ޑިޒައިނަރ ރަޒީނާ ތައުފީޤު ކްލައިންޓެއްގެ އަތުން އެޑްވާންސް ފައިސާ ނަގައި އެފައިސާ އަނބުރާ ރައްދު ނުކޮށްގެން ވަގަށް ގޮވި ގޮވުން ރަޒީ އަނެއްކާ ވެސް ދޮގުކޮށްފިއެވެ. ރަޒީ މިކަން ދޮގުކޮށްފައިވަނީ މީސްމީޑިޔާގައި ފެތުރޭ ވާހަކަތަކާމެދު މުނިއަވަސް އިން ސުވާލުކުރުމުންނެވެ.
ރަޒީ ބުނީ ވަގަށް ގޮވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި އެޑްވާންސް ފައިސާ ނުދީ ލަސްވުމަކީ ކޮވިޑްގެ ޙާލަތުގައި ދިމާވެދާނެ ކަމެއްކަމަށެވެ.
“އަޅުގަނޑު ނެގީ އެޑްވާންސް ފައިސާއަށް -/5000 ރުފިޔާ. އެ އެޕެކޭޖްގެ ޖުމްލަ އަގަކީ -/10600 ރުފިޔާ. އެއީ ވެޑިން ޑްރެސްއާއި ހެދުން ފެހުމަށް، އެންމެ ފުރަތަމަ ހެދުން ނިންމަން ބުނީ މެއި މަހުގެ 22 އަށް. ފަހުން އެދުނީ މެއި މަހުގެ 30ވަނަ ދުވަހަށް އަވަސްކުރުމަށް. އޭގެ ފަހުން އަނެއްކާ ވެސް މެއި 20ވަނަ ދުވަހަށް ހެދުން ނިންމަން އެދުނު. އޭރު ވާނީ އެފަރާތުން ސެލެކްޓްކޮށްފައިވާ ފޮތިތައް ކަނޑާ ރިޒާރވްކޮށްފަ. ފަހުން އެދުނީ އެޑްވާންސަށް ފައްތައި ސިމްޕަލްކޮށް ހެދުން ފަހައި ދިނުމަށް. ރަޒީ އެގޮތަށް ވެސް އެއްބަސްވިން. ނަމަވެސް ފަހުން އެދުނު ތާރީޚް ދިމާވީ ފުރަބަންދުގެ ދުވަސްތަކާ. އެހެންވެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތެއް ނުވީ.” ކަން ހިނގި ގޮތް ވަރަށް ތަފުސީލުކޮށް ރަޒީ ކިޔައިދެމުން ބުންޏެވެ.
ރަޒީ ބުނީ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތްނުވީ ވަރަށް ގިނަ ގޮތްގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ތީ ކަމުގައެވެ.
“ފުރަބަންދުގަ މިޙާލަތަކީ އަޅުގަނޑުގެ ވިސްނުމަށް ކުރިން އެއްވެސްގޮތަކަށް ތަސައްވުރުވެސް ކުރެވިފައިވާ ޙާލަތެއް ނޫން. އަޅުގަނޑު އަތުގަ އެޑްވާންސްގެ ގޮތުގަ އެއްލައްކަ ނުވަދިހަހާސް ރުފިޔާ އެވަގުތު ހުރި. މުޅިދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމާއެކު ވީހާވެސް ވިސްނުންތެރިކަމާއެކު ކަންކަން ޙައްލު ކުރެވޭތޯ މަސައްކަތް ކުރިން. އަޅުގަނޑުމެން އައީ އެޑްވާންސް ދީފަ ހުރި ފަރާތްތަކަށް ގުޅައި އެޑްވާންސް ރައްދުކޮށްދެމުން. އަދި ބައެއް ފަރާތްތަކުން ލަސްވުން މައްސަލައެއް ނެތްކަމަށް ވެސް ބުނި. ދިމާވެފައިވާ މިޙާލަތުން ސަލާމަތްވުމުން ގޮތެއް ނިންމާނީ ކަމުގަ ވެސް ބައެއް ފަރާތްތަކުން ބުނި. އެޑްވާންސް ފައިސާއަކީ ކަސްޓަމަރު ބޭނުންވާ ޚިދުމަތް ހޯދުމަށް އަޅުގަނޑުގެ ވަގުތާއި އަޅުގަނޑު ތާރީޚް ވެސް ގަތުމަށް ނެގޭ އަގެއް. މާނައަކީ އެފަރާތަށް ދީފައިވާ ފޮތި އެހެން ފަރާތަކަށް އަޅުގަނޑު ނުދޭނަމޭ. އެފަރާތުން ހެދުން ފަހަން ބޭނުންވެފައިވާ ތާރީޚުގައި ދެން އެހެން ފަރާތަކަށް ޚިދުމަތެއް ނުދޭނަމޭ. އެޑްވާންސް ފައިސާ އަނބުރާ ބޭނުންވެއްޖެ ހިނދެއްގައި އަބަދުވެސް ޢަމަލު ކުރާގޮތަކީ ދެފަރާތަށް ގެއްލުން ނުވާ އަގެއް އަނބުރާ ދިނުން. ނުވަތަ އެ އަގަށް ޚިދުމަތް ދިނުން. އެޑްވާންސް ފައިސާ އަޅުގަނޑަށް ލިބޭ ހިސާބުން ފިހާރައިން އެފަރާތަކުން އެދިފައިވާ މެޓީރިއަލްސް ނަގާ މަސައްކަތަށް ތައްޔާރުވަން. އެހެންވީމަ އެމުދަލުގެ އަގުގަ ޖީ.އެސް.ޓީ ނުހިމެނޭނެ ގޮތެއް ކޮބައިތޯ؟ މި ގޮތުގެ މަތިން ޖީސްއެސްޓީގެ ވާހަކަ ދެކުވުނީ.”
ރަޒީ ބުނީ އޭނާގެ ކެރިއާރގައި މިވީ 14 އަހަރުތެރޭ އެއްވެސް ފަރާތެއްގެ ފައިސާއެއް ނުހައްގުން އަތުލައިގެން މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ.
“އަޅުގަނޑު ޤަބޫލުކުރަނީ މިއީ ގަސްދުގަ ބަޔަކު އަޅުގަނޑުގެ ވިޔަފާރީގެ އަގުވައްޓާލަން ކޮށްފައިވާ މަސައްކަތެއްކަމުގަ. އަޅުގަނޑު ކަސްޓަމަރު ބޮލޮކް ކޮށްފައިވާ ކަމަށް އެ ބުނަނީ އިންސްޓާގްރާމުން ކޮށްފައިވާ މެސެޖަކަށް ރިޕްލައިކޮށްފައި ނުވާތީ. އަޅުގަނޑު އެމެސެޖެއް ނުދެކެން. އަޅުގަނޑުގެ އެކައުންޓްގަ އެކްސެޕްޓް ނުކުރާމީހުންގެ މެސެޖްތައް ނުބަލަން. އެމެސެޖްތައް ފަސޭހައިން ފެންނަ ގޮތަކަށް ނޫން ހުންނަނީ… މައްސަލަ ދިމާވި ކަސްޓަމަރަށް އަޅުގަނޑަށް ގުޅުން ލަސްވިކަން ޤަބޫލު ކުރަން. ނަމަވެސް އެހެންވެސް ދިމާވީ ކުރިންވެސް ދެންނެވިހެން ކޮވިޑްގެ ޙާލަތުގަ ވަރަށް ދަތިތަކާ ކުރިމަތި ވެފައިވާތީ. އެއްވެސް އިރެއްގަ އެޑްވާންސް ފައިސާ ނުދޭނަމޭ ބުނެފައެއް ނުވާނެ. ކަސްޓަމަރު ހިތްހަމަނުޖެހިގެން އެފްބީގަ ލިޔުމުން އަޅުގަނޑަށް އެނގުނު މިއީ ވާހަކަދައްކައިގެން ޙައްލުވާނެ ކަމެއްނޫންކަން. އެހެންވެ އެންމެ ފުރަތަމަ ބެލީ އެފަރާތަށް ގުޅައިގެން އެކައުންޓް ނަންބަރު ހޯދަން. އެފަރާތުން ފޯނު ނުނެގުމުން މެސެޖްކުރީ އެކައުންޓް ނަމްބަރު ހޯދުމަށް އަދި އެކައުންޓް ނަންބަރު ލިބުމުން އެފަރާތުން ދީފައިވާ ފުލް އެޑްވާންސްގެ 5000 ރުފިޔާ ވާނީ ރައްދުކޮށްދީފަ.” ރަޒީއާއި މައްސަލަ ޖެހުނު ކަސްޓަމަރު ދިން އެޑްވާންސް ފައިސާ އެއްކޮށް ރައްދުކޮށްދިން ކަމަށް ރަޒީ ބުނެއެވެ.
“އަޅުގަނޑަކަށް ނޭގޭ ދެން ޖީސްއެސްޓީގެ ވާހަކަ ދައްކާ އަޅުގަނޑުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދައްކާފަ އެހުރީ ކީއްވެކަމެއް. އަޅުގަނޑަށް ޔަޤީން ފައިސާ އަނބުރާ ރައްދު ކުރެވުމަށް ފަހު އަޅުގަނޑު އެފަރާތަކަށް ނުގުޅަން. އަޅުގަނޑާ ގުޅުން ހުރި މީހަކު ވެސް އެފަރާތަކަށް ނުގުޅާ. އެހެންވީމަ ފައިސާ ދިނީމަވެސް ދެން އުނދަގޫ ނުކުރާށޭ ބުނެ ފަތުރާފައިވާ މެސެޖް ތަކަކީ ވެސް ހުސް ދޮގު. އަދި އަޅުގަނޑު ދިރިއުޅޭ ގޭގައި އުޅޭ އެހެން ބަޔަކު ވެސް ވަނީ އަޅުގަނޑުމެންގެ ގެ އެއްވެސް އިރެއްގަ ކަރަންޓީނު ނުކުރާކަމަށްވެސް ބުނެފަ. މިކަންކަމުން އެނގި ސާބިތުވަނީ މިއީ ގަސްތުގަ ބަޔަކު އަޅުގަނޑުގެ ވިޔަފާރީ ހަލާކުކޮށްލަން ފަތުރާފައިވާ ވާހަކައެއްކަން.” ރަޒީގެ ގެ ކަރަންޓީނު ނުކުރާ ކަމަށް ބަޔަކު އަޑު ފެތުރިޔަސް، އެ ގެ ކަރަންޓީނު ކުރިކަމުގެ ކިތާބީ ހެކިވެސް މުނިއަވަސް އާ ރަޒީ ހިއްސާކުރިއެވެ.
“ދެން މިކަމާ ގުޅިގެން ފަތުރާފައިވާ އަނެއް ވާހަކައަކީ އަޅުގަނޑު ބްލީކުރަނީ އޭ މީހުން ތިބޭ ގޮތަށް ފާޑުކިޔާ. އެހެނެއް ނޫން އެކަންވަނީ، އަޅުގަނޑު ގާތަށް މީހުން އަންނަނީ ރީތި ހެދުން ލުމުގެ ބޭނުމުގަ. އެހެންވީމަ އެމީހަކަށް ގުޅޭ ގޮތެއް ބުނެދިނުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް. އަޅުގަނޑު ދެކޭގޮތާ، އަޅުގަނޑު އެމީހަކަށް ގުޅޭނެ ޑިޒައިނެއް ބުނަނުދޭނަމަ ކޮބައިތޯ އަޅުގަނޑު ގާތަށް ހެދުން ޑިޒައިންކޮށް ފަހަން އައުމުގެ ބޭނުމެއް. ކިހިނެއްތޯ އަޅުގަނޑު ޑިޒައިނަރަކަށް ވަނީ. އެހެންވީމަ އަޅުގަނޑު ބުނަން ފަލަ މީހުން ގާތު ފަލަވީމަ މިވެނި ގޮތަކަށް ލީމައޭ ގުޅޭނީ. ކުރުވީމަ މިވެނި ގޮތަކަށްލީމަ ދިގުހެން ހީވާނެއޭ. މިކަހަލަ ކޮމެންޓްތަކަކީ އަޅުގަނޑުގެ ޕްރޮފެޝަންގެ ގޮތުން ކުރަންޖެހޭ ކޮމެންޓް. ފެހުމާއި ޑިޒައިން ކުރުމަގަ ވޭތުވެދިޔަ ދިގު މާޒީގަ އަޅުގަނޑު ކުރާ މަސައްކަތަކީ ގަނާކުރުން ކަމުގަވަނީ ނަމަ އަޅުގަނޑު ސިޓިން ރޫމުގަ ކުރި މަސައްކަތް ދެ ބުރި ފިހާރައެއްގަ ފެންނަން ނުހުންނާނެ. ބައެއްފަހަރު ވާގޮތަކީ މީހުން އަމިއްލައަށް ވެސް ފަލައޭ ބުނޭ ދެން ގޮސް ކޮންމެވެސް ރައްޓެއްސެއް ގާތު ބުނަނީ ރަޒީވެސް ބުންޏޭ ފަލައޭ. ދެން އެ ރައްޓެހިމީހާއަށް އަޅުގަނޑުގެ ކޮމެންޓް ކަމުނުދަނީ ދެން އެހިސާބުން ނެގެޓިވް ކޮމެންޓް ހުރޭ ލިބިފަ.” ރަޒީގެ ކަސްޓަމަރުންނަށް ބުލީ ނުވަތަ ގަނާކުރާކަމަށް ފަތުރާފައިވާ ވާހަކަތަކަށްވެސް ވަރަށް ތަފުޞީލުކޮށް ރަޒީ ޖަވާބުދިނެވެ.
“މިއީ މާބޮޑު މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން. މައްސަލަ ދިމާވި ކަސްޓަމަރަށް ކޮވިޑްގަ ޕާޓީ ރީތިކޮށް ނުބޭއްވޭނެއޭ ބުނީ ވެސް މިކަހަލަ ގޮތަކަށް ދެފަރާތުގަ ދެކެވުނު ވާހަކައިގެ ތެރެއިން. އަޅުގަނޑު ފަހާ ހެދުން މީހުނަށް ކަމުނުދާ ފަހަރު އާދޭ. ހެދުން ލަހުން ނިމޭ ފަހަރުވެސް އާދޭ. މިކަހަލަ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަމުން އަބަދުވެސް ކުރިއަށް މިދަނީ…” ރަޒީގެ އަތްދަށުން ދާ ކަންކަންވެސް ރަޒީ އޮޅުންފިލުވައިދެމުން ކިޔައިދިނެވެ.
ބައެއް އޮންލައިން ނޫސްތަކުގައި ރަޒީ އާއި ކްލައިންޓާ ދެމެދު ހިނގި ކަންތައްތައް ރަޒީގެ ބަހެއް ހޯދަން އެއްވެސް މަސައްކަތެއް ކުރުމެއްނެތި ޚަބަރު ފަތުރާފައިވާތީ ރަޒީ އެކަން ސިފަ ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްގެ ގޮތުގައި ކަމަށެވެ.
“އަޅުގަނޑު އުޅޭ ގެ އޭރު ހުރީ ކަރަންޓީނުކޮށްފަ. މި އޮތީ އެޗްޕީއެޗް ގެ ލިޔުން ވެސް. އަޅުގަނޑު އެންމެ ހައިރާންވި ކަމަކީ އަޅުގަނޑުމެންގޭގަ އުޅޭ އެހެން ބަޔަކު، އެއްވެސް އިރެއްގަ ގެ ކަރަންޓީނުކޮށްފައި ނުވާކަމަށް ބުނެފަ ވާތީ، އަދި އެބަޔަކު އެގޮތަށް ކޮމެންޓް ކުރުމުން އަޅުގަނޑުގެ އެއްވެސް ބަހެއް ހޯދުމެއްނެތި ބައެއް ނޫސްތަކުން ވެސް އެ ޚަބަރު ގެނެސްދީފައިވާތީ، އަޅުގަނޑުގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަމަ ހީވާ ގޮތަކަށް މިކަހަލަ ކަމެއްގަ ނޫސްތަކުން ޚަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއް…”
“އަޅުގަނޑަކީ ފޯނު ނިއްވައިގެން ފިލައިގެން އުޅެވޭނެ މީހެއް ވެސް ނޫން . އަބަދުވެސް ފިހާރައިގަ މަސައްކަތުގަ އުޅޭނީ. ކޮންމެ މީހަކު އަޔަސް ބައްދަލުވާނެ. ކްލައިންޓްގެ ނަމްބަރު ބޮލޮކް ކޮށްފައެއް ނުވާނެ. ކޮވިޑްގެ ޙާލަތު ނިމި އަޅުގަނޑު އެ ބުނާ އެޑްވާންސް ފައިސާއާ މެދު ވާހަކަ ނުދައްކާ އަޅައިނުލާ ހުރިނަމަ އަޅުގަނޑަކީ އޮޅުވާލައިގެން ފައިސާ އަތުލާ މީހަކަށް ވީސް. އެކަމަކު އެގޮތަކަށް ނޫން މިވީ. ކޮވިޑުން ސަލާމަތްނުވެވި އަތްފައި ނުފޯރައިގެން އުޅެނިކޮށް މިވާހަކަ މިގޮތަށް ފެތުރުން މިއީ ވަރަށް ދެރަކޮށް ވީކަމެއް. ކޮވިޑްގެ މިހާލަތުގަ ދޭންޖެހޭ ފައިސާ ނުދީ ލަސްވެފައިވާ މީހުންނަކީ ވަގުން ކަމުގައި ވާނަމަ މިރާއްޖޭގަ ކީއްކުރަންތޯ މުޅި ދުނިޔޭގަވެސް ގިނައިން ތިބީ ވަގުން ކަންނޭގޭ…” ނުހަނު ކަންބޮޑުވުމާ އަސަރާއެކު ރަޒީ ބުންޏެވެ.
“އަޅުގަނޑު ރަޒީ ކަލެކްޝަންގެ ނަން ‘ޑިޒައިނާ ރަޒީ’‘އަށް ބަދަލުކޮށް ދެ ފްލޯގެ ފިހާރައެއް ހުޅިވިތަނާހެން ކޮވިޑްގެ މިޙާލަތު ދިމާވީ. އެހެންވީމަ އަތުގަވެސް ނެތް އެންމެނަށް އެކީ އެޑްވާންސް ދޭނެހާ ފައިސާއެއް. މި ފުރުޞަތުގަ އަޅުގަނޑަށް ހިތްވަރުދީ އަޅުގަނޑު ވައްކަމެއް ނުކުރާނެކަމަށް ޤަބޫލުކުރި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ފިހާރައިގެ ކުލި ދެގުނަ ކުޑަކޮށް ވިޔަފާރީގަ ކުރިއަށް ދިއުމަށް ހިތްވަރު ދީފައިވާތީ ފިހާރަ ކުއްޔަށްދީފައިވާ “ދޮންބޭޒް” ކުންފުންޏަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންވަން.” ރަޒީ ހުރި ހާލަތު ބަޔާންކުރަމުން ރަޒީއަށް އިތުބާރުކޮށް ހިތްވަރުދޭ ފަރާތްތަކަށް ޝުކުރުއަދާކުރަމުން ބުންޏެވެ.
“މިކަމާ ގުޅިގެން ވެސް އެންމެ ގިނަބަޔަކު ހަޖޫ ޖަހާފައިވަނީ ރަޒީ ކޮންސެޕްޗުއަލް އެކްސްޕެރިމެންޓެއްގެ ގޮތަށް ފަހާފަ އޮތް މާސްކަށް. ވިއްކަން އަގު ޖަހާ ޕޭޖަށް ލާފައިވާ މާސްކެއް ނޫން އެއީ. ޢާންމުކޮށް އަޅަން ރަނގަޅު ފަސޭހަ މާސްކުވެސް ހުންނާނެ ރަޒީ ފަހާފަ.” ރަޒީގެ މާސްކުތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށާއި ފަސް މާސްކަށް ވުރެ ގިނައިން މާސްކު ގަންނަން ބޭނުންވާ ފަރާތްތަކަށް މާސްކު ޑެލިވަރީވެސް ކޮށްދޭ ކަމަށް ރަޒީ ހާމަކުރިއެވެ.
ރަޒީއަކީ ދިވެހިންގެ ގިނަބައެއްގެ ލޯތްބާއި އިތުބާރު ލިބިފައިވާ މަޝްހޫރު ފެޝަން ޑިޒައިނަރެކެވެ. ގިނަ ޢަދަދެއްގެ ފަންނާނުން ރަޒީއަށް އިތުބާރުކޮށް، ފިލްމުތަކާއި މުނާސަބާތަކަށް ހެދުން ފައްސަނީ އެހެންވެގެންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
ރަޒީ ތިކުރާ މަސައްކަތަށް ހިއްވަރުދެން، ފަހަތަށް ނުބަލާ ކުރިއަށް ދެވޭތޯ މަސައްކަތް ކުރާތި، މީހުން ފާޑު ކިޔާނެ، ފާޑުނުކިޔާ ގޮތަކަށް މަސައްކަތެއް ނުކުރެވޭނެ، ފާޑުކިޔުމަކީ ކުރިއަށްދާން ލިބޭ ފުރުސަތެއް، އެފަދަ ފާޑުކިޔުން ތަކާއި އެކު ކުރިއަށް ދެވޭތޯ މަސައްކަތް ކުރަންވާނީ. ބަޔަކަށް މީހެއްގެ ރިޒުގެއް ބަންދެއް ނުކުރެވޭނެ. ރަޒީގެ ޢާއިލާ މީހުންނާއި ހެޔޮއެދޭ ރައްޓެހިން އަބަދުވެސް ރަޒީއާއި އެކީ ތިބޭނެ. އިރާދަކުރެއްވިއްޔާ ތިރޮގުން އިތުރު ކާމިޔާބީތައް ލިބުން އަދި ކުރިޔަށް އޮތީ. ހިތްވަރާއިއެކު ތިގޮތުގަ ދެމިހުންނާތި. 👏👏👏😚😚😚
Wedding dress eh fahan agu nimmaafa hedhun fahaa nimuneema agu bodukurun ey ves hama makaru hedhun Razy
އަހަރެން ދަންނަން ޔޫ ފޭމަސް ވުމުގެ މާކުރިންވެސް. ޔޫ ފަހާ ތާނގަ ޔޫ ކައިރީ ވަރަށް ގިނައިން ގޮސް ހުރިން. ޔޫ މީހުން ފަހަން ގެންނަ ފޮތި “ބާކީ” ކުރާ ގޮތުގެ މަންޒަރު ވަރަށް ކައިރިން ދުށިން. އެގޮތަށް މަސައްކަށް ކޮށްގެން ތިހިސާބައް އައިސް ހުރީމަ ބުނެވޭނީ ރީތިގޮތުގަ ވައްކަން ކޮށްގެންނޭ ތިހިސާބައް އައީ. Honestly nothing personal
Alhugandu razi akaa dhuvahaku vs badhaleh nuvey Ehenas Razee GE vaahaka thah gaboolu kurevey..
Alhugandakee vs fahaameeheh Aanmukoh beddings aai saalu Amihla design thakah thayaaru koh Hadhani
Gothun masahkaih kuraairu v Gina gonjehunthakaa kurimathilaan jehey Meega 2 aharu kurin order bahaaru advance Nunagan Ehnnama vs baeh clients n kanthah kurahvaagothun majbooru v Ekan kuran. Order dhehvaafa Miveni even goih gothah design kiyaafa agu dhinumun ehbas ve thahyaru koh nimumun balai vs Nadhey Ekifaharu ekivahaka gehlumah fahu phone block kohlaa mikahala kn kn kurani. Aslu alhugandu mn Ethah haas rf ehge gehlun vey Migothah .
order ah thayyarukuraa thakethiga alhugandu mn vs Migothah kan kurahvaa faraaihthakuge phone no. aa I’d news thakah dhee hadhan v kanneynge