މިއީ ޒުވާން އަންހެން ކުދިންނަށް ކެހި ދެމުންދިޔަ އެއިޑްސް ޖެހިފައިވާ ފިރިހެނެއްގެ ވާހަކަ!
މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ޑްރާމާ ޑައިލޮގްތަކެެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. މިހާދިޝާ ވާހަކައެއްގެ ސިފައިގައި މިގެނެސްދެނީ ތިޔަކިޔުންތެރިންނަށް އިބްރަތެއްގެ ގޮތުގައެވެ.

ހަޤީޤީ ވާހަކަ

އަމީނާ ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދެއެވެ. އަމާނީ ފެންވަރައިގެން ނިކުމެ ކޮޓަރިތެރޭގައި ތައްޔާރުވަނީއެވެ. ރޮކް މިއުޒިކުގެ އަޑު މުޅި ކޮޓަރީގެ ތެރެއަށް ވެރިވެފައިވެއެވެ. އަމީން ސިޓިންގ ރޫމްގައި ހަމަޖެހިލައިގެން ޓީވީން އަންނަ ޕްރޮގުރާމަކަށް ގެއްލިފައިއިނެވެ. އިރުކޮޅެއްނުވެ އަމާނީ ތައްޔާރުވެގެން ބޭރަށްދާން ކޮޓަރިން ނިކުތެވެ. ”ދަރިފުޅާ އަމާނީ. ކޮންތާކަށް ތިދަނީ” އަމީން އެހިއެވެ. ” މިދަނީ ޝާނިއާ އާއިއެކު ފިހަރައަކަށް ދާންވެގެން. ވަރަށް އަވަހަށް އަންނާނަމޭ” އަމާނީ މިހެން ބުނުމާއެކު އަމީނާ އަކަށް މަޑަކުން ނުހުރެވުނެވެ. އަމީނާ ބުންޏެވެ. ކޮންމެ ރެއަކުވެސް އަވަހަށޭ ކިޔާފަ އަމާނީ ދާނީ. އެކަމަކު ދެތިން ގަޑިއިރު ބޭރުގަ އުޅެފަ ނޫނިއްޔާ ގެއަކަށް ނާންނާނެ. ދަރިފުޅާ ތިހެން އުޅޭކަށް ނުވާނެ. ކޮންމެ ރެއަކު ކޮންމެ ރެއަކު އަންހެންކުދިން ބޭރަށް ދިއުމަކީ މަންމަ އެހާ ރުހޭކަމެއް ނޫން.” އަމީނާ މިހެން ބުނުމުން އަމާނީ ވަރަށް ދެރަވިއެވެ. ” މަންމާ ފިހާރައަކަށް ދަންޏާ ލަސްވާނެއެއްނު. ޝާނީ ކޮއްކޮއަށްދޭން ހެދުމެއް ގަންނަންވެގެންނޭ މިދަނީވެސް” އަމާނީ މިހެން ބުނުމާއެކު ” އެންމެ ރަނގަޅު މާލަސްނުކޮށް ގެއަށް އަންނަންވާނެކަމަށް އަމާނީ ގާތު އަމީން ބުންޏެވެ. އަދި އަމީނާއި ދިމާލަށް ”އަމީނާ އެހާ ކަންބޮޑު ނުވެބަލަ. އެމަންޖެ އަންނާނެޔޭ އަވަހަށް” އަމީން ހީލާފައި ބުންޏެވެ. ކޮބާ މަންމާ. ބައްޕަ އަށް ކިހާ ވިސްނޭ. އޯކޭ ބައްޕާ. ދެންދަނީ. ” މިހެން ބުނެ އަމާނީ ގެއިން ނިކުތެވެ. އަދި ކާރަކަށް ގުޅާ ކާރެއްގައި ޝާނީ މެން ގޭދޮށަށް ގޮސް ޝާނީގާތު އެގޭދޮށުގައި ހުރިވާހަކަ ބުންޏެވެ.

އަމާނީ: ހަލޯ….ކޮބާ ޝާނީ. ކޮންތާކު؟ މަމިހިރީ ތިގޭ ކައިރީގަ…. އާނ…ފެނިއްޖެ.

ޝާނީ: ކޮންތާކަށްދާނީ.

ޝާނީ މިހެން ބުނުމުން ހަމައެއްގޮތަކަށްވެސް ދާނި ތަނެއް ނޭގޭކަމަށާއި، އައްމު ހީކޮށްގެން ހުރީ ޝާނީ ތަނެއް ޑިސައިޑްކޮށްފަކަމަށް ހުންނާނީ ، މިހެން އަމާނީ ބުންޏެވެ. މިހެން އަމާނީ ބުނުމުން ޝާނީ މޫނަށް ފޫހިކަމުގެ އަސަރުވެރކުރުވިއެވެ. އަދި ބުންޏެވެ.

ޝާނީ: ހްމްމްމްމް. ހިނގާ ތަންކޮޅެއް ކައިރި ތަނަކަށްދާން. ބޭބީ ވާރްލްޑްގަ ހުންނާނެ ވަރަށް ރީތި ހެދުން.

އަމާނީ: ހްމްމްމް. ހިނގާ. އޭރަށް އަވަހަށް ގެއަށްދެވޭނީވެސް. އަމާނީ މިހެން ބުނުމުން ސާނީ ބުންޏެވެ.

ކީއްކުރަން އެހާ އަވަހަށް ގެއަށްދާން ތިއުޅެނީ. ކޮފީއަކަށް ނުދާނަންތަ.

ޝާނީ މިހެން ބުނުމާއެކު އަމާނީ ހީލާފައި ބުންޏެވެ. ނޫނެކެވެ. އެކަމަކު އައްމުއަށް އެކަމަކު ކެވޭނީ ހަމަ ސަބްމެރިން އޭ އަމާނީ ބުންޏެވެ. އަމާނީ މިހެން ބުނުމުން ޝާނީގެ ގާތަށް ވަރަށް ހިނިއައެވެ.

އަދި އަމާނީ ހީލާފައި  ނޫނޭ ދާންވާނެޔޭ،  އެކަމަކު އައްމުއަށް ކެވޭނީ ހަމަ ސަބްމެރިންކަމަށް އަމާނީ ބުންޏެވެ. މިހެން އަމާނީ ބުނުމާއެކު ޝާނީ ސަކަގޮތަކަށްހީލާފައި ބުންޏެވެ.

ޝާނީ: އެއްކަލަ ސަބްމެރިންދޯ. މައްސަލައެއްނެތް. މިއޮތް އާދެވުނީ ބޭބީ ވާރްލްޑަށް.

ދެމީހުން އޮލަވާހަކައެއްގައި ތިބެ ހިގަމުން ހިނގަމުންގޮސް ބޭބީ ވާލްޑް އަށް ވަނެއެވެ. އަދި އެފިހާރައިން ޝާނީ އަށް ރީތިހެދުމެއް ހޯދުމަށް އަމާނީ އަވަސްވެގައެވެ.

އަމާނީ: އެބަހުރި ދޯ ވަރަށް ރީތި ހެދުން. މިވެސް ކިހާ ރީތި.

ޝާނީ: އަދި ހިނގާ އެހެރަ ހެދުންތައް ބަލާލަން.

އަމާނީ: ހްމްމް…މިހިރީ ހައްތާވެސް ކޮއްކޮއާ ގުޅޭ ހެދުންތަކެއްނުން. އޭ މިހެދުން އަދި މާރީތި.

ޝާނީ: ޔެސް. ވަރަށް ރީތި. މި ހެދުން ގަންނާނީ.

ޝާނީ މިހެން ބުނުމާއެކު ހީނލާފައި އަމާނީ ބުންޏެވެ. ޔަޤީނެވެ. ތީ ވަރަށް ރީތި ހެދުމެކެވެ. ޝާނީ އާ ގުޅޭ ހެދުމެކެވެ. މިހެން ބުނުމުން ޝާނީ އަވަސް އަވަހަށް ހެދުން ނަގައިގެން ކައުންޓަރު ކައިރިއަށް ދިޔައެވެ. އަދި ހެނދުމުގެ އަގު ޖަހާފައި ހުރުމުން ޝޭޓް ކައިރީ އަހާލިއެވެ.  ޝޭޓް މިހެދުން 250 ދޯ.

ޝާނީ މިހެން ބުނުމުން ޝޭޓް ލައްބަ އޭ ބުނެ ބޯޖަހާލުމަށްފަހު އެހެދުން ކޮތަޅަކަށް ލައިދިނެއެވެ. އަދި އަމާނީ އާއި ޝާނީ ފިހާރައިން ނިކުމެގެން ވަކިހިސާބަކަށް ދިޔަތަނުން ޝާނީ ކޮފީއަކަށް ގޮސް ނޫނީ ގެއަށް ދާކަށެއް ބޭނުމެއް ނުވިއެވެ. އަމާނީ ބޭނުންވަނީ ގެއަށް ދާށެވެ. ނަމަވެސް ޝާނީ ގެ މޫނުމަތިން ކޮފީއަކަށް ދާން ބޭނުންވާލެއް ބޮޑުކަން އަމާނީ އަށް އެގުނެވެ. އަދި ޝާނީ ބޯހޫރުވާލަމުން ބުންޏެވެ.

ޝާނީ: އުނހު…ހިނގާ ކޮފީއަށްދާން. ސަބްމެރިންވެސް ކާންޖެހޭނެނު. މިހިރީ އިލީ ތަނެއް. ހިނގާ ވަންނަމާ.

އަމާނީ: އާނ…ހިނގާ.

މިހެން ބުނެ ދެމީހުން ހިނގާފައިގޮސް އާޓިފިޝަލް ބީޗްގައި ހުރި ރެސްޓޯރެންޓަކަށް ވަނެވެ. އަދި ރަނގަޅަށް ހަމަޖެހިލާ، މޭޒުކައިރީ އިށީންނަމުން އަމާނީ ބުންޏެވެ.

އަމާނީ: ހާދަ މީހުންވެސް ގިނައޭ ދޯ. ޝާނީއަށް ކަމެއް ފާހަގަކުރެވުނުތަ؟

ޝާނީ: އުނހު. ކިހިނެއްވީ؟

އޭރު އަމާނީމެންތިބި މޭޒާ ޖެހިގެން ކަހަލަގޮތަކަށް ހުރި މޭޒް ކައިރީ ދެ ފިރިހެން ކުދިން ކޮފީއެއްގައި ތިއްބެވެ. އެތަނުން އެކަކު މާވަރަކަށް އަމާނީ އާއި ދިމާލަށް ބަލާހެން އަމާނީ އަށް ހީވިއެވެ. އަދި ޝާނީ ގާތު ބުންޏެވެ.

އަމާނީ: އެހެރެ މޭޒުގަ އެތިބި މީހުންގެ ތެރެއިން މެދުގަ ހުރި ކުއްޖާ ދެވަނަ ތަނެއް ނުބަލާ.

ޝާނީ: އޭނައަށް އައްމު ރީތިވީ ކަންނޭނގެ. އަހާލަންތަ؟

އަމާނީ: ދެން ނޫން. އެހެން ދެން އުޅޭނެ. އަޅާނުލާ.

އިރުކޮޅަކުން ވޭޓަރު އަމާނީމެން ތިބި މޭޒްގެ ކައިރިއަށް އައިސް މެނޫ ދިއްކޮށްލިއެވެ. އަދި ގެންނާނީ ކޯއްޗެއްތޯ ވޭޓަރު ސުވާލުކުރަން ފެށިއެވެ.

ޝާނީ: އަހަންނަށް ކިރު ކޮފީއެއް. ދެން އައްމު ކޯޗެއް؟

އަމާނީ: އަހަންނަށް ސަބްމެރިންއެއް (ޗިކަން) ދެން ހޮޓް ޗޮކްލެޓެއް.

ޖެހިގެން ހުރި މޭޒުގައި އިން މީހަކު އަމާނީމެންނާ ދިމާލަށް ބަލަން ފެށުމުން ޝާނީ ފޫހިރާގަކަށް ބުނެލިއެވެ.

”ހްމްމްމް. އެއީ ކާކުބާ؟ ހާދަ ވަރަކަށް އެބަ ބަލައޭދޯ؟” ޝާނީ އެމީހުންނާ ދިމާލަށް ބަލަން ފެށުމުން އަމާނީ”

ދެން ޝާނީ ނުބަލަބަލަ. އެހެންނޫނީ ހީވާނީ އަހަރުމެން އޭނަޔަށް ބަލަނީހެން. ތި ހެދުން ކޮއްކޮއަށް ރީތި ވާނެތަ؟ މިހެން ބުނެ ވާހަކަ ބަދަލުކޮށްލިއެވެ.

ޝާނީ ޖަވާބުގައި ”ހީވަނީ ރީތި ވާނެހެން.” މިހެން ބުނެ އަނެެއްކާވެސް ވާހަކަ ބަދަލުކޮށްލިއެވެ.” އެވާހަކަ އިހަށް ބާއްވާ. އޭލެވެލްއަށްފަހު އައްމު ކިހިނެއް ހަދަން ޤަސްދުކުރަނީ. ވަޒީފާއަކަށް ދާނީތަ؟”

ޝާނީ ސުވާލުކުރަން ފެށިއެވެ.

އައްމު: އަސްލު އައްމު ބޭނުމެއްނޫން އެހާ އަވަހަށް ވަޒީފާއަކަށްދާން. އިތުރަށް ކިޔަވަން ބޭނުމީ. ދެން ބައްޕަމެން ބޭނުންގޮތަކަށް ހަދާނީ. ކޮންމެ ގޮތެއްވިޔަސް އިތުރަށް ކިޔަވަން ހިތުގަ އެބައޮތް. ޝާނީ ކިހިނެއް ނިންމަނީ.

ޝާނީ: ޝާނީ ހީވަނީ ވަޒީފާއަކަށްހެން ދާނީ. ޓީޗިންގް ފީލްޑްގަ އުޅޭހިތްވަނީ.

އަމާނީ: ތީ ވަރަށް ސަޅިކަމެއް.

މިހެން ބުނިތަނާ ވޭޓަރު އަމާނީމެން ދިން އޯޑަރަށް ތަކެތި ގެނެސްފިއެވެ. އަދި އެތަކެތި ކެއުމަށް އަމާނީ އަވސްވެގަތެވެ. އަދި ކާން ތިބެ ޝާނީ އަމާނީ ގާތު އަހާލިއެވެ.

ޝާނީ: މީރު ދޯ.

ޝާނީ މިހެން އެހުމުން އެއްކޮލުން ހީލުމަށްފަހު އަމާނީ ބުންޏެވެ.

އަމާނީ: އާނ ދެން މީރުވާނެނު. މަގޭ ފެވަރިޓް ވިއްޔަ. މިހާރު ބައްޕަމެން އުޅޭނެ ލަސްވެގެން. ހިނގާ އަވަސްކޮށްލައިގެން ދާން.

ޝާނީ: ބައްޕަ ލަސްވެގެން އުޅޭނެތީތަ ނޫނީ އަވަހަށް މިތަނުން ދާން ބޭނުންވީތަ.

އަމާނީ: ދެކަންތައްވެސް. އެހެންޏަ މިހީވަނީ އަލަށް އަންހެން ކުއްޖަކު ފެނިގެން އުޅޭހެންވިއްޔަ.

މިހެން ބުނެ ދެމީހުން އަވަސް އަރުވާލާފައި ކޮފީބޮއެ ނިންމާލައިގެން ގެއާދިމާލަށް ދިއުމަށް މިސްރާބް ޖެހިއެވެ. އަދި އެރުވެސް އަމާނީގެ ހިތުގައި ވަނީ އެ ރެސްޓޯީރެންޓް ފެނުނު ފިރިހެން ކުއްޖާގެ ތަސްވީރެއެވެ.

ޝާނީ ގެއަށް ލުމަށްފަހު އަމާނީވެސް ކާރަކަށް އަރައިގެން ގެއަށް ހިގައްޖެއެވެ. ގެއަށް ވަނުމާއެކު އަމީން ބުންޏެވެ.

އަމީން: ތިއައީ ދޯ. ދެންދޭ އަވަހަށް ދެއަތާ މޫނު ދޮވެލައިގެން ކާން އަންނަން.

އަމާނީ: އައްމު ނުކާނަން. މިއައީ އެއްޗެއް ކައިގެން. ޝާނީ ކޮފީއެއް ބޯން ހިނގާށޭ ބުނީމަ ދިޔައީ.

އަމީނާ: މަ ބުނީމެއް ނުން. ކީއްކުރަންތަ ބޭރުން ކެއީ. މަންމައަށް އޭރުވެސް އެނގޭ ބޭރަށް ގޮސްފިއްޔާ ކައިގެން ނޫނީ ތަނަކަށް ވަދެފަކަން އަންނާނީ.

އަމާނީ: ދެން މަންމާ. އައްމު މިއައީވެސް ކިހާ އަވަހަށް.

އަމީން: އާނ..އޯކޭ. ދެން ދޭ ނިދަން. މަންމަކިޔާ އެއްޗަކާ އެވަރަށް އަޅާނުލާ.

އަމާނީ: ތެންކް ޔޫ ބައްޕާ. މަންމަ ރުޅިއެއް ނާންނާނެ.

އަމީން މިހެން ބުނުމުން އަމާނީ ގޮސް ކޮޓަރިއަށް ވަނެއެވެ. އަދި ފާހާނާއަށްވެދެ މޫނު ދޮވެލުމަށްފަހު ނިދާ ހެދުން ބަދަލުކޮށްލައިގެން އެދުގައި އަރާ އޮށޯތެވެ. ނަމަވެސް އަމާނީގެ ލޮލަކަށް ނިންޖެއް ނައެވެ. އަދި ހިތާހިތުން ބުނެލެވުނެވެ. ”ބައްޕަ އެހާ އަވަހަށް ނިދާށޭ ބުންޏަސް އަދި އެހާ ނިންޖެއް ނާދޭ. ދާންވީ ރޭގަ ކިޔަން އޮތް ވާހަކައިގެ ނުނިމިއޮތްބައި ކިޔާލަން. އޭރަށް ނިދި އަންނާނެކަންނޭނގެ.” މިހެން ބުނެ ފޫހިގޮތަކަށް ޗަސް ކިޔާފައި މޫނު ވަތަށް ޖެހިއެވެ. އެވަގުތު ހިތަށް އެރިއެވެ. ”މިރޭ ކެފޭއިން އެފެނުނީ ކާކުބާ؟ އަހަންނަށްވެސް ވާގޮތް ދެން. ވެދާނެނު ކޮންމެ މީހަކަސް. އެކަމަކު އެއީ ވަރަށް އާ މޫނެއް. ދުވަހަކުވެސް ފިރިހެން ކުއްޖަކު ފެނިގެން މިކަހަލަ އިޙްސާސެއް ނުކުރެވޭ. އަނެއްކާ ކިހިނެއްބާ މިވަނީ. އޭނަ ހީވަނީވެސް ވާހަކަތަކުގަ އުޅޭ ފާޑު ހީރޯއެއްހެން. އެކަމަކު ފުރަތަމަ ފެނުނީމަ ހާދަ ފޫހިވިޔޭ.” މިހެން ހިތާހިތުން ކިޔާލެވުނެވެ. އިރުކޮޅެއްނުވެ އަމާނީގެ ފޯނު ރިންގުވާން ފެށިއެވެ.  އެވަގުތު އަމާނީގެ ހިތަށް އެރިއެވެ. މީކާކުބާވައެވެ. މިއޮއްދަންގަޑީގަ ދުވަހަކުވެސް މީހަކު އަހަރެންނަކަށް ނުގުޅާނެއެވެ. މީ އަނެއްކާ ކާކުބާވައެވެ. ނުވެސް ދަންނަ ނަންބަރެކެވެ. މިހެން ހިތާ ގަޑިއަށް ބަލާލެވުނެވެ. މިހާރު ގަޑިން އެހެރަ އެގާރަ ޖެހީއެވެ. މިގަޑީގަ ދެން މީކާކު ބާވައެވެ. އެހެންވިޔަސް ވަރިހަމައެވެ. ކާކުތޯ ބަލާލަން ފޯނުނަގާނަމެވެ. މިހެން ހިތާ ފޯނު ނަގާ ހަލޯ އޭ ބުންޏެވެ. ކަމަކުދާކަށް ނެތެވެ. އަނެއްކޮޅުން ވާހަކަ ދައްކަނީ ނުދަންނަ ފިރިހެނެކެވެ.

އަމާނީ: ހަލޯ.

ފަޔާޒު: ހަލޯ. ކާކުބާ؟

އަމާނީ: ކާކު ހޯދަން ތިގުޅީ.

ފަޔާޒު: އަމާނީ.

ފަޔާޒުއަށް އަމާނީގެ ނަމާއި ފުރިހަމަ މަޢުލޫމަތު އެގޭތީ އަމާނީ ވަރަށް ހައިރާންވިއެވެ. އަދި ހައިރާންކަމާއެކު އަމާނީ ބުންޏެވެ.

އަމާނީ: އަމާނީ ވާހަކަދައްކަނީ. ތީ ކާކު؟

ފަޔާޒު: އަހަންނާ މެދު ވިސްނަން އޮތްއިރުވެސް އަޑުން ނޭގުނުތަ؟

ފަޔާޒު މިހެން ބުނުމުން އަމާނީ ބުންޏެވެ. އަހަރެން ވިސްނަން އޮތްކަމެއް ކަލެއަށް އެެގެނީ ކިހިނަކުން ހެއްޔެވެ. ތީ ކާކު ހެއްޔެވެ. ނަންނުބުނަންޏާ ފޯނު ބާއްވަނީ އޭ. އެހެންނޫނަސް ނުދަންނަ މީހުންނަކާ ވާހަކައެއް ނުދައްކަމޭ އަމާނީ ބުންޏެވެ. މިހެން ބުނުމުން ފަޔާޒު ފޯނު ނުބާއްވާ މަޑުކޮށްބަލާށޭ ފަޔާ ބުނަމުން ދިޔައެވެ.

ފަޔާޒު: މަޑުކޮށްބައްލަ. ނަން އަދި ބުނާނަމޭ. މަށަށް ކިޔަނީ ފަޔާޒު. އައްމު ބޭނުމިއްޔާ ފަޔާވެސް ކިޔިދާނެ.

އަމާނީ: ހްމްމްމް. ދެން ކިހިނެއް ހަދަންވީ؟ ތިގުޅާ ބޭނުން ބުނެދީބަލަ އެހެންވެއްޖެއްޔާ.

ފަޔާޒު: މިގުޅަނީ އައްމުއާ ވާހަކަ ދައްކަން. ފުރަތަމަ ފެނިލުމުންވެސް ފަޔާއަށް އައްމު ކަމުދިޔައީ. އެހެންވެ މިގުޅީ. މާދަމާ ގުޅާނަން. ވިސްނާލާފަ ޖަވާބެއް ބުނައްޗޭ.

މިހެން ބުނެ ފަޔާޒް ފޯނު ކަނޑާލިއެވެ. އެވަގުތު އަމާނީގެ ހިތަށް އެރިއެވެ. މީ ހާދަ ހެއްވާ ފިރިހެނެކެވެ. ހަމަގުޅިގޮތަށް ކަމުދާ ވާހަކައެވެ. ޝާނީއަށް ގުޅަން ވެއްޖެއެވެ. މިހެން ހިތާ ޝާނީއަށް ފޯނުކުރިއެވެ. އެވާހަކަތައް އަވަހަށް ޝާނީއަށް ކިޔައިދޭން ބޭނުންވިއެވެ. ހިތް ނުތަނަވަސްވެހުރެ ޝާނީ އާއި ވާހަކަދައްކަން ފެށިއެވެ.

އަމާނީ: ހަލޯ. ޝާނީ. ނިދަނީތަ.

މިހެން ބުނުމުން ޝާނީ ހީލަމުން ބުންޏެވެ.

ޝާނީ: އުނހު. ފިލްމެއް ބަލަނީމި. ކިހިނެއްވީ ހުވަފެނެއް ފެނުނީތަ؟

އަމާނީ: އާނ. ކެފޭއިން ފެނުނި މީހާގެ.

ޝާނީ: އަސްލު. ކިހިނެއްވީ ހުވަފެނުގަ؟

އަމާނީ: ކީއްތަ ނުވަނީ. އޭނަ ގުޅައިފިޔޭ ދެންމެ. އައްމު ވަރަށް ކަމުދެޔޯ. ދެން މާދަމާ ގުޅާނަމޯ ޖަވާބު ހޯދަން.

މިހެން އަމާނީ ބުނުމާއެކު ދިމާކުރާ ވައްތަރަކަށް ޝާނީ ބުނެލިއެވެ.

ޝާނީ: ހްމްހްމްހްމްހްމް. ކޮބާ އެންމެފަހުން ކިހިނެއްތިވީ؟ ލައިކްވެސްވޭ ދޯ.

އަދި ހީނގަތެވެ. އެވަގުތު ޝާނީ ބުންޏެވެ.

އަމާނީ: ދެން ޝާނީ. ބުނެބަލަ ކީކޭ ބުނާނީ. އޭނަ މާދަމާ ގުޅާނެ. އެއީ ރަގަޅު މީހެއްތަ އަނެއްކާ؟ އައްމުއަށް ހީވަނީ އައްމު އިންޓްރެސްޓް އެބަހުރިހެން.

ޝާނީ: ދެން ބަލާފަ ނޭނގޭދޯ. ހިއެއްނުވޭ އެހާ ގޯސް މީހެއްހެން. ކުޑަކޮށް ސްޕައިކޮށްލަން ޖެހޭނީ. ދެން އައްމުއަށް އެނގޭނީ ކަންތައްކުރަންވާގޮތް.

އަމާނީ: ހްމްމް. ދެން އެވާހަކަ ހުއްޓާލާ. ނިދާކަށްނުވޭތަ.

މިހެން ބުނުމުން ޝާނީ އާފުރެލަމުން ބުންޏެވެ.

ޝާނީ: ނޫނޭ ދެން ނިދަންވީ. މާދަން ގުޅާނަން ވީގޮތެއް ބަލާލަން އިނގޭ. މަށަށް ކޮފީ ދޭންޖެހޭނެ އިނގޭ.

އަމާނީ: ހްމްމް. އެއްކަލަ ކޮފީއާ އެޖެހުނީ. ގެއަށް އާދޭ. އޭރުން ކޮފީ ލިބޭނީ. ބޭރަކަށް ނުދާނަން. އައްމުވެސް ދެން ނިދަނީ އިނގޭ.

މިހެން ބުނެ އަމާނީ ފޯނު ކަނޑާލިއެވެ. އަދި އެރޭ އެދިމާވި ކަންތަކާ ފުންކޮށް ވިސްނާލުމަށްފަހު ހުވަފެނީ ދުނިޔެއަކަށް ގެބިގެންގޮސްފިއެވެ.

އަމާނީ ތެދުވަން ވާއިރަށް އަމީނާ ސައި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުން ގެންދެއެވެ. އެރު ގަޑިން 9 ޖަހައިފިއެވެ. ކުއްލިއަކަށް ފޯނު ރިންގުވާއަޑަށް ސިއްސައިގެން އަމާނީ އަށް ހޭލެވިއްޖެއެވެ. އަދި ނިދި މޫޑުގައި އިނދެ ހިތާހިތުން ކިޔާލިއެވެ. މިއޮތް ހެދުނަ އަނެއްކާ ކާކުބާއެވެ. ނުނަގާނަމެވެ. އެކަމަކު…. ވެދަނެ ކޮންމެ މީހަކަށްވެސް ނަގަންވާނީ މިހެން ހިތަށް އަރައި ފޯނު ނަގައި ހަލޯ އޭ ބުންޏެވެ.

ފަޔާޒު: ގުޑް މޯރނިންގް.

އަމާނީ: ކާކުތަ؟

ފަޔާޒު: ސާބަސް އަދިވެސް ނޭނގޭތަ. އަނެއްކާވެސް ނަން ބުނަންތާ މިޖެހުނީ. މަށަށް ކިޔަނީ ފަޔާޒު.

އަމާނީ: ކީއްކުރަން ތިގުޅީ؟ އަހަރެން ބުނީމެއްނުން އަހަންނަށް ނުގުޅާށޭ.

ފަޔާޒު: ލޯބިވާތީވެ މިގުޅީ. މައްސަލައެއްތަ؟

އަމާނީ: އާނ. އަހަރެން ފަޔާޒު ދެކެ ލޯތްބެއް ނުވޭ. އެހެންވީމަ މައްސަލައެއްނު.

އަމާނީގެ ވާހަކަދެއްކުމުގައި ރުޅިވެރިކަމުގެ އަސަރު ހުންނަ ރާގަކަށް ފަޔާޒާއި ވާހަކަ ދައްކަމުން ގެންދިއެވެ. ނަމަވެސް ފަޔާޒުގެ އެވާހަކައަކަށް ބަދަލެއް ނާދެއެވެ. ލޯބިވާ ވާހަކައާއި އަމާނީދެކެ ލައިކް ވާކަމަށް ފަޔާޒް ބުނަމުން ގެންދިޔައެވެ. އަދި ފަޔާޒްއާ ބައްދަލުކުރުމަށްވެސް އަމާނީ ގާތު ފަޔާޒް އެދެމުން ގެންދިޔައެވެ.

ފަޔާޒު: އަހަރެންދެކެ ލޯބިވުމަކީ މަޖުބޫރުކަމެއް ނޫނޭ. އެކަމަކުވެސް އަހަރެން ޖަވާބަކަށް އިންތިޒާރުކުރަން. މެންދުރު ފަރިވާ ރެސްޓޯރެންޓްގަ އިންތިޒާރުކުރާނަން.

އަމާނީ: އައްދެ. މަށެއް ނުދާނަން. ބައްޕަ ގާތު ބުނާނަން. އޭރަށް ބައްޕަ ދާނެ ޖަވާބު ހިފައިގެން. އޯކޭތަ.

ފަޔާޒު: އާޗާ. އަވަހަށް ބުނެލާ. ކޮންފަރެންސް ހަދައިދެންތަ؟

ފަޔާޒު މަލާމާތުގެ ރާގަކަށް އަމަނީ އާއި ދިމާލަށް ބުނެލިއެވެ. ނަމަވެސް އަމާނީ ރައްދުގައި ބުނެލިއެވެ.

އަމާނީ: އުނހު. ކޮންމެހެން ހަދާނެކަމެއްނެތް. މިވަގުތު ބާއްވަނީ.

ފަޔާޒު: އެންމެ ރަގަޅު. އެކަމަކު އަހަރެން އިންތިޒާރުކުރާނަން.

މިހެން ބުނެ މިއަދުވެސް ފަޔާޒް ފޯނު ކަނޑާލިއެވެ. އަމާނީ ހިތާހިތުން ކިޔާލިއެވެ. ހާދަ ފާޑެއްގެ މީހެކެވެ.  އަނެއްކާ ހަދަންވީ ކިހިނެއްބާވައެވެ. ގިނަ ފިރިހެންކުދިން ރައްޓެހިވާން އެހީމަވެސް ހާދަ ފޫހިވެއެވެ. އެކަމަކު ފަޔާޒުއާ ދޭތެރޭ ކޮންމެވެސް ވަރަކަށް އެބަ ވިސްނެއެވެ. އެއީ ކީއްވެބާވައެވެ. އޭނަ އެއީ އެހާ ގޯސް މީހެއްހެނެއް ހިއެއްނުވެއެވެ. މިހެން ބުނެ ފުންނޭވާއެއް ލުމަށްފަހު އަނެއްކާވެސް ހިތަށް އެރިއެވެ. ފެންވަރާލައިގެން ސައިބޯން ދާންވީއެވެ.  މަންމަ މިހާރު ހުންނާނީ ހިތްހަމަނުޖެހިފަކަން ޔަޤީނެވެ.

އަމާނީ ފެންވަރާލައިގެން ކޮޓަރިން ނިކުމެއްޖެއެވެ. އަދި އަމީނާއަށް އަމާނީ ފެނުމާއެކު އަހާލިއެވެ.

އަމީނާ: ދެންމެ ދޯ ތިހޭލީ؟ ދެންވެސް އާދޭ އަވަހަށް ސައިބޯން.

އަމާނީ: ކޯއްޗެއް ސައިބޯންހުރީ؟ ކޮބާ ބައްޕަ؟

އަމީނާ: ރޮއްޓާ މަސްހުންޏާ. ބައްޕަ ދިޔައީ މާރުކޭޓަށް. މެންދުރު ދެން އަންނާނީ. އަނެއްކާ ބޭރަށް ދާންވީތަ؟

އަމާނީ: އުނހު. މަންމަ ކީއްވެތަ އަބަދު ޝައްކެއްގެ މަތީ ހުންނަނީ؟

އަމީނާ: ޝައްކެއްގެމަތީ ނުން ހުރެވޭނީ. ތިއީ އަންހެންކުއްޖެއް. އެހެންވީމަ ވިސްނޭނެއެއްނު. ސްކޫލް ނިމޭއިރަށް މާގިނައިން ބޭރަށް ތިދަނީ.

އަމާނީ: ގޯސްގޮތަކަށް ނޫޅެމެއްނުން. އެހެންވީމަ މަންމަ އެހާ ކަންބޮޑުވާނެކަމެއް ނެތް.

އަމީނާ މިހެން ބުނުމާއެކު އަމާނީގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އަމީނާ ބުންޏެވެ. ދަރިފުޅާ އަމާނީއެވެ. ދަރިފުޅުގެ ފޯނު އެއޮތް ރިންގުވަނީއެވެ. ޔަޤީނެވެ އެއީ ޝާނީގެ ފޯނެކެވެ. މިހެން އަމީނާ ބުނުމާއެކު ޝާނީ ފާޑަކަށް ފޫހިވެފައި އިނދެބުންޏެވެ.

އަމާނީ: ބަހައްޓާ. ފަހުން ގުޅާނަން. އަންނާނަން އެއްޗެއް ގަނެގެން.

މިހެން ބުނެ ފިހަރައަކަށް ދިއުމަށްކަމަށް ހަދާ ގެއިން ބޭރަށް ނިކުތެވެ. އަދި މިގަޑީގަ އެކަނި ނިކުތަސް މަންމަ މާބޮޑަސް ރުޅި ނާންނާނެކަން އަމަނީއަށް އެގެއެވެ. މީ ދުވާލެވެ. ރޭގަޑާއި ދުވާލު ތަފާތު ވާނެއެވެ. އަދި ހިތަށް އެރިއެވެ. ” މިހާރު އެއޮތް މެންދުރުވަނީއެވެ. ހަދާނީ ކިހިނެއްބާވައެވެ. ފަޔާޒް އާއި ބައްދަލުކުރަން ދާންވީއެވެ. ފާޑެއްގެ މީހެކެވެ. ޔަޤީނެވެ. މިހާރު އޭނަ ހުންނާނީ އެތާނގައެވެ. އަދި އަންނަން ބުނީވެސް ގެއާއި ކައިރިތަނަކަށްވިއްޔާއެވެ. މަންމައަށް ފެނިއްޖެއްޔާ އަނެއް ހަ ކަންތަކެވެ. މިހެން ބުނިތަނާ އަނެއްކާވެސް އަމާނީގެ ފޯނު ރިންގުވާންފެށިއެވެ. އަމާނީ ބުނެލިއެވެ. ހޫން ދަމާލާފައި އަނެއްކާ އެގުޅަންފެށީ އެވެ. ދެން ނުވެސް ހުއްޓާލާނެ އޭ ބުނެ ފޯނު ނެގިއެވެ. އަދި ހަލޯ އޭ ބުނެލިއެވެ. އަދި ވާހަކަ ދައްކަމުން ގެންދިޔައެވެ.

ފަޔާޒު: ހަލޯ…. އަހަރެން މިހިރީ އެތާނގަ… ބުނީމެއްނުން އަންނަންދެން މަޑުކުރުނާމޭ. ހެޔޮ އިރު އޮއްސުނަސް އަންނަންދެން ހުންނާނަން.

އަމާނީ: އަހަންނަކަށް ނުދެވޭނެ. އަހަރެން ބުނީމެއްނުން ނުދާނަމޭ.

ފަޔާޒު: ތީދެން ކޮންގޮތެއް… ތިގޮތްދޫކުރުން ދޫކޮށްލަބަލަ. މިހާރު ޤަބޫލުކުރަންވެއްޖެނުން އަހަރެންދެކެ ލޯބިވާކަން. އަހަންނަށް އިނގޭ މިހާރު ތިހެން ބުންޏަސް އިރުކޮޅެއްގެތެރޭ މިތާނގަކަން ހުންނާނީ.

ފަޔާޒު މިހެން ބުނުމުން އަމާނީ ހިތާހިތުން ކިޔާލިއެވެ. ”މީ ހާދަ ގޮތުގަ ހުންނަ މީހެކެވެ. މިވީގޮތުން ނުގޮހެއް ވާކަށް ނެތެވެ. ދިޔައީމަ ދެން އެނގިދާނެތާއެވެ. ފަޔާޒު އެބުނިހެން އޭނަ ދެކެ ލޯބިވާކަން އަމިއްލަ ނަފްސަށް އަމިއްލަ ނަފްސަށް އޮލުވާލާނީ ކިހިނަކުން ހެއްޔެވެ. މިހެން އެއްޗެކޭ ނުބުނެ ފޯނު ކަންފަތުގައި ޖަހައިގެން އަމާނީ ހުންނަހެން ފަޔާޒަށް ހީވިއެވެ އަދި ހަލޯ އޭކިޔާ ފަޔާޒް ވާހަކަ ދައްކަން ފެށިއެވެ.

ފަޔާޒު: ހަލޯ. ކޮންކަމަކާ ތިވިސްނަނީ. ދެން މިފަހަރު އާދޭ… އެއްފަހަރު އަހަންނާ ބައްދަލުކުރިޔަސް މައްސަލައެއްނޫނެއްނު.

ފަޔާޒު މިހެން ބުނުމުން އަމާނީ ވިސްނާލަމުން ބުންޏެވެ.

އަމާނީ: އެހެންވިއްޔާ މިދަނީ އިރުކޮޅަކުން… އެކަމަކު އެހާގިނައިރަކު އަހަންނަކަށް މަޑެއްނުކުރެވޭނެ.

ފަޔާޒު: އޯކޭ އާދޭ އަވަހަށް…. އަހަރެން މިހިރީ މިތާ އެތެރޭގަ….

ފަޔާޒު މިހެން ބުނުމުން އަމާނީ ފޯނު ބޭއްވިއެވެ. އަދި އެދިމާލަށް ހިގައިގަތެވެ. އަދި ފަޔާޒު އެބުނިތަނަށް އައުމަށްފަހު އަމާނީ ބުންޏެވެ.

އަމާނީ: މިތިބީ އާދެވިފަ… ދެން ކިހިނެތްހަދަންވީ.

ފަޔާޒު: ހާދަ ކަންބޮޑުވެފަ ތިހުންނަނީ.

މިހެން ބުނުމުން އަމާނީ ބުންޏެވެ. ކަންބޮޑުވާނެއެއް ނޫން ހެއްޔެވެ.  މަށަކީ ފިރިހެނުންނާ އެކީ ބޭރަށްގޮސް އުޅޭ މީހެއް ނޫނިއްޔާއެވެ. އަހަރެން މިއައީ އަހަރެންގެ ހިތުގަ ފަޔާޒަށް މަޤާމެއްދެވިފައިވާކަން އަހަރެން އަހަރެންގެ އަމިއްލަ ނަފުސަށް އޮޅުވާލަށް ބޭނުންނުވާތީއެވެ. ދެންވެސް ތިގެނައިކަމެއް ބުނާށެވެ. އަހަރެން ވަރަށް އަވަހަށް ގެއަށް ދާންބޭނުެމެވެ.

މިހެން އަމާނީ ބުނުމުން ފަޔާޒު ހީލާފައި މަކަރުވެރި ރާގަކަށް ބުންޏެވެ.

ފަޔާޒު: އެންމެދުވަހަކު ކުޑަކޮށް ލަސްވިޔަސް އޯކޭވާނެ… އެއީކީ މާބޮޑުކަމެއްނޫނޭ… ހަމަޖެހިބަލަ.

އަމާނީ ކަންބޮޑުވެލާފައި ބުންޏެވެ. މިތަނަށް ތިގެނައީ ދެން ކީއްކުރަން ހެއްޔެވެ. މިހެން އެކަހެރިކޮށް އަހަރެމެން ތިއްބައި މީހަކަށް ފެނިއްޖެއްޔާ ވަރަށް ގޯސް ވާނެއެވެ. ނަމަވެސް މިކަން ފަޔާޒް ޤަބޫލެއް ނުކުރެއެވެ. އަދި ލޯބިން ވާހަކަ ދައްކާކަމަށް ހެދިގެން ހުރެ ބުންޏެވެ.

ފަޔާޒު: ކާކަށްތަ އެނގޭނީ… އަހަރެމެން މިތަނަށް ވަތްތަނެއް ނުފެންނާނެ އެއްވެސްމީހަކަށް… (ގާތްވެލަމުން) ހަމަޖެހިބަލަ އައްމު.. އެހެންކަންތަކާ ވިސްނާނީ ދެން ފަހުން…. އަހަރެން އައްމުދެކެ ވަރަށް ލޯބިވޭ. ވަރަށް ގިނަ ދުވަހު ކެތްކޮށްފިން. ދެން އިތުރަކަށް ނުވާނެ. އަހަރެން ބޭނުންވަނީ ވަރަށް އެކަހެރިކޮށް ތިބެ އައްމުއާ ވާހަކަދައްކާލަން… މިގޮތަށް ހިތްހަމައެއް ނުޖެހޭތަ.

ފަޔާޒުގެ ޢަމަލުތައް މިހެން ހުރުމުން އަމާނީ ވަރަށް މަދުމައިތިރިވިއެވެ. އަދި ވަރަށް ދެރަވެލަފައި ބުންޏެވެ.

އަމާނީ: ފަޔާޒު… ތީ ކޮންކަމެއް.

ފަޔާޒު: ކިހިނެތްވީ… މީ މައްސަލައެއްތަ… އަހަރެން އައްމު ގައިގަ އަތްލައިގެންވެސް ނުވޭތަ.

ފަޔާޒް މިގޮތަށް ކަންތައް ކުރަން ފެށުމުން އަމަނީވެސް ވަރަށް ގަޔާވިއެވެ. އަދި ބުނެލިއެވެ.

އަމާނީ: ދެން އެކަމަކު…..

ފަޔާޒު: ހިތްހަމަނުޖެހެނީތަ…..

އަމާނީ: ހިތްހަމަނުޖެހެނީކީނޫން….. މީހަކަށް އެނގިދާނެތީ.

ފަޔާޒު: އެކަކަށްވެސް ނޭނގޭނެ… އެހެންކަންތައް މަތިން ހަނދާން ނައްތާލާ… މިވަގުތު މިތިބީ އަހަރެމެން ދެމީހުން އެކަންޏެއްނު…. އާދެބަލަ މިކޮޅަށް….

ފަޔާޒް އާއި އަމާނީ ގެސްޓްހައުސްގެ ތެރޭ ކޮޓަރިއެއްގެ ތެރޭގައި ތިބި ވާހަކަ މީހެއްގެ ފަރާތުން އަމީން އަށް އެގުނެވެ. އަދި ވަރަށް ރުޅިއައެވެ. އަދި މިކަން ފުލުހުންނަށް އެންގުމަށްފަހު އަވަސް އަވަހަށް އެގެސްޓް ހައުސް އަށްގޮސް އެމީހުން އެތިބި ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށިއެވެ. މިއަޑު އިވުމާއެކު އަމާނީ ވަރަށް ބިރުގަތެވެ. އަދި ހިތް ނުތަނަވަސް ވާން ފެށިއެވެ. އަދި ބިރުން ހުރެ ބުންޏެވެ.

އަމާނީ: ފަޔާޒު… ކޮންމެވެސް މީހަކު އެބަޓަކިޖަހާ… އެ ކާކު؟

މިހެން ބުނުމުން ފަޔާޒު ވަރަށް ޖެހިލުންވެލާފައި ބުންޏެވެ.

ފަޔާޒު: (ޖެހިލުންވެފަ) ކާކުބާ…. މިތަނުގަ…

އަދި އަމާނީ ވަރަށް ހާސްވިއެވެ. ބިރުން ތުރުތުޅު އަޅަން ފެށިއެވެ. އަދި ބުންޏެވެ.

އަމާނީ: ދެން ކިހިނެތްހަދާނީ… އެހެންވެ އޭރުވެސް އަހަރެން އެހެންބުނީ.

ފަޔާޒު: އަހަރެން އަންނާނަން ކާކުތޯ ބަލާލާފަ.

މިހެން ބުނެ ދޮރުހުޅުވަން ފަޔާޒް ދާން ފެށުމުން ….

އަމާނީ: (ބިރުން) ނޫން ފަޔާޒު… ހުޅުވާނެކަމެއްނެތް… އަހަރެން ވަރަށް ބިރުގަނޭ… އަހަރެމެން މިތާ ތިބިކަން އެނގިއްޖެއްޔާ ކަމަކުނުދާނެ.

އޭރުވެސް ދޮރުގައި ޓަކި ޖަހާއަޑު އިވެމުން ދިޔައެވެ. އިރުކޮޅަކުން ތަޅުދަނޑިއަކުން ދޮރު ހުޅުވާ އަދު އިވުނެވެ. އަމާނީ ވަރަށް ބިރުގަތެވެ. އަދި ބުނެލެވުނެވެ.

އަމާނީ: އެހުޅުވަނީ މިކޮޓަރީގެ ދޮރު… ދެން ކިހިނެތް ހަދާނީ.

އަމީން ދޮރުހުޅުވައިފިއެވެ. އަދި ވަރަށް ރުޅިއައިސްފައިހުރެ އަމާނީ އަށް ގޮވާލިއެވެ. އަމާނީ ބިރުގަތެވެ. އަދި ބުންނެވެ.

އަމާނީ: (ބިރުން) ބަ… ބަ… ބައްޕާ….

އަމީން: (ރުޅިއައިސްފަ) ކޮން ބައްޕާއެއް ކިޔާކަށް… ތީ ކޮންކަމެއް…

އަމީން ރުޅިއައިސްގެން ދަތްކުނޑިވިކާލިއެވެ. އަދި ޔަފާޒުއާއި ދިމާލަށް ކަލޭދޯ މަގޭ ދަރިފުޅު ގޮވައިގެން އައިސް ތިއުޅެނީ ކީއްކުރަން ހެއްޔޭ ބުންޏެވެ.

ނަމަވެސް ފަޔާޒްއެއް ބިރެއް ނުގަނެއެވެ. ސަބަބަކީ ފޮރުވިފައިވާ ހަޤީޤަތެކެވެ. ނަމަވެސް އެކަން ފަޅާއަރާ އަރަނީއެވެ. ބޭޒާރުވަނީއެވެ. އަމީން އަށް ފަޔާޒް ރަނގަޅަށް އެގެއެވެ. އަދި އެއީ ކޮންކަހަލަ މީހެއްކަންވެސް ހުދު އަމީން ދަނެއެވެ.

އަމީން މިހެން ބުނުމުން ކޮންމެވެސް ވަރަކަށް ފަޔާޒް ޖެހިލުން ވިއެވެ.  އަދި ބުންޏެވެ.

ފަޔާޒު: (ޖެހިލުންވެފަ) އަ… އަ… އަހަރެން….

އަމީން: (ރުޅިއައިސްފަ) ކޮން އަހަންނެއް ކިޔާކަށް…. ތީ ހާދަ ގޮތެއްވެސް ނުހުންނަ މީހެކޭދޯ.

އަމީން މިހެން ބުނުމާއެކު ބައްޕާ އޭނަ ދޫކޮށްލާށޭ ކިޔާ އަމާނީ އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް އަމީން އިހުނަށްވުރެ ރުޅިގަދަވިއެވެ. އަދި ބުންޏެވެ. މިފަހަރަކު ދުލެއް ނުކުރާނަމެވެ. މިއައީ ފުލުހުންނަށްވެސް ގުޅާފައެވެ. ކަލޭ މިފަހަރު ފުލުހުންނާ ހަވާލުކުރާނަމެވެ.  އަމީން މިހެން ބުނުމާއެކު އަމާނީ ރޯން ފެށިއެވެ. ނޫން ބައްޕާއެވެ. އެއްފަހަރެއްކަމަށް އޭނަ ދޫކޮށްލާށެވެ. އަހަރެން ދެން ދުވަހަކުވެސް އޭނަޔަކާ ބައްދަލެއް ނުކުރާނަމެވެ.

އަމާނީ ރޯތަން ބަލާކަށް އަމީން އަކަށް ކުޅަދާނައެއް ނުވިއެވެ. ނަމަވެސް އަމީންގެ ރުޅި މައިތިރިއެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމަ އެންމެ ދަރިފުޅެކެވެ. ހަލާކުގެ ތެރެއަށް އެއްލާލަން ބޭނުންވާނީ ވަކި ކާކުހެއްޔެވެ. ދަރިފުޅު ސަލާމަތް ކުރަން ބޭނުމެވެ. ދެން ތިހެންނުކިޔަކަސް ވަރިހަމައެވެ.  ތަންކޮޅެއް އަވަހަށް އަހަންނަށް މިތަނަށް އާދެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އަހަރެންނަށް މިކަން އެގުނީ ރައްޓެއްސަކު ގުޅާފަ ބުނީމައެވެ. އެއީ ހަމަ އަހަރެންގެ ނަސީބެވެ.  އަމީން މިހެން ބުނުމަށްފަު އަމާނީ އާއި ދިމާލަށް ބުންޏެވެ. އަމާނީ އެވެ އަމާނީ އަށް ތިޔަ އުޅެވެނީ ކޮންކަހަލަ މީހަކާ އެކުގައިކަން ދަރިފުޅަށް އެގޭ ހެއްޔެވެ.

އަމީން މިހެން ބުނުމުން އަމާނީ ވަރަށް ބިރުގަތެވެ. އަދި ބުންޏެވެ.

އަމާނީ: އަ.. އަހަންނަކަށް ނޭނގެ… ފަޔާޒަކީ ކާކުކަމެއް މާބޮޑަކަށް ނޭނގެ.

އަމީން: ނޭނގޭނެ… މިކަހަލަ މީހުންނަކީ އަބަދުވެސް މީހުންނަށް އޮޅުވާލައިގެން އުޅޭމީހުން… މީ އަހަރެން ވަރަށް ރަގަޅަށް ދަންނަމީހެއް…. މި ފަޔާޒަކީ އެޗް.އައި.ވީ އަށް ޕޮޒިޓިވް ވެފަ ހުރި މީހެއް.

އަމީން މިހެން ބުނުމުން އަމާނީ ވަރަށް ހައިރާންވިއެވެ. އަދި ދެރަވެސް ވިއެވެ. އަދި ވަރަށް ބާރަށް އަހާލެވުނެވެ.

އަމާނީ: ކީކޭ.

އެވަގުތު އަމީން ރުޅިއައިސްގެން ފަޔާޒުގެ ލަފްގަ ހިފިއެވެ. އަދި ބުންޏެވެ. ”ކަލޭ ތިއުޅެނީ އަހަރެންގެ ދަރިފުޅު ހަލާކުކޮށްލަން ކަމަށްހެއްޔެވެ.  ކަލޭ އުޅޭނެހާ ގޮތަކަށް އުޅެއުޅެފަ އެކަމުގެ ހިތި  ނަތީޖާ ފެނުނީމަ އެހެން މީހުންނަށްވެސް ތިއުޅެނީ އެގެއްލުން ދޭންވެގެންދެއެވެ. އެހެން ނުވިކަން ނަސީބެކެވެ. ދެން ކުޑައިރުކޮޅަކުން ކަލޭ ފުލުހުންގެ ބެލުމުގެ ދަށަށް ދާނެއެވެ. އަމީން މިހެން ބުނިތަނާ ޕޮލިސް ވެހިކަލް އެދިމާލަށް އަންނަ އަޑު އިވުނެވެ. އަދި އިރުކޮޅެއްނުވެ ފުލުހުން އެތަނަށް އައިސް ސުވާލުކުރަންފެށިއެވެ.

ޕޮލިހެއް: ކޮބާތޯ އެމީހަކީ… ކާކުގެ ވާހަކައެއްތޯ ރިޕޯޓްކުރީ.

އަމީން: (ރުޅިއައިސްފަ) އަނ، މިހިރީ އޭނަ… އަވަހަށް މީނަ ގެންދޭ… ތިކަހަލަ މީހުން ތިބެންޖެހޭނީ ކަމާބެހޭ ފަރާތުގެ ބެލުމުގެ ދަށުގަ.

މިހެން ބުނުމުން ކަން ހިނގާދިޔަގޮތާ ބެހޭގޮތުން ބަޔާނެއް ދިނުމަށް އަމާނީ އާއި އަމީން ގާތު ފުލުހުން އެދުނެވެ. އަދި ފަޔާޒު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނެވެ.

ފުލުހުން އައިސް ފަޔާޒް ގެންދިއުމާއެކު އަމާނީއަށް ރޮވުނެވެ. އަދި ވަރަށް ދެރަވެފައި އަމީން އާއި ދިމާލަށް ބުންޏެވެ. ބައްޕާ އެވެ.އަހަންނަށް މަޢާފް ކުރާށެވެ. ދެން ދުވަހަކުވެސް އަހަރެން އެކަހަލަގޮތަކަށް ނޫޅޭނަމެވެ. އަދި އެކަހަލަކަމެއް ނުކުރާނަމެވެ. އަމާނީ މިހެން ބުނުމުން އަމީން ބުންޏެވެ. ދަރިފުޅާއެވެ. ދެންވެސް މީހުންނާ ވާހަކަދައްކާއިރު އެމީހަކީ ކޮންކަހަލަ މީހެއްތޯ ބަލަންވާނެއެވެ.  ގޮތް ނޭނގޭ ފާޑުފާޑުގެ މީހުން ޖަހާ ކެހިވެރި މަޅީގައި ޖެހުމަކީ ރަނގަޅުކަމެއް ނޫނެވެ.  ފަހުން ހިތާމަ ކުރަންޖެހޭނެއެވެ. މިއަދު ބައްޕައަށް މިތަނަށް ނާދެވުނުނަމަ ދެން ދަރިފުޅަށް ވާނެގޮތެއްވެސް ބައްޕައަކަށް ނޭގެއެވެ. އަދި އެކަމާމެދު ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ އަމީން ބުންޏެވެ. ދަރިފުޅާއެވެ. ދެން މީގެފަހުން ގެއިން ބޭރަށް ގޮސްގެންނުވާނެއެވެ. އަދި ގޮތްނޭގޭ ނުދަންނަމީހުންނާއި ވާހަކަ ދައްކައިގެންވެސް ނުވާނެއެވެ. އަމީން މިހެން ބުނުމާއެކު އަމާނީ އަނެއްކާވެސް ބައްޕަގެ ފަރާތުން މަޢާފަށް އެދުނެވެ. އަދި ބުންޏެވެ. ބައްޕާއެވެ. ދެން ދުވަހަކުވެސް ނުުދަންނަ ކެހިވެރި މީހުން ޖަހާ މަޅިއެއްގަ އަހަރެން ނުބެދޭނަމެވެ. އަދި އެފަދަ މީހުންގެ ކެހިވެރި މަޅިން އަހަރެން ސަލާމަތް ކުރައްވާށިއެވެ. އާމީން.

– ނިމުނީ-

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ނާފިޢު
ޢިބްރަތްތެެރި ވާހަކައާއި ބަހާއި އަދަބުގެ ޢިލްމީ ލިޔުންތައް ނާފިޢު ލިޔާނެއެވެ.