މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ ޒުވާން ތަރި، ސުޝާންތު ސިންގު ރާޖުޕުތު ކުޅުނު ފަހު ފިލްމު “ދިލް ބެޗާރާ”ގެ ޓްރެއިލަރ ރިލީޒްވިތާ 24ގަޑިއިރު ނުވަނީސް 5.1މިލިޔަން ވިއުސް ލިބި ރެކޯޑު މުގުރާލައިފިއެވެ. މިއީ މިހާތަނަށް ރިލީޒްވި ބޮޑެތީ ބްލޮކްބަސްޓަރތައް ކަމަށްވާ “އިންފިނިޓީ ވޯރ” އާއި “އެންޑް ގޭމް” އަށް ލިބުނު ތަރުހީބަށްވުރެންވެސް ބޮޑު ތަރުހީބެކެވެ.
“ދިލް ބެޗާރާ” ގައި ސުޝާންތާ އެކު ބަތަލާގެ ރޯލުން ފެންނާނީ ސަންޖަނާ ސާންގީ އެވެ.
ފިލްމު “ދިލް ބެޗާރާ” ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް، މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އެވެ.
މިއީ 2014 ގައި ރިލީޒްވި ހޮލީވުޑްގެ ފިލްމު “ދަ ފޯލްޓް އިން އަވާ ސްޓާޒް” ގެ ރިމޭކެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!