ފުރަބަންދާ ގުޅިގެން އެކިއެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާތީއާއި ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ 08 ބިދޭސީން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން އިއުލާނުކޮށްފިއެވެ.
ޕޮލިސް އިން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ މީހުންނަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ ބައެއް ކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ:
- މުޙައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260)،
- އަލާމީން، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483)،
- އެމް.ޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835)،
- މުޙައްމަދު ފަޒުލުލް ހައްޤު، ކޮމިއްލާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060)،
- މުޙައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަނގްލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254)،
- މުޙައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822)،
- މުޙައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779)،
- ބިލާލް ހާން، ގާޒީޕޫރު، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: B0279141)، އެވެ.
މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!