ކޯވިޑް-19އާ ގުޅިގެން ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު ސްރީލަންކަން އެއަރލައިންގެ ޝެޑިއުލް ދަތުރުތައް މިމަހުގެ 15ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
ޖުލައި 15ވަނަ ދުވަހުގެ ހެނދުނު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއިން ފުރައިގެން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ފްލައިޓުގެ ޓިކެޓު މިހާރު ވިއްކަން ފަށާފައިވާކަމަށް އެ އެއާލައިނުން ބުނެއެވެ. މިހާތަނަށް ގާތްގަނޑަކަށް 70 ވަރަކަށް ސީޓު ވިކިފައިވާ ކަމަށް ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ މުޙައްމަދު ފިރާޤް މަޢުލޫމާތުދެއްވައެވެ.
ސްރީލަންކަން އެއަރލައިންސުން ފަސިންޖަރުން ގޮވައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދުވާލަކު 3 ދަތުރުކުރަމުން ދިޔައެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ހަފްތާއަކު 3 ދަތުރު ބާއްވަމުން ދިޔައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަމަ 05 ޝޯގެ ޓިކެޓް ބުކިން ފުލްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ފުރަތަމަ ޝޯގެ ޓިކެޓް ވިކި ހުސްވެއްޖެ
- 15 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ފުރަތަ ޝޯގެ ޓިކެޓް ބުކިން ގަޑިއެއްހާއިރު ތެރޭ ފުލްވެއްޖެ