ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަޖަހަމުން އަންނަ ކާމިޔާބު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ (ޕީސީ)، ފިލްމީ ސިނާޢާތުގައި ހޭދަކޮށްފައިވާ ދެ ދަހަރު (20 އަހަރު)ގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮޓޯތައް ވީޑިއޯއެއްގެ ޒަރީޢާއިން ހިއްސާކޮށްފިއެވެ.
ޕްރިޔަންކާގެ ފިލްމީ ދިގު ހަޔާާތް ފެށީ ބޮލީވުޑުންނެވެ. މޮޑެލް ކުރުމުން ފަށައިގެން މިސްވޯލްޑްގެ ތާޖު ލިބި، އިންޑިޔާގެ ހުރިހައި ގެއެއްގެ ސިޓިންރޫމުތަކުގައި އެ ނަން ގުގުމައިލިއެވެ. މިހާރު އޭނާގެ ނަން މުޅި ދުނިޔޭގައިވެސް ވަނީ ގުގުމާލާފައެވެ.
މި އަހަރަކީ ބޮލީވުޑްގައި ޕްރިޔަންކާ ފިލްމީ ހަޔާތް ހޭދަކުރަމުން އަންނަތާ 20އަހަރު ފުރޭ އަހަރެވެ. އެހެންކަމުން އޭނާގެ އިންސްޓަގްރާމުގައި ވަނީ ފިލްމީ ދިގު ހަޔާތުގެ ހިތްގައިމު މަންޒަރުތަކެއް ހިމެނޭ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
މި ވީޑިއޯގައި އޭނާގެ ކެެރިއަރަށް ލިބެމުން އައި ކުރިއެރުންތައް ދައްކައިދީފައި ވެއެވެ. ޕްރިޔަންކާގެ ފިލްމީ ހަޔާތް ފެށުނީ އަކްޝޭ ކުމާރާއެކު 2000 ވަނަ އަހަރު ކުޅުނު ފިލްމު ‘އަންދާޒް’ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!