކަމުން މާފީ ބުނެފައިވަނީ “ގާޑް އޮފް އޮނަރ” އަކީ އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި، އެއީ ފުޓްބޯޅައިގެ ދުނިޔެ އަށް ފޮނުވާލެވޭ ވަރަށް ރަނގަޅު މެސެޖެއް ކަމަށެވެ. ނަމަވެސް، ލިވަޕޫލަށް “ގާޑް އޮފް އޮނަރ” އެއް ދިނުމަށް ސިޓީން ނިންމުމަކީ އެއްވެސް ވަރަކަށް ތާކުންތާކު ޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުނެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި